Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރުންގެ މާލީ ބަޔާން ހުށައެޅުމާއި ގުޅޭ މައްސަލ

"ވަގަކަށް ހާސްދުވަސް އޮވޭ، މުއުމިނަކަށް އޮންނަނީ އެއް ދުވަސް"

ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ކިތައްމެ މަސައްކަތްތަކެއް ކުރި ނަމަވެސް، ވައްކަން ކުރާ ބަޔަކު އެކަން ކުރާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 1 ޖުލައި 2020 | ބުދަ 09:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ނަޒާހާތްތެރިކަން ހިފަހައްޓާދޭ ބަޔަކީ ރައްޔިތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އާއްމު ކޮމެޓީގެ ރިޕޯޓާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާއްމު ކޮމެޓީގެ ރިޕޯޓުގައި ވާގޮތުން ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) ގައި މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން އަދި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭގޮތަށް ތައްޔާރުކޮށް ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަމީން އާންމަށް ހުށަހަޅަން ވާނެއެވެ. އަދި އެ މާއްދާގެ (ރ) އަށް ކޮމިޓީން ގެނައި ބަދަލަކީ 68 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ކިތައްމެ މަސައްކަތްތަކެއް ކުރި ނަމަވެސް، ވައްކަން ކުރާ ބަޔަކު އެކަން ކުރާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް މިގެނެވޭ ބަދަލުގެ މުހިއްމުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ނަޒާހާތްތެރިކަން ހިފަހައްޓާދޭ ބަޔަކީ ރައްޔިތުން ކަމަށެވެ. އަދި މެމްބަރުން އިންތިހާބުވެވަޑައިގަންނަވަނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުންނަށް އެ މައުލޫމާތުތައް އެނގެން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީއަށް އެޅޭ ކޮންމެ ހުރަހަކީ ކޮރަޕްޝަން ކަމަށެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ ޚިޔަނާތުގެ މައްސަލަ ފާހަގަ ކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ގެއްލުނު ފައިސާއަށް ވުރެ ދިވެހިރާއްޖޭގެ އިގްތިސާދަށް ގެއްލުނު އިތުބާރު މާ ބޮޑު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދާލަތު ސަރުކާރާއެކު އޮންނަނީ ދީނާ ދައުލަތާ ރައްޔިތުންގެ މަސްލަހަތު ރައީސް ދަމަހައްޓަވާނެތީ: އިމްރާން

އަދާލަތު ސަރުކާރާއެކު އޮންނަނީ ދީނާ ދައުލަތާ ރައްޔިތުންގެ މަސްލަހަތު ރައީސް ދަމަހައްޓަވާނެތީ: އިމްރާން

08 އޮކްޓޯބަރު 2019
ޕީޖީ ވަކި ކުރުމުގެ ބާރު އަޅުގަނޑަކަށް ނޯވޭ، އެކަން އޮންނަނީ މަޖިލީހަށް: ރައީސް

ޕީޖީ ވަކި ކުރުމުގެ ބާރު އަޅުގަނޑަކަށް ނޯވޭ، އެކަން އޮންނަނީ މަޖިލީހަށް: ރައީސް

19 ސެޕްޓެމްބަރު 2019
ލޯފާމެއްގައި މަސްލަހަތު ނޯންނާނެކަމަށް ވިދާޅުވި ޓްރައިބިއުނަލްގެ ރައީސްގެ ހިއްސާ ލޯ ފާމެއްގައި އޮވޭ!

ލޯފާމެއްގައި މަސްލަހަތު ނޯންނާނެކަމަށް ވިދާޅުވި ޓްރައިބިއުނަލްގެ ރައީސްގެ ހިއްސާ ލޯ ފާމެއްގައި އޮވޭ!

24 ޖުލައި 2019
ރައީސް ޔާމީންގެ ސަރުކާރުގައި އީޕީއޭއަށް ނުފޫޒު އޮވޭ: އީޕީއޭ

ރައީސް ޔާމީންގެ ސަރުކާރުގައި އީޕީއޭއަށް ނުފޫޒު އޮވޭ: އީޕީއޭ

24 ޖޫން 2019
ލަންކާ ރައްޔިތުންނެކޭ އެއް އަގެއްގައި ދިވެހިންނަށް އެގައުމުން ގެދޮރު ގަތުމުގެ ފުރުސަތު އޮވޭ: މިނިސްޓަރ އަސްލަމް

ލަންކާ ރައްޔިތުންނެކޭ އެއް އަގެއްގައި ދިވެހިންނަށް އެގައުމުން ގެދޮރު ގަތުމުގެ ފުރުސަތު އޮވޭ: މިނިސްޓަރ އަސްލަމް

05 މާރިޗު 2019

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު