Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޔަން ހުށަހެޅި މައްސަލަ

މާޔަން ހުށަހެޅި މައްސަލަ ސީއޭއެސްއިން ބަލަން ފަށައިފި

6 ޖުލައި 2020 | ހޯމަ 11:17

މާޔަން މައްސަލަ ހުށަހެޅީ ޝެއިޚް އަހުމަދު އޭއެފްސީގެ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ޖުލައި 2020 | ހޯމަ 11:17
ޝެއިޚް އަހުމަދު އަލް-ފަހަދު އަލް-ސަބާހު (ކ)، މަރިޔަމް މުހައްމަދު (މާޔަން) (ވ)

ޝެއިޚް އަހުމަދު އަލް-ފަހަދު އަލް-ސަބާހު (ކ)، މަރިޔަމް މުހައްމަދު (މާޔަން) (ވ)

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީގެ އިންތިޚާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ ޝެއިޚް އަހުމަދު އަލް-ފަހަދު އަލް-ސަބާހު ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް، ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ހުށަހެޅި މައްސަލަ ކޮޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ން ބަލަން ފަށައިފިއެވެ.

އޭއެފްސީގެ އިންތިޚާބުގައި އެއިދާރާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެންބަރުގެ ގޮނޑިއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން ނޮމިނޭޓްކުރި މާޔަންއަށް ވަނީ ނާކާމިޔާބުވެފައެވެ. އެ އިންތިޚާބުގައި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުންގެ ސައުތު ޒޯނުގެ ގޮނޑި ކާމިޔާބުކުރެއްވީ ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއެވެ.

މާޔަން ތުހުމަތުކުރަނީ އޭއެފްސީގެ ހިންގާ ކޮމިޓީގެ ސައުތު ޒޯނުގެ ގޮނޑި އޭނާއާ ވާދަކުރެއްވި މަހްފޫޒާ އަޚްތަރު ކިރަންއަށް ކާމިޔާބުކޮށްދެއްވަން ޝެއިޚް އަހުމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރި ކަމަށެވެ. ޝެއިޚް އަހުމަދު ދެކޮޅަށް މާޔަން ހުށަހެޅި މައްސަލަ ފީފާގެ އިލެކްޓޯރަލް ކޮމިޓީން އިތުރަށް ތަހުގީގުކުރުމަށް އެތިކްސް ކޮމިޓީއަށް ފޮނުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި މައްސަލަ ފީފާގެ އެތިކްސް ކޮމިޓީން ބެލުމަށްފަހު ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސީއޭއެސްއަށް ހުށަހެޅިއިރު، މިހާރު ސީއޭއެސްއިން ވަނީ މައްސަލަ ބަލަން ފަށާފައެވެ. އެކަމަކު މައްސަލައިގައި ވަކި ގޮތެއް ނިންމާނެ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ރިޝްވަތުގެ ތުހުމަތުކުރެވުމުން ފީފާގެ ކައުންސިލް މެމްބަރުކަމުން 2017 ވަނަ އަހަރު ޝެއިޚް އަހުމަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ މިހާރު އަންނަނީ އެސޯސިއޭޝަން އޮފް ނޭޝަނަލް އޮލިމްޕިކް ކޮމިޓީސްގެ ރައީސްގެ މަގާމާއި ދުނިޔޭގެ ހޭންޑްބޯލް ފެޑެރޭޝަނުގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް