Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކްރެޑިޓް ގެރެންޓީ ސްކީމު

އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ

22 އެޕްރީލު 2017 | ހޮނިހިރު 13:45

މި ސްކީމުގައި ރާއްޖޭގައި ހިދުމަތްދޭ ހުރިހާ ބޭންކް އަކުން ބައިވެރިވެއްޖެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 22 އެޕްރީލު 2017 | ހޮނިހިރު 13:45
ކްރެޑިޓް ގެރެންޓީ ސްކީމުގެ އެގްރީމެންޓުގައި ސޮއި ކުރަނީ

ކްރެޑިޓް ގެރެންޓީ ސްކީމުގެ އެގްރީމެންޓުގައި ސޮއި ކުރަނީ

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކޮށްފައިވާ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ އެވެ.

ކްރެޑިޓް ގެރެންޓީ ސްކީމުގައި ބައިވެރިވެފައިވަނީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އެވެ.

މި ބޭންކާއި އެކު ރާއްޖޭގައި ހިންގާ ގިނަ ބޭންކް އަކުން މި ސްކީމުގައި ބައިވެރިވެވިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެގޮތުން ބައިވެރިވި ބޭންކްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ބޭންކް އޮފް އިންޑިޔާ އާއި ހަބީބު ބޭންކް ލިމިޓެޑާއި ބޭންކް އެފް ސިލޯނުގެ އިތުރުން މޮރިޝަސް ކޮމާޝަލް ބޭންކް ހިމެނެ އެވެ.

ކްރެޑިޓް ގެރެންޓީ ސްކީމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސް ފަސޭހައިން ހޯދޭނެ ގޮތްތަކެއް މަގުފަހި ކުރުމުގެ މަގްސަދުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި އެމްއެމްއޭ އިން ތައާރަފްކޮށްފައިވާ ސްކީމެކެވެ.

މި ސްކީމަކީ ބޭންކުތައް މެދުވެރިކޮށް ލޯނަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ސްކީމެކެވެ.

އެމްއެމްއޭގެ މި ސްކީމުގައި ގިނަ ބޭންކުތައް ބައިވެރިވުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މި ސްކީމުގައި ބައިވެރިވާ ކުންފުނިތަކަށް ރަހުނުގެ ގޮތުގައި މުދާ ބެހެއްޓުމަކާނުލާ އެއް ލައްކަ އިން ފެށިގެން އެއް މިލިއަން ރުފިޔާގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭނެ އެވެ.

މިފަދަ ވިޔަފާރިތަކަށް އެމްއެމްއޭ އިން ގެރެންޓީ ދިނުމުގައި ގިނަ ކަންތައްތަކެއް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސްކީމުގެ ތެރެއިން އާއްމުކޮށް ބޭންކުތަކުން ނަގާ އިންޓްރެސްޓް ރޭޓަށް ވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ލިބޭ އިރު، ލޯނު ނަގަން ބޭނުންވާ ފަރާތަކީ އެއްލައްކަ އަށް ވުރެ ބޮޑު އަދަދެއްގެ ލޯނެއް ކުރިން ނަގާފައިވާ، އޭގެ ފައިސާ އަނބުރާ ދައްކަމުންދާ ފަރާތަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ލޯނަށް އެދި ހުށަހަޅާ ކުންފުންޏަކީ އިމްޕޯޓް މުދާ ވިއްކާ ފަރާތެއް ނަމަ އެތެރެކުރާ ތަކެތި ވާންޖެހޭނީ ތިމާވެއްޓަށް ގެއްލުން ނުވާ، އާއްމު ރައްޔިތުންނަށް އޭގެއިން ފައިދާތަކެއް ލިބޭ ތަކެތި ވިއްކާ ކުންފުންޏަކަށް ވާންޖެހެ އެވެ.

އަދި ރައްޔިތުންގެ އުފެއްދުންތެރިކަން އިތުރުވެ ވަޒީފާގެ ފުރުސަތު ފަހިވެގެންދާ ފަދަ ވިޔަފާރިތަކަށް އިސްކަންދެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ

24 އެޕްރީލު 2017
މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ
12 އެޕްރީލު 2017

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2017
ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް