Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލަށް ބޯކޮށް ވާރޭވެހުން

ނޭޕާލަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 40 މީހުން މަރުވެއްޖެ

އަނިޔާ ލިބިފައިވާ މީހުންނަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖުލައި 2020 | އާދީއްތަ 03:47
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބްރިޖް ހަލާކުވެފައި

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބްރިޖް ހަލާކުވެފައި

ނޭޕާލަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 40 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އާއި 200 ކިލޯމީޓަރު ދުރުގައި އޮންނަ މިޔަގަޑި ޑިސްޓްރިކްޓުން މި ހާދިސާތަކުގައި 20 މީހަކު މަރުވެ 13 މީހަކު ގެއްލިފައިވާ ކަމަށް އެޑިސްޓްރިކްޓުން ބުނެއެވެ. އަދި އެތައް ގެޔެއް ހަލާކުވެފައިވާ ކަމަށް ވެސް އެޑިސްޓްރިކްޓުން ބުނެއެވެ.

ޑިސްޓްރިކްޓުން 50 މީހަކު ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ކަމަށާއި އަދިވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިސްޓްރިކްޓްގެ އެޑްމިނިސްޓްރޭޓަރ ގިޔަން ދަކަލް ވަނީ ބުނެފައެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެކިވަރުގެ އަނިޔާތައް ލިބިފައިވާ 11 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ދަކަލް ބުނެއެވެ.

ނޭޕާލުގެ ދެކުނުން އިންޑިޔާގެ ބޯޑަރު ހިއްސާ ކުރާ ކޮޝި ކޯރު ވިއްސާރައިގެ ސަބަބުން ވަނީ ބަންޑުންވެ އިންޑިޔާގެ އިރުމަތީ ބިހާރް ސްޓޭޓަށް ކޮންމެ އަހަރަކުވެސް ފެންބޮޑުވުމުގެ ބޮޑެތި ހާދިސާތައް ކުރިމަތިވެއެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމަކީ ފަރުބަދީ މަތީ ނޭޕާލަށް ކޮންމެ އަހަރަކުވެސް ދިމާވާ ކަމެކެވެ. ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހާ ހަމައަށް އެ ގައުމަށް ބޯކޮށް ވާރޭވެހެއެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ ދެތިންދުވަސް ތެރޭ 30 މަރު

13 އޯގަސްޓު 2017
ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ ދެތިންދުވަސް ތެރޭ 30 މަރު
16 ޖުލައި 2017

ޗިލީގެ ވެރިރަށް ސެންޓިއާގޯ އަށް އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފައިބައިފި

16 ޖުލައި 2017
ޗިލީގެ ވެރިރަށް ސެންޓިއާގޯ އަށް އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފައިބައިފި
26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
24 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

24 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ
14 ޖޫން 2017

ބިންގަނޑު ކަނޑައިގެން ގޮސް ބަނގްލަދޭޝްގައި 134 މީހުން މަރުވެއްޖެ

14 ޖޫން 2017
ބިންގަނޑު ކަނޑައިގެން ގޮސް ބަނގްލަދޭޝްގައި 134 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު