Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހުތާޒް މުހުސިން

މުހުތާޒް ބާއްވާފައި އޮންނަނީ ޑެތު ރޯގައި، ބޭނުމަކީ ވަކި ބައެއްގެ ހިތްހަމަޖެހުމަށް ނަފްސާނީ ގޮތުން ބަލިކަށިކޮށްލުން: އާއިލާ

24 އެޕްރީލު 2018 | އަންގާރަ 15:09

ކަރެކްޝަނަލް ސަރވިސް އިން، ޢަމަލުކޮށްފައި ވާގޮތުގެ މުހުތާޒްގެ މައިބަދައިގެ ހާލަތު އިތުރަށް ސީރިއަސް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 24 އެޕްރީލު 2018 | އަންގާރަ 15:09
ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ، މުހުތާޒް މުހުސިން - އޭނާ ޖަލުގައި ހުންނަތާ 2 އަހަރުވަނީވެފައި

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ، މުހުތާޒް މުހުސިން - އޭނާ ޖަލުގައި ހުންނަތާ 2 އަހަރުވަނީވެފައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުޙްސިން ޖަލުގައި ބާއްވާފައި އޮންނަނީ ޖަލުގެ އެންމެ ނުރައްކާތެރި ޤައިދީން ބާއްވާފައި އޮންނަ ޔުނިޓް "ޑެތު ރޯ" ގައި ކަމަށާއި، ހުކުމް ތަންފީޒްކުރަމުން ގެންދަނީ ވަރަށް އުނދަގޫ ނިކަމެތި ހާލެއްގައި ކަމަށް އާއިލާއިން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް ހުންނެވި މުހުތާޒް މުހުސިން ޖަލުގައި އޮންނަތާ 2 އަހަރުވުމާ ގުޅިގެން މުހުތާޒްގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުހުތާޒް ހައްޔަރުކުރި ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން، ޢަމަލުކޮށްފައި ވާގޮތުގެ ނަތީއްޖާއެއްގެ ގޮތުން، މުހުތާޒްގެ މައިބަދައިގެ ހާލަތު އިތުރަށް ސީރިއަސްވެ، އެޑްމިޓްކޮށްގެން ބާރުގަދަ އިތުރު ދެ އިންޖެކްޝަނެއް އެއްފަހަރާ ޖެހުމަށް އޭޕްރީލް 10 ވަނަ ދުވަހު ޑޮކްޓަރު ލަފާދެއްވި ކަމަށެވެ. އަދި މުހުތާޒް މުހުސިންގެ ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިހުމާލުވެފައިވާ ކަމަށާއި، ނަތީއްޖާއެއްގެ ގޮތުން ބަލިހާލު އިތުރަށް ބޮޑުވެ ކައިރި މުސްތަގުބަލެއްގައި މުހުތާޒް މުހުސިންއަށް ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އާއިލާއަށް އިންތިހާއަށް އޮތް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement
"މުހްތާޒް މުޙްސިންގެ ޞިއްހީ ހާލަތާ މެދު، ކަންބޮޑުވާކަން ބަޔާންކޮށް، މުހުތާޒް މުހުސިންއަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ދިނުމަށާއި، އަދި އެފަދަ ހާލަތެއްގައި ހުރި ބަލިމީހަކު ހުންނަންޖެހޭނެ ފަދަ މާހައުލެއްގައި މުހްތާޒް މުޙްސިން ބެހެއްޓުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އެތައް ފަހަރަކު ދެންނެވިފައިވާނެއެވެ. ނަމަވެސް އެފަރާތުން މުހްތާޒް މުޙްސިންގެ ސިއްހީ އަދި އެހެނިހެން މައްސަލަތަކަށް އެއްވެސް ހައްލެއް ހޯދާދީފައި ނުވާކަމުގައި ދަންނަވަމެވެ."

އާއިލާއިން ބުނީ މުހްތާޒަކީ، ކުރީގެ ކްރިމިނަލް ކޯޓުގެ ޤާޟީއަކަށްވެފައި، އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ވުމުގެ ސަބަބުން، މުހުތާޒް މުހުސިނަށް، ކަރެކްޝަނަލް ސަރވިސްގެ ޤާވާއިދުތަކުން ލިބިދޭންޖެހޭ، "ސްޕެޝަލް ޕްރޮޓެކްޝަން" ނަމެއްގައި ހަމަޖައްސައިދިން ކަމަށެވެ. ނަމަވެސް، މުހުތާޒް މުޙްސިން ޖަލުގައި ބާއްވާފައި އޮންނަނީ ޖަލުގެ އެންމެ ނުރައްކާތެރި ޤައިދީން ބާއްވާފައި އޮންނަ ޔުނިޓް "ޑެތު ރޯ" ގައި، ކަރަންޓު އަދި ވެންޓިލޭޝަން ނެތި، އެކަހެރިކޮށްފައި ކަމަށް އާއިލާ އިން ބުނެވެ.

އާއިލާ އިން ބުނީ ސްޕެޝަލް ޕްރޮޓެކްޝަން ކެޓަގަރީގެ މީހުންނަށް ލިބިދޭ ވަސީލަތްތަކާއި ފަސޭހަތަކާއި އިނާޔަތްތަކުން މަޙްރޫމްކޮށް، މުހުތާޒް މުހުސިން ގެންގުޅެމުން ގެންދަނީ، ނަފްސާނީ ގޮތުން ބަލިކޮށް ނުފޫޒު ގަދަ ވަކި ބަޔެއްގެ ހިތްހަމަޖެހުމަށް، ވީހާ ވެސް ދަތި އުނދަގޫ ނިކަމެތި ގޮތެއްގައި ހުކުމް ތަންފީޒުކުރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި މުހްތާޒަކީ ޖިނާއީ އަދުލުގެ ނިޒާމުގައި، ނުވަ އަހަރަށް ވުރެ ގިނަ ދުވަހު، ޖިނާޢި ބޮޑެތި މައްސަލަތަކެއްގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާއިރު، އެފަދަ މައްސަލަތަކުގައި ހިމެނޭ ބައެއްގެ ތެރޭގައި ބާއްވާފައި، އޮތުމުން އެމީހުންގެ ފަރާތުން ތަފާތު އެކި ގޮތްގޮތުން، ފުރައްސާރަ އާއި، ދިމާކުރުންތައް، ކުރިމަތިވަމުންދާކަން އެތައް ފަހަރެއްގެ މަތިން މޯލްޑިވްސް ކަރެކްޝަލް ސަރވިސްއަށާއި އަދި ކަމާއި ގުޅުންހުރި މުވައްސަސާތަކުގެ ސަމާލުކަމަށް ގެނެވިފައި ވާނެކަމަށް އާއިލާއިން ބުުނެއެވެ.

އާއިލާއިން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް ގޮވާލާފައި ވަނީ މުހުތާޒް މުހުސިން ބަންދުގައި ބަހައްޓާފައި ހުންނަ މުއްދަތުގައި ބޭސް ފަރުވާގެ ކަންތައްތަކާ ގުޅޭ ގޮތުންނާއި، މުޙުތާޒު މުހުސިން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ ދިއުމުގައި އެހެނިހެން ޤައިދީންނެކޭ އެއްގޮތް ވާގޮތުގެ މަތިން އިންސާނީ ކަރާމާތަށް އުނިކަން ނައަންނަ ގޮތުގެ މަތިން ޢަމަލުކުރުމަށެވެ.

އާޖެންޓްކޮށް ހެދުމަށް މިމަހުގެ 10 ވަނަ ދުވަހު ޑޮކްޓަރުން އިރުޝާދު ދެއްވި އެމްއާރުއައިއެއް ވެސް މާލެ ގެނެސްފައި ވަނީ އަންގާރަ ދުވަހުއެވެ. މުހްތާޒްގެ އަނބިކަނބަލުން ރާއްޖެ އެމްވީއަށް ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު ޑޮކްޓަރުން މުހްތާޒަށް ލަފާދެއްވާފައި ވަނީ އާރޖެންޓްކޮށް އެމްއާރުއައިއެއް ހެދުމަށް ކަމަށާއި އަންގާރަ ދުވަހު ހެނދުނު 10 ޖެހިއިރު މުހްތާޒް އޭޑީކޭއަށް ގެނައީ އެ އެމްއާރުއައި ހެދުމަށް ކަމަށެވެ.

އާއިލާ އިން ބުނީ ފިޒިއޮތެރަޕީ ހެދުމަށް އައިޖީއެމްއެޗަށް ގެނައީ ރެގިއުލާކޮށް 10 ދުވަހު ފިޒިއޮތެރަޕީ ހެދުމަށް މިއަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ޑޮކްޓަރުން ދެއްވި އިރުޝާދުގެ ދަށުން ކަމަށެވެ. ގާތްގަނޑަކަށް އެއިރުޝާދު ދިންތާ 2 މަސްވާން ކައިރިވެފައި ވަނިކޮށް އަންގާރަ ދުވަހު އައިޖީއެމްއެޗަށް ގެނެސް ހަދާފައި ވަނީ 9 ވަނަ ސެޝަން ކަމަށް މުހްތާޒްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2017

ދައުލަތާ ދެކޮޅަށް މުހުތާޒް ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ކަރެކްޝަންއާ ދެކޮޅަށް ހުށަހަޅައިފި

28 ނޮވެމްބަރު 2017
ދައުލަތާ ދެކޮޅަށް މުހުތާޒް ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ކަރެކްޝަންއާ ދެކޮޅަށް ހުށަހަޅައިފި
02 އޮކްޓޯބަރު 2017

މުހުތާޒް ހުށަހެޅި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް

02 އޮކްޓޯބަރު 2017
މުހުތާޒް ހުށަހެޅި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް
18 ސެޕްޓެމްބަރު 2017

ޖަލު ކުށްތަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މުހުތާޒް އެދިވަޑައިގަންނަވައިފި

18 ސެޕްޓެމްބަރު 2017
ޖަލު ކުށްތަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މުހުތާޒް އެދިވަޑައިގަންނަވައިފި
14 ސެޕްޓެމްބަރު 2017

ދައުލަތާ ދެކޮޅަށް މުހުތާޒް ދެ ދައުވާއެއް ކުރައްވައިފި

14 ސެޕްޓެމްބަރު 2017
ދައުލަތާ ދެކޮޅަށް މުހުތާޒް ދެ ދައުވާއެއް ކުރައްވައިފި
03 ސެޕްޓެމްބަރު 2017

އިމްރާން ބާއްވާފައި އޮތީ އެންމެ ބޮޑެތި ކުށްވެރިންނާއެކު، ލުއި ދޭން ޖެހޭ : ރައީސް ނަޝީދު

03 ސެޕްޓެމްބަރު 2017
އިމްރާން ބާއްވާފައި އޮތީ އެންމެ ބޮޑެތި ކުށްވެރިންނާއެކު، ލުއި ދޭން ޖެހޭ : ރައީސް ނަޝީދު
05 އޯގަސްޓު 2017

ފަރުވާ ދިނުމަށްފަހު މުހުތާޒް އަނބުރާ ޖަލަށް ގެންގޮސްފި

05 އޯގަސްޓު 2017
ފަރުވާ ދިނުމަށްފަހު މުހުތާޒް އަނބުރާ ޖަލަށް ގެންގޮސްފި
23 ޖުލައި 2017

މުހުތާޒްގެ އުނަގަނޑަށް ސްޓިރޮއިޑް އިންޖެކްޝަން ޖަހައިފި!

23 ޖުލައި 2017
މުހުތާޒްގެ އުނަގަނޑަށް ސްޓިރޮއިޑް އިންޖެކްޝަން ޖަހައިފި!
22 ޖުލައި 2017

ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓް ކޮށްފި

22 ޖުލައި 2017
ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓް ކޮށްފި
28 ފެބުރުއަރީ 2017

މުހުތާޒް އެޑްމިޓްކުރީ އިންޖެކްޝަނެއް ޖެހުމަށް: ކަރެކްޝަން

28 ފެބުރުއަރީ 2017
މުހުތާޒް އެޑްމިޓްކުރީ އިންޖެކްޝަނެއް ޖެހުމަށް: ކަރެކްޝަން
27 ފެބުރުއަރީ 2017

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

27 ފެބުރުއަރީ 2017
މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް