Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ

ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލަ ޝަރީޢަތަށް ފޮނުވައިފި

ޝަރޫ ލޯންޗް ސާވިސް އިން ބޭނުން ވަނީ 2030 ގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކުރަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 10 އެޕްރީލު 2017 | ހޯމަ 12:18
ފެނަކަ ކޯޕްރޭޝަން

ފެނަކަ ކޯޕްރޭޝަން

ލޯންޗްގެ ހިދުމަތް ދެމުން ގެންދާ ކޮންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދުމަށް ފެނަކަ ކޯޕްރޭޝަނުން ދައުވާ ކުރާ މައްސަލައިގައި ދެފަރާތް ވާހަކަ ދައްކައިގެން ސެލްހަވެރި ހައްލެއް ނުލިބުމުން އެ މައްސަލަ ޝަރީޢަތަށް ފޮނުވައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ވާހަކަ ދައަކައިގެން މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުގައި ޝަރޫ ލޯންޗް ސާވިސް އިން ހުށަހެޅީ އެ ކުންފުނިން ފެނަކަ އަށް ދޭން ޖެހޭ ފައިސާ 2030 ވަނަ އަހަރާ ހަމައަށް ދައްކައި ޚަލާސްކުރާ ގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ޝަރީފް ވިދާޅުވީ ޝަރޫ ލޯންޗް ސާވިސް އިން ހުށަހެޅި އެ ހުށަހެޅުން ފެނަކައިން ގަބޫލު ކޮށްފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ފެނަކަ އިން އެދުނީ އެ ކުންފުނިން ދީފައިވާ ތިން ޗެކަށް ތިން ޕޭމެންޓެއްގެ މަތިން ފައިސާ ދައްކާ ހަލާސް ކުރުމަށް ކަމަށެވެ. ނަމަވެސް ފެނަކައިގެ އެ ހުށަހެޅުމަށް ޝަރޫ ލޯންޗް ސާވިސް އިން އެގޮތަށް އެއްބަސްނުވުމުން މައްސަލަ ޝަރީޢަތަށް ފޮނުވީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މައްސަލަ ޝަރީޢަތުގެ މަރުހަލާ އަށް ފޮނުވާފައިވާއިރު މައްސަލައާ ގުޅޭ ގޮތުން ފެނަކައިން ހުށަހަޅަން ޖެހޭ ބަޔާންތައް މިހާރު ހުށަހަޅާފައިވާ ކަމަށާއި އަދި ދެން އޮންނާނީ ޝަރޫ ލޯންޗް ސާވިސް އިން ބަޔާން ހުސަހެޅުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މައްސަލަ ކުރިއަށްދާ ގޮތަށް ބަލާއިރު މައްސަލަ ދިގުދަންމައި، މައްސަލަ ލަސްކުރުމަށް ޝަރޫ ލޯންޗް ސާވިސް އިން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ތަފާތު އެކި އިޖުރާއީ ނުކުތާތަށް ނަގައިގެން މައްސަލަ ލަސްކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އިތުރު ބަޔަކާ ދެކޮޅަށް ދައުވާ ކުރަން ޖެހޭތޯ ބެލުމަށާއި ފައިސާ ނުލިބުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ފައިނޭންޝަލް ޑެމޭޖް އެސެސްމެންޓެއް ހަދައިދިނުމަށް އެދި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ އެސެސްމެންޓުން އިތުރު ބަޔަކާ ދެކޮޅަށް ދައުވާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ފެނަކައިން 17 މިލިއަން ރުފިޔާގެ ޗެކެއް، ޝަރޫ ލޯންޗް ސާވިސަސް އަށް ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކައަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ދިން ޗެކު ބައުންސްވި ހިސާބުންނެވެ.

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައާ ގުޅިގެން ޝަރޫ ލޯންޗް ސާވިސްގެ މެނޭޖިންގ ޑިރެކްޓަރު ފުލުހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭސީސިން ބަލަމުން އަންނަނީ އެ ފައިސާ ދިނުމުގައި ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައި ވޭތޯ އެވެ.

މި މައްސަލަ ފެންމަތިވުމާއެކު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ނިމާލް މަގާމުން ވަކިކޮށް އެ މަގާމަށް ޝަރީފް ހަމަޖެއްސެވި އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ނިމާލް އައްޔަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން އެމްއާރުޑީސީގެ އެމްޑީގެ މަގާމަށް ވަނީ ބަދަލުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު