Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދާލަތު

އަދާލަތު ސަރުކާރާއެކު އޮންނަނީ ދީނާ ދައުލަތާ ރައްޔިތުންގެ މަސްލަހަތު ރައީސް ދަމަހައްޓަވާނެތީ: އިމްރާން

ދީނުގެ މަސްލަހަތު ނަގަހައްޓާ ގާނޫނުގެ ވެރިކަން ރައީސް ސޯލިހުގެ ސަރުކާރުން ދަމަހައްޓަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އޮކްޓޯބަރު 2019 | އަންގާރަ 06:20
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި / ފައިލް ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި / ފައިލް ފޮޓޯ: މަޖިލިސް

ކޯލިޝަންގެ މައިނޯރިޓީ ޕާޓީ، އަދާލަތުން ސަރުކާރާއެކު ދެމި އޮންނަނީ އިސްލާމް ދީނާ ދައުލަތާ ރައްޔިތުންގެ މަސްލަހަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަމަހައްޓަވާނެތީ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސޯލިހު ސޯޝަލް މީޑިއާގަ އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކުން 2015 ވަނަ އަހަރު، "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަޞްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ރަސޫލާ (ސ) އަށް ތަވްހީދު ނުވާފަދަ ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލައި ދިވެހި މުޖުތަމަޢުގައި ގާއިމުވެފައި އޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އަދި ދީނީ ޝިއާރު ފާޅު ކުރުމުގައި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖުތަމަޢުގެ މަސްލަޙަތު އިސްކޮށް އިސްލާމްދީނުގެ އެންމެހައި ޢަސާސްތަކާއި ޚިލާފު ނުވުމަށް ރައީސްގެ މެސެޖުގައި އިލްތިމާސްކުރައްވާފައިވެއެވެ.

ރައީސްގެ ބަޔާނާއި ގުޅިގެން އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އިސްލާމްދީނާއި ދިވެހި ދައުލަތާ ރައްޔިތުންގެ މަސްލަހަތު ރައީސް ސޯލިހު ނަގަހައްޓަވާނެކަމުގެ ފުރިހަމަ އިތުބާރު އޮތުމަކީ އަދާލަތު ޕާޓީ ސަރުކާރާއެކު ސާބިތުވެ ދެމިއޮއްނަ ސަބަބު ކަމަށެވެ. އަދި ދީނުގެ މަސްލަހަތު ނަގަހައްޓާ ގާނޫނުގެ ވެރިކަން ރައީސް ސޯލިހުގެ ސަރުކާރުން ދަމަހައްޓަވާނެ ކަމަށެވެ.

އެމްޑީއެންއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓު އާންމުންގެ ސަމާލުކަމަށް މި ފަހުން އައިސްފައިވަނީ އެ ރިޕޯޓުގައި މާތް ﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރުމުންނެވެ. އެ ރިޕޯޓާއި ގުޅިގެން ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލަ ހޫނުވެ އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި ވަނީ ބަހުސްވެސްކޮށްފައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު