Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ބޯޑަރު ހުޅުވާލުން

ރާއްޖޭގެ ބޯޑަރު ހުޅުވޭއިރު، ޔޫރަޕުން ފަތުރުވެރިން އަންނަން ހުރަހެއް ނޯންނާނެ

1 ޖުލައި 2020 | ބުދަ 09:55

ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާނީ މަމަހުގެ 15 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ޖުލައި 2020 | ބުދަ 09:55
ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އީޔޫއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޙަސަން ޞާބިރު (ކ): ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ޔޫރަޕު

ކޮވިޑް-19 ރޯގާގެ ސަބަބުން ބަންދުކޮށްފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު، އެ ގައުމުތަކަށް އެތެރެވެވޭ ލިސްޓްގައި ރާއްޖެ ހިމެނިފައިނުވާތީ، އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކޮށް، މައުލޫމާތު އޮޅުން ފިލުވައިފިއެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، އީޔޫއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޙަސަން ޞާބިރު ވިދާޅުވީ، އީޔޫގެ ގައުމުތަކަށް ދަތުރުކުރެވޭނެ ކަމަށް އެ ޖަމާއަތުން ނިންމާފައިވާ 14 ގައުމުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެއީ އީޔޫގެ ގައުމުތަކުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން އޮތް ހުރަހެއް ނޫން ކަމަށް ސާބިރު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ، އެއީ ރާއްޖެއިން އީޔޫގެ ގައުމުތަކަށް ދިޔުން މުޅިން މަނާކޮށްފައި އޮތްއޮތުމެއް ވެސް ނޫން ކަމަށެވެ.

ޞާބިރު ވިދާޅުވީ، އީޔޫގެ ނިންމުމަކީ، މުހިއްމު ދަތުރެއް ފިޔަވަފައި، އެހެން ދަތުރުތައް ޔޫރަޕަށް މިދުވަސްވަރު ނުކުރުމަށް ކޮށްފައިވާ އިލްތިމާސެއް ކަމަށެވެ.

ޞާބިރު ވިދާޅުވީ، މިވަގުތު ޔޫރަޕްގެ މީހުންނަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދައެއްނެތް ކަމަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމާފައިވަނީ ޖުލައި 15 ގައި ކަމަށްވާއިރު، އެހާ ހިސާބަށް ދާއިރު މިހާރު އީޔޫއިން ނިންމާފައިވާ ނިންމުމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން ޞާބިރު ވިދާޅުވީ، އީޔޫއިން މިހާރު ނިންމާފައިވާ ނިންމުމަކީ ނުވަތަ ލިސްޓަކީ ކޮންމެ 14 ދުވަހަކުން ބަދަލުވަމުންދާނެ ލިސްޓެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލާއިރު، އީޔޫއަށް ދަތުރު ކުރެވޭ ލިސްޓުގައި ރާއްޖެވެސް ހިމެނޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް ޞާބިރު ވިދާޅުވިއެވެ.

އީޔޫގެ ނިންމުމާއި ގުޅިގެން ބައެއް ކަންކަން ސާފުކޮށްދިނުމަށް އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އީޔޫގެ ގައުމުތަކުގެ ބޯޑަރު ހުޅުވާލާއިރު، އީޔޫއަށް އެތެރެވެވޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އަދި ނުހިމެނޭ ކަމަށާއި އެކަމަކު މީގެ މާނަ އަކީ ރާއްޖެ ބްލެކްލިސްޓް ކުރުން ނޫން ކަމަށެވެ.

މާރޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު، ގިނަ ރިސޯޓުތައް އަންނަނީ، ކަނޑައަޅާފައިވާ ތާރީހަށް ހުޅުވަން ތައްޔާރުވަމުންނެވެ. ރާއްޖޭގައި ފަތުވެރިކަމުގެ ސީޒަން ފެށެނީ، އޮކްޓޯބަރު މަހުން ފެށިގެން ކަމަށްވާތީ، ބައެއް ރިސޯޓްތައް ހުޅުވަން ނިންމާފައިވަނީ ސީޒަނާ ދިމާކޮށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް