Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީސް

ލޯފާމެއްގައި މަސްލަހަތު ނޯންނާނެކަމަށް ވިދާޅުވި ޓްރައިބިއުނަލްގެ ރައީސްގެ ހިއްސާ ލޯ ފާމެއްގައި އޮވޭ!

ޝިފާއު ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަން ކޮށްފައިވަނީ 14 މެއި 2018 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 ޖުލައި 2019 | ބުދަ 05:21
ޓްރައިބިއުނަލްގެ ރައީސް އަހުމަދު ޝިފާއު

ޓްރައިބިއުނަލްގެ ރައީސް އަހުމަދު ޝިފާއު

ޓްރައިބިއުނަލްގެ މެމްބަރަކަށް ވެވަޑައިގެންނެވި އިރު އެއްވެސް ލޯ ފާމެއްގައި މަސްލަހަތު ނޯންނާނެކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އަހުމަދު ޝިފާއު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވި ނަމަވެސް އޭރު ލޯފާމެއްގައި ހިއްސާ އޮންނަ ކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް ހާޒިރުކޮށް މަޖިލީހުގެ މެމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ. އެގޮތުން ކޮންމެ މެމްބަރަކާއި ވެސް ވަނީ އެބޭފުޅުންގެ މަސްލަހަތު އޮތް ލޯ ފާމެއްގައި މަސައްކަތް ކުރައްވާތޯ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ސުވާލު ކުރައްވާފައެވެ. ސުވާލަށް ޖަވާބު ދެއްވަމުން ޝިފާއު ވިދާޅުވީ "އަޅުގަނޑު ޓްރައިބިއުނަލަށް ގުޅުނު އިރު އަޅުގަނޑުގެ ހިއްސާ އޮންނާނެ ލޯ ފާމެއްގައި" ކަމަށެވެ.

ޝިފާއު ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަން ކޮށްފައިވަނީ 14 މެއި 2018 ގައެވެ.

ޖުޑީޝަރީ ކޮމިޓީ ނިންމާލުމުގެ ކުރިން މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިފާއު ވިދާޅުވީ ޓްރައިބިއުނަލްގެ މެމްބަރުކަމާއި ހަވާލުވެވަޑައިގެންނެވީ ލޯ ފާމްގައި އޮންނަ ހިއްސާ ދޫކޮށްލެއްވުމަށްފަހު ލޯ ފާމަށް ދޭން ޖެހޭ ލިޔެކިޔުންތައް ހަވާލު ކުރައްވާފައި ކަމަށެވެ.

ޝިފާއުގެ 50 ޕަސެންޓް ހިއްސާ އޮންނަ އެޑްވޮގާޑޯ ލޯ ފާމް ރެޖިސްޓަރ ކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ޓްރައިބިއުނަލްގެ މެމްބަރުކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ލޯފާމުގެ ހިއްސާ ދޫކުރައްވާފައިވާ ކަމަށް ޝިފާއު ވިދާޅުވި ނަމަވެސް ރާއްޖެއެމްވީއަށް ލިބިފައިވާ އިކޮނޮމިކް މިނިސްޓްރީގެ "ޕާޓްނާޝިޕް ޕްރޮފައިލް އިންފޮމޭޝަން ޝީޓުން" އެނގޭ ގޮތުގައި އަދިވެސް އެ ލޯ ފާމުގައި ޝިފާއުގެ 50 ޕަސެންޓް ހިއްސާ އެބައޮތެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް ޝިފާއު ވިދާޅުވީ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ވަޑައިގެންނެވުމަށްފަހު ލޯފާމްގެ ޕާޓްނާޝިޕުން ވަކިވާން މިދިޔަ އހަަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ލޯފާމަށް އެޑްރެސްކޮށް ސިޓީ ހުށައެޅުއްވި ކަމަށާއި އިދާރީ ގޮތުން އެކަން ކުރިތޯ އަދި ނުކުރޭތޯ ނުބައްލަވާކަމަށެވެ. އަދި އެގޮތަށް ނުކުރެއްވީ ޓްރައިބިއުނަލްގެ ވަޒީފާއަށް ވަޑައިގެންނެވުމަށްފަހު "ފުލް ޓައިމްގައި" މަސައްކަތް ކުރައްވާތީ ކަމަށް ވިދާޅުވިއެވެ. އަދި މަސްލަހަތު ނޯންނާނެކަމަށް ވިދާޅުވީ ފަހުން ޕާޓްނާޝިޕްގެ ކަންތައްތަކާއި ނޫޅުއްވުނީތީ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މި މަސްތެރޭގައި އޭނާގެ ހިއްސާއެއް އޮތްތޯ ބެއްލެވި ކަމަށާއި ލޯފާމްގެ ޖަވާބަކީ ހިއްސާ ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށް ކަމަށް ވިދާޅުވިއެވެ.

ޝިފާއުގެ އިތުރުން އެޑްވޮގާޑޯ ލޯ ފާމްގެ ހިއްސާ ދެން އޮންނަ ފަރާތުގެ ވެސް 50 ޕަސެންޓް ހިއްސާ އެކުންފުނީގައި އޮވެއެވެ.

މަޖިލީހަށް ދޮގު މައުލޫމާތު ދިނުމަކީ ޖިނާއީ ކުށެއްގެ ދައުވާ އުފުލޭ ކަމަކަށް ވާއިރު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

ޝިފާއު ވިދާޅުވީ އެކުންފުނީގެ ހިއްސާ މިހާރު ވެސް އޮންނަކަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އަންގާރަ ދުވަހު ވަޑައިގެންނެވިއިރު އެނގިނުލައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ﷲ ގަންދީ މިދަންނަވަނީ ރައީސް ޔާމިން ވިދާޅުވި އަދީބު ބައްސަވަނީ ތިމަން މަނިކުފާނުގެ ފައިސާއޭ:މެންބަރު އަރީފް

ﷲ ގަންދީ މިދަންނަވަނީ ރައީސް ޔާމިން ވިދާޅުވި އަދީބު ބައްސަވަނީ ތިމަން މަނިކުފާނުގެ ފައިސާއޭ:މެންބަރު އަރީފް

04 ޖުލައި 2017
ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!

ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!

13 ޖޫން 2017
ޔާމީން ރަޝީދާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި ކަމަށް ޑރ. ހާލާ ވިދާޅުވި ބަސްތައް އައި ގޮތް އެނގިއްޖެ!

ޔާމީން ރަޝީދާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި ކަމަށް ޑރ. ހާލާ ވިދާޅުވި ބަސްތައް އައި ގޮތް އެނގިއްޖެ!

12 ޖޫން 2017
އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން

އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން

21 މެއި 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު