Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ ކުއްލި މައްސަލަ

ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފީފާއިން ދީފި

އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖުލައި 2020 | ބުދަ 13:07
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިދާރާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިދާރާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން، ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާއިން ދީފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާ ދޭތެރޭގައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާ, އެމައްސަލަ ބެލުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މިމައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަން އަދި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި، ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ޤާނޫނީ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރަމުން ނުގެންދާތީ މިހާރަށްވުރެ ބޮޑަށް ދައުލަތުން އެފަރާތްތަކަށް ސަމާލުކަން ދިނުމަށް އެދި ހުށަހަޅާ މައްސަލަ އެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ށ ގައި ދިވެހިރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅޭ އެންމެހާ ކުޅިވަރެއްގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާ އަދި އެސޯސިއޭޝަން ފަދަ ތަންތަން ރަޖިސްޓްރީ ކުރުމަށާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާއި މެދު ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޮތް ހިނދު، ހަމަ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއްފަހަރު ހިންގާ ކޮމިޓީ ބައްދަލުވުން ބާއްވާފައިނުވުމާއި އަދި 83 ވަނަ މާއްދާގައި ބުނާ އެސޯސިއޭޝަންތައް އުފައްދާފައި ނެތުމުން ކްލަބު ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ ހ ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީޚުން ފެށިގެން ދެ އަހަރު ވާއިރު، ޖަމިއްޔާއަކުން ކުރަން ކަނޑައެޅިފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާނަމަ ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިގެން ދެ އަހަރު ވެފައިވާނަމަ އެއެސޯސިއޭޝަންގެ ރަޖިސްޓްރޭޝަން ބާތިލްކުރެވުމުގެ ބާރު ސްޕޯޓްސް ކޮމިޝަނަރަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން އެފްއޭއެމްގެ ހިންގާ ގަވާއިދު އަދި ކުޅިވަރުގެ ޤާނޫނާއި އަދި ފުޓްބޯޅަގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށާއި އަދި މިއެންމެހާ ކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފްއޭއެމްގެ އިންތިޚާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދި މައްސަލަ ހުށަހަޅުއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާއެކު ފީފާއިން ވަނީ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެއް ބުދަ ދުވަހު ދީފައެވެ. އެފްއޭއެމަށް ފީފާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ފީފާގެ މެމްބަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން އެފްއޭއެމްގެ މައްސަލަތައް ކުރިއަށްގެންދަން ޖެހޭނީ މިނިވަންކަމާއެކު ކަމަށާއި، އެ އިދާރާގެ ކަންކަމަށް ތިންވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އަދި ސަރުކާރުން އެފްއޭއެމަށް އަތްބާނާނަމަ، ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، ކުޅިވަރާ ބެހޭ ވުޒާރާއިން އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުވުމުން އިންޒާރު ދިނީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީންނެވެ. އެއާއެކު އެ ވުޒާރާއިން އެ މަސައްކަތް ހުއްޓާލިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކުރި އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ފީފާއިން ބުނީ މި ތާރީޚުގައި އެފްއޭއެމްގެ ކޮންގްރެސް ބޭއްވޭނެ ކަމަށެވެ. އެފްއޭއެމްގެ އިންތިޚާބާއި ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙްމަދު ސަލީމް އަންގާރަ ދުވަހު ވިދާޅުވީ އިންތިހާބު ބޭއްވުން އެ ކޮމިޝަނުން މަނާކޮށްފައި ނުވާނެ ކަމަށާއި، ކޮމިޝަނުން ކުރާނެ ކަމަކީ އިންތިޚާބު ކުރިޔަށްދާއިރު އޮބްޒާވު ކުރުން ކަމަށެވެ.

އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚުގެ ނުވަ މަސް ދުވަސް ކުރިން އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް އެ އިދާރާގެ ހިންގާ ކޮމިޓީން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރާކަން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކްލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ގްރީން ސްޓްރީޓްސް އަދި ކްލަބު އީގަލްސް ހިމެނޭއިރު، ދެވަނަ ޑިވިޝަނުން ކްލަބު ވެލެންސިއާ އާއި ކްލަބު ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބުވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު