"ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ޖަހާފައިވާ ބެނާއެއް ފުލުހުން ނަގައިފި
12 ސެޕްޓެމްބަރު 2018 | ބުދަ 16:52ބެނާ ނެގުމަށް ކައުންސިލް އިދާރާގައި ވެސް ފުލުހުން ބުނި

މުހައްމަދު ފަޒީން | 12 ސެޕްޓެމްބަރު 2018 | ބުދަ 16:52

ބ. މާޅޮހުގައި ދަމާފައިވާ ބެނާ ފުލުހުން ނަގަނީ
"ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ކަމަށް ލިޔެ ބ. މާޅޮހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން ދަމާފައިވާ ބެނާއެއް ފުލުހުން ނަގައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިންގެ ހަރަކާތުގައި އުޅޭ މީހަކު ބުނި ގޮތުގައި ފުލުހުން ބެނާ ނެގި ވަކި ސަބަބެއް އަންގާފައި ނުވާ ކަމަށެވެ.
އޭނާ ބުނިގޮތުގައި އެ ބެނާ ނެގުމަށް ފުލުހުން ކައުންސިލް އިދާރާގައި ބުނެފައިވާ ކަމަށާއި އެ ބެނާ ނެގުމަށް ދެ ދުވަސް ދިނުމަށްފަހު ފުލުހުން ގޮސް ނެގީ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާޅޮހުގެ ތާއީދު ބޮޑަށް އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށެވެ.
ބެނާ ނެގުމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.




