Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޚިދުމަތް

ވައުދުތައް ފުއްދުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު: ރައީސް ސޯލިހު

5 ޖުލައި 2020 | އާދީއްތަ 17:58

ރައްޔިތުންނަށް އަދުލްއިންސާފު ހޯދަދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖުލައި 2020 | އާދީއްތަ 17:58
އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ވާހަކަފުޅު ދައްކަވާފައި

އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ވާހަކަފުޅު ދައްކަވާފައި

ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހަވާލުވެ ތިބީ ވަރަށް މުހިންމު ވައުދުތަކާއެކު ކަމަށާއި، މި ވައުދުތައް ފުއްދުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އައީ ވަރަށް މުހިންމު ވައުދުތަކާއެކު ކަމަށާއި، މި ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދީ މުޖުތަމައުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކޮށްދީ އުފާ ފާހަގަތި ދިރިއުޅުމެއް ހޯދައި ދިނުން ކަމަށެވެ. މި މުހިންމު ވައުދުތައް ފުއްދުމުގައި ދިވެހި ފުލުހުން އަދާކުރަން ޖެހޭ ދައުރު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ މިއަހަރު ފެށުނީއްސުރެ ކޮވިޑް-19އާ ދެކޮޅަށް މިކުރި މަސައްކަތުގައި ދިވެހި ފުލުހުން އަދާ ކުރީ އަދި މިހާރު ވެސް އަދާކުރަމުން ގެންދަނީ ވަރަށް މުހިންމު މަސައްކަތްތެއް ކަމަށާއި، އެއީ ދިވެހި ކޮންމެ ރައްޔިތަކު ހެޔޮ ހިތުން ބަލައި ގަންނާނެ މަސައްކަތެއް ކަމަށެވެ. އަދި ކޮވިޑްގެ ތެރޭގައި ވެރިރަށް މާލެ ފުރަބަންދުގައި ހޭދަކުރި މުއްދަތުގައި ފުލުހުންގެ މަސައްކަތް އެތައް ގުނައަކަށް އިތުވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމަށް އާންމު ރައްޔިތުން ގޭގައި ތިބިއިރު މޭލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތް ކުރުމުގައި ފުރާނަ އަތްމައްޗަށް ލައިގެން އާއިލާއާ ވަކިން ކުރި މަސައްކަތަކީ އަގު ކުރެވޭ ވަރަށްވުރެ މާ މާތި އަދި މާ އަގު ބޮޑު މަސައްކަތެއް ކަމަށެވެ. އަދި މިއުނދަގޫ ހާލަތުގައި އާއިލާތަކާއި ވަކިން ދިވެހި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި ފުލުހުންގެ އާއިލާތަކުން ދިން އެއްބާރުން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19އާ ގުޅިގެން މީހުން ކަރަންޓީން ކުރުމާއި، ކަރަންޓީން ފެސިލިޓީ ބެލެހެއްޓުމާއި، ހުރިހާ ރަށްރަށެއްގެ މޮނިޓަރިންގެ މަސައްކަތްތައް ކުރުމަކީ ބުރަ އަދި ރައްކާތެރި މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑާއި ގުޅިގެން ކުރެވުނު ހުރިހާ ބާވަތެއްގެ މަސައްކަތުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

މި ނުރައްކާތެރި ހާލަތުގައި ދިވެހި ފުލުހުން ޤައުމީ ވާޖިބު ވަރަށް ފުރިހަމައަށް އަދާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް