Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓްގެ މަޝްރޫއު

ހިޔާ ފްލެޓުގެ އަގު 7،000ރ. ށްވުރެ ބޮޑެއް ނުވާނެ، ނިންމަން 8 މަސް ދުވަސް ނަގާނެ!

6 ޖުލައި 2020 | ހޯމަ 08:21

ފްލެޓުގެ މަހު ކުލި 7000ރ. ގެ މިންވަރުގައި ހިފެހެއްޓޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޖުލައި 2020 | ހޯމަ 08:21
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކަށް މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު 7000ރ. ށްވުރެ ބޮޑު ނުވާނެ ކަމަށް ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގައި ސަރުކާރުން ވައުދުވެފައި އޮތް މިންވަރުގެ ތެރޭގައި ހިފަހައްޓަވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ ހިޔާ ފްލެޓު، އެ ފްލެޓުތަކުގެ ހައްގު ވެރިންނާ ހަވާލުކުރެވޭނީ، ހިޔާ މަޝްރޫއު ހިންގުމަށް ވެފައިވާ އެއްބަސްވުމުގައި ހުރި މަސައްކަތް ނިންމުމަށްފަހުގައި ކަމަށެވެ. އެގޮތުން މިހާރު މައިގަނޑު ގޮތެއްގައި ކުރަންހުރި މަސައްކަތަކީ، ފްލެޓުގައި ތަޅުން އެޅުމުގެ މަސައްކަތްފަދަ ކުދި މަސައްކަތް ކަމަށެވެ. އަދި ފްލެޓުތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އެމްޑަބްލިޔުއެސްސީ އާއި ސްޓެލްކޯއާ މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އެ މަސައްކަތް ނިންމަން 8 މަސް ދުވަސް ނަގާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓު ދޫކުރުމުގައި މިސަރުކާރުން ކަމެއް ލަސްކޮށްފައި ނުވާނެ ކަމަށާއި، މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ފްލެޓުތައް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމަށެވެ. އެގޮތުން، ހިޔާ ފްލެޓު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ނެތް، ކޮޓަރި ތަކުގެ ދޮރާއި، ޓައިލްސް ޖެހުމާއި ފަންކާއާއި ބޮކި، ހަރުކުރުން ފަދަ ކަންކަން ނިންމުމަށްފަހު، ފްލެޓުތައް ހަވާލު ކުރުމުގެ ވިސްނުން ސަރުކާރުން ކުރިން ގެންގުޅުނު ކަމަށާއި ނަމަވެސް މިހާރު ސަރުކާރުން ނިންމާފައިވަނީ، ހިޔާ ފްލެޓުތަކުގެ އެއްބަސްވުމާއެއް ގޮތަށް، އެ މަޝްރޫއު ނިންމާ ފްލެޓުތައް ހަވާލު ކުރުން ކަމަށެވެ.

ފްލެޓުތަކުގެ ފިނިޝިންގެ އެ މަސައްކަތް ކުރުމަށް 42 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ ވިސްނުން މި ސަރުކާރުން ކުރިން ގެންގުޅުނެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން ފަހުން ބަދަލުކުރީ ވަރަށް މުހިއްމު ސަބަބުތަކަކަށްޓަކައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން، ކުރީގެ ސަރުކާރުން ނިންމާފައިވާ ގޮތަށް، (އެއްބަސްވުމާ އެއްގޮތަށް) މަސައްކަތް ނިންމުމާއި، އިތުރު ޚަރަދު ކުރާނަމަ، ފްލެޓަށް ދައްކަންޖެހޭ މަހުކުލި ވެސް ބޮޑުވެގެންދާނެތީ އާއި، އަދި ފްލެޓު ހަވާލުކުރުން ވެސް އިތުރު ލަސްތަކެއް އަންނާނެތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތް ކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 2016 ޖުލައި 20 ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެޓެކެވެ. އެއީ 7،000 ފްލެޓަށް 62،000 ޑޮލަރުގެ ރޭޓުންނެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2017 ޑިސެމްބަރު 19 ގައެވެ. އެގްރީމެންޓުގައިވާ ގޮތުން، 730 ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމަންޖެހެއެވެ. އެއީ ދެ އަހަރުގެ މުއްދަތެކެވެ. އެހެންކަމުން މި މަޝްރޫއު 2019 ޑިސެމްބަރު 19 ހުންނަން ޖެހޭނީ ނިމިފައެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން ވަނީ، މުޅި ޓަވަރުގައި ޔުނިޓުތައް ނުވަތަ ފްލެޓު ހަދައިގެން ރައްޔިތުންނަށް އެތަންތައް ދިނުމުގެ ބަދަލުގައި، އެތަންތަނުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައްވެސް ލިބިދޭގޮތަށް ފްލެޓުތައް ދޫކުރުމަށެވެ. އެގޮތުން، ރައީސް ޞާލިޙުގެ ސަރުކާރުން ވަނީ 7،000 ފްލެޓުގެ ބަދަލުގައި 6،720 ފްލެޓު ދިނުމަށް ނިންމާފައެވެ. އެގޮތުން، ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ބޭނުންކުރާނީ ފިހާރަތަކަށާއި ބުކްޝޮޕްތަކަށާއި ސެކިއުރިޓީ އާއި ކުނި މެނޭޖު ކުރުމާއި އިމާރާތުގެ މެއިންޓެނެންސް އަދި އިދާރީ ކަންކަމުގެ އިތުރުން، ޤުރުޢާން ކްލާސްތައްފަދަ ތަންތަން ހިންގުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް