Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

''އަންހެން ދަރިން ހެޔޮ ގޮތުގައި ތަރުބިޔަތު ކޮށްފި މީހަކަށް، ނަރަކައިން ރައްކާތެރިވުމެއް ކަމުގައި އެދަރިން ވޭ''

3 ޖުލައި 2020 | ހުކުރު 09:58

އަންހެން ކުދިން ދުނިޔޭގައި އުޅުމުގެ ހައްގު ފިރިހެން ކުދިންނާ ތަފާތު ކުރުމެއް ނެތި ދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖުލައި 2020 | ހުކުރު 09:58
ކުޑަ އަންހެން ކުއްޖެއް ޕާކުތެރޭގައި، އަންހެން ކުދިންނަށް ރައްކާތެރިކަމާއި ހުރިހާ ހައްގެއް ދީފައިވަނީ އިސްލާމް ދީނުގައި

ކުޑަ އަންހެން ކުއްޖެއް ޕާކުތެރޭގައި، އަންހެން ކުދިންނަށް ރައްކާތެރިކަމާއި ހުރިހާ ހައްގެއް ދީފައިވަނީ އިސްލާމް ދީނުގައި

އަންހެން ދަރީން ލިބި، އެ ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތު ކޮށްފި މީހަކަށް، ނަރަކައިން ރައްކާތެރިވުމެއް ކަމުގައި އެދަރީން ވާ ކަން ފާހަގަކޮށް ދަރިންގެ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ ރައްކާތެރިކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނުގައި އަންހެން ކުދިން ދުނިޔޭގައި އުޅުމުގެ ހައްގު ފިރިހެން ކުދިންނާ ތަފާތު ކުރުމެއް ނެތި ދީފައިވާ ކަމަށެވެ. އަދި ދީނުގައި ތައުލީމާއި ތަރުބިޔަތު ދިނުމާއި، އޯގާތެރިވުމުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

އަންހެން މީހާގެ ހުރިހައި ހައްގުތަކެއް ރައްކާތެރި ކުރެވިގެން ދިޔައީ އިސްލާމީ ޝަރީއަތް އައުމަށް ފަހުގައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމީ ޝަރީއަތުގައިވާ ގޮތަށް އަމަލުތައް ބަހައްޓައިފިނަމަ، އަންހެނުންގެ ހައްގުތައް ގެއްލިގެންނެއް ނުދާނެ ކަމަށާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރެވިފައި ވަނީ އިސްލާމް ދީނުގައި ކަމަށެވެ.

ޚުތުބާގައި ބުނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލުކޮށްފި ކަމުގައިވާނަމަ ރަނގަޅު މުޖުތަމައެއް ބިނާކުރެވޭނެ ކަމަށާއި، އަންހެނުންނަށް ލިބޭ ގެވެށި އަނިޔާތައް ހުއްޓޭނެ ކަމަށެވެ. އިޖުތިމާއީ ގޮތުންނާއި، އާއިލީ ގޮތުންކަމުގައި ހައްލު ލިބިގެންދާއިރު، އަންހެނުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިދާނެ ހުރިހައި ރައްކާތެރިކުރުމަށް އެޅޭނެ ހުރިހައި ފިޔަވަޅެއް އިސްލާމްދީނުގައި އަޅާފައިވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މުޖުތަމައުގެ ދުޅަހެޔޮކަމާއި އަމާންކަން އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ މިންތަކާއި އިންތަކުގައި ހިފަހައްޓުމަށް ގޮވާލެއްވިއެވެ.

ޚުތުބާގައި ބުނީ އަންހެން ދަރިންނަށް ތައުލީމާއި ތަރުބިޔަތު ދިނުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާއި، ތައުލީމު އުނގެނުމުގައި އަންހެން ޖިންސު މިކަމުން މަޙުރޫމު ނުކުރާ ކަމަށެވެ.

ކައިވެންޏަކީ އަންހެން ކުއްޖެއްގެ ހަޔާތުގައި ނިންމޭ އެންމެ މުހިންމު ނިންމުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކުދިން ރުހޭ މީހަކާ ކައިވެނި ކުރުމުގެ ހައްގު ދީނުގައި ދީފައިވާ ކަމަށާއި، މަޖުބޫރުން ކައިވެނި ކުރުވުން ހުއްދުނުވާ ކަމަށެވެ. އަދި ކައިވެންޏަށްފަހު ވެސް ފިރިމީހާ އަނބިމީހާ އަށް އަނިޔާވެރިވުން ނަހީކުރެއްވާ ކަމަށާއި، ހެޔޮގޮތުގައި އެކަނބަލުންނާ އެކު އުޅެވެންވެން ނެތް ނަމަ، އެކަނބަލުން ހެޔޮ ގޮތުގައި ދޫކޮށްލުމަށް ވެސް އަމުރު ކޮށްފައިވާ ކަމަށް ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނުގައި އަންހެން މީހާގެ މުދާ ރައްކާތެރި ކުރެއްވި ކަމަށާއި، އަނބިމީހާގެ ހުއްދަ ނެތި، ފިރިމީހާ، އޭނާގެ މުދާ ބޭނުން ކުރުން ޙަރާމް ކުރެއްވި ކަމަށެވެ. އަދި އަނބިމީހާ އަށް ލިބޭ މުދާ އާއިލާ އާއި ދަރިންގެ މައްޗަށް ޚަރަދުކުރުން އޭނާގެ މައްޗަށް މަޖުބޫރު ނުވި ނަމަވެސް ފިރިމީހާ އޭނާގެ މުދަލުން އޭނާގެ އަނބިދަރިންގެ މައްޗަށް ޚަރަދު ކުރުމަކީ ވާޖިބު ކުރައްވާފައިވާ ކަމަށް ޚުތުބާގައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް