Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - ސްރީލަންކާ

ލަންކާ ރައްޔިތުންނެކޭ އެއް އަގެއްގައި ދިވެހިންނަށް އެގައުމުން ގެދޮރު ގަތުމުގެ ފުރުސަތު އޮވޭ: މިނިސްޓަރ އަސްލަމް

5 މާރިޗު 2019 | އަންގާރަ 02:32

13000 ދިވެހިން ލަންކާގައި ދިރިއުޅޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 5 މާރިޗު 2019 | އަންގާރަ 02:32
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ސްރީ ލަންކާ ރައްޔިތުންނެކޭ އެއް އަގެއްގައި ދިވެހިންނަށް އެގައުމުން ގެދޮރު ގަތުމުގެ ފުރުސަތު ހުޅުވިފައި ވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ހޮޓެލް ޖެންގައި ސްރީ ލަންކާގެ ރިސާރޗް އިންޓެލިޖެންސް ޔުނިޓް (އާރު އައި ޔޫ) އިން އިންތިޒާމްކޮށްގެން ބޭއްވި އެގްޒިބިޓަރ ފޯރަމް ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މީގެ ކުރިން ލަންކާގެ ރައްޔިތުން ނޫން މީހުންނަށް އެ ގައުމުން ގެދޮރު ގަނެވެނީ އެ ގައުމުގެ ފްލެޓްތައް ނުވަތަ އެޕާރޓްމެންޓްތަކުގެ ފަސްވަނަ ފްލޯއިން ފެށިގެން މަތީގެ ފްލޯތައް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ދާދި ފަހުން އެގައުމުގެ ގާނޫނަށް ގެނައި ބަދަލާ އެކު ކޮލަމްބޯގެ ރައްޔިތުން ފިޔަވައި އެހެނިހެން ގައުމުތަކުގެ މީހުންނަށް ވެސް އެޕާރޓްމެންޓްތަކާއި ފްލެޓްތަކުގެ ކޮންމެ ފޮލޯއެއް ވެސް، އެ ގައުމުގެ ރައްޔިތުންނަށް ވެސް ލިބޭ އަގުގައި އިތުރު ޓެކްހަކާއި ނުލައި ގަތުމުގެ ފުރުސަތު މިހާރު އެ ގައުމުން ހުޅުވާލާފައި ވާކަމަށެވެ.

"ސްރީ ލަންކާއަކީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ ގައުމެއް. ކިޔެވުމަށާއި ބޭސްފަރުވާގެ އެކި ކަންކަމުގައި. އެހެން ކަމުން އެގައުމުން މި ހުޅުވާލަދިން ފުރުސަތުގެ ސަބަބަބުން ދިވެހިންނަށާއި އަދި އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް އެ ގައުމުން ހެޔޮ އަގުގައި ގެދޮރު ގަތުމުގެ މަގުފަހިވެގެންދާނެ،" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރަހުމަތްތެރިކަމާއި އެކުވެރިކަމާ އެކު ދިވެހި ރާއްޖޭގައި ސްރީލަންކާގެ އިންވެސްޓަރުން އިންވެސްޓްކޮށް އަދި ރާއްޖޭގައި މާކެޓް ކުރުމަކީ ދިވެހި ސަރުކާރުން އެކަމަށް އެއްބަސްވެ މަރުހަބާ ކިޔާނެ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމަ އެފަދައިން ލަންކާގެ ރައްޔިތުންނަށް ދިވެހި ރާއްޖޭގައި އުޅުމަށް އެއްވެސް ބިރެއް ނެތް ކަމަށާއި ހަމަ އެފަދައިން ދިވެހިންނަށް ވެސް ލަންކާއަށް ގޮސް އެތަނުގައި ދިރިއުޅުމަށް ބިރެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފަހަރެއްގައި ބައެއް އާއިލާތަކަށް ކުއްޔަށް ދައްކާ އަދަދު މޯގޭޖެއްގެ ގޮތުގައި ލޯނެއް ނަގާ، ލޯނު ރީޕޭ ކުރަން އެ އަދަދު ދައްކާ ކަމަށް ވަންޏާ އަމިއްލަ ޕްރޮޕަޓީއަކާ އެކު ލަންކާގައި ދިރިއުޅުމުގެ ފުރުސަތު އޮތްކަން އަޅުގަނޑަށް މިއަދު އެނގިގެން ދިޔައީ،" އަސްލަމް ވިދާޅުވިއެވެ.

ބޭސް ފަރުވާ އަށާއި ކިޔެވުމަށާއި އަދި އެހެނިހެން ބޭނުންތަކުގައި 13000 ދިވެހިން ކޮލަމްބޯގައި ދިރިއުޅޭއިރު ލަންކާއަކީ ސަގާފީ ގޮތުން ވެސް ރާއްޖެއާ އެއްގޮތް ސިފަތަކެއް ލިބިގެންވާ ގައުމެކެވެ. އެގައުމުގައި ދިރިއުޅޭ ކޮންމެ ދިވެއްސަކު އެންމެ މަދުވެގެން މަހަކު 300 ޑޮލަރު ޚަރަދު ކުރާއިރު އަހަރަކު 3.9 މިލިއަން ޑޮލަރު އެގައުމަށް ޚަރަދު ކުރާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް