Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވަޓްފޯޑުގެ ކުޅުންތެރިން ސްކޮޑުން ބާކީކުރުން

ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗަށް ވަޓްފޯޑުގެ ތިން ކުޅުންތެރިއަކު ސްކޮޑުން ބާކީކުރި

އެ ތިން ކުޅުންތެރިންނަކީ އަންދްރޭ ގްރޭ، ނަތަނިއެލް ޗަލޯބާ އަދި ޑޮމިންގޯސް ކުއިނާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 ޖޫން 2020 | ހޯމަ 11:12
ސްކޮޑުން ބާކީކުރި ވަޓްފޯޑުގެ ތިން ކުޅުންތެރިން: އެ ކުޅުންތެރިންގެ މައްސަލަ އަންނަނީ އިތުރަށް ބަލަމުން

ސްކޮޑުން ބާކީކުރި ވަޓްފޯޑުގެ ތިން ކުޅުންތެރިން: އެ ކުޅުންތެރިންގެ މައްސަލަ އަންނަނީ އިތުރަށް ބަލަމުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗަށް ވަޓްފޯޑުން އެކުލަވާލި ސްކޮޑުން ތިން ކުޅުންތެރިއަކު ބާކީކުރި ކަމަށް އެ ކްލަބުން ބުނެފިއެވެ.

އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަޓްފޯޑް ބަލިވީ ސައުތެމްޓަން އަތުން 3-1 ންނެވެ. މި މެޗުގައި ސައުތެމްޓަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ޑެނީ އިންގްސް އާއި ޖޭމްސް ވާޑް-ޕްރައުސްއެވެ. މެޗުގައި ވަޓްފޯޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ސައުތެމްޓަންގެ ޖޭން ބެޑްނަރެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗަށް ވަޓްފޯޑުން އެކުލަވާނި 20 ކުޅުންތެރިންގެ ސްކޮޑުން އެޓީމުގެ ތިން ކުޅުންތެރިއަކު ބާކީކުރިކަން އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. ސްކޮޑުން އެ ކުޅުންތެރިން ބާކީކުރީ ކޮރޯނާވައިރަސް (ކޮވިޑް-19) ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވުމުންނެވެ. އެ ތިން ކުޅުންތެރިންނަކީ ފޯވާޑް އަންދްރޭ ގްރޭ އާއި މިޑްފީލްޑަރު ނަތަނިއެލް ޗަލޯބާ އަދި މިޑްފީލްޑަރު ޑޮމިންގޯސް ކުއިނާއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ތިން ކުޅުންތެރިންގެ ތެރެއިން ގްރޭ ވަނީ މިދިހަ ހުކުރު ދުވަހު އޭނާގެ 29 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ގިނަ ބަޔަކާއެކު ޕާޓީއެއް ބާއްވާފައެވެ. އަދި މި ޕާޓީގައި ކުއިނާ އާއި ޗަލޯބާވެސް ބައިވެރިވި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ވަޓްފޯޑުން ނެރުނު ބަޔާނެއްގައި ވަނީ ގަވާއިދުތަކާ ޚީލާފަށް އަމަލު އެ ޓީމުގެ ކުޅުންތެރިންގެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެފައެވެ.

ޕްރިމިއާ ލީގު އަލުން ފަށައިގެން ކުރިއަށްދާއިރު، މީގެ ކުރިންވެސް ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކެއް ކުޅުންތެރިން ވަނީ ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފުވެފައެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ބައެއް ކްލަބުތަކުން ވަނީ ކުޅުންތެރިންނަށް އަދަބުވެސް ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު