Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލްޓިޕްލެޔަރ އޮންލައިން ގޭމްތައް

"ދަރިން ފޯރޓް ނައިޓް އަދި ޕަބްޖީ ފަދަ ގޭމްތައް ކުޅޭނަމަ ބެލެނިވެރިން ސަމާލުވާންޖެހޭ"

26 ޖޫން 2020 | ހުކުރު 04:01

ފްސާނީ ގޮތުން ބޮޑު އަސަރެއް ބައެއް ކުދިންނަށް ކުރުމަކީ އެކަށީގެންވާ ކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2020 | ހުކުރު 04:01
މަލްޓިޕްލެޔަރ އޮންލައިން ގޭމްތައް އަންނަނީ ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ހޯދަމުން

މަލްޓިޕްލެޔަރ އޮންލައިން ގޭމްތައް އަންނަނީ ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ހޯދަމުން

ދިވެހިރާއްޖޭގައި މަޝްހޫރު މޯބައިލް ގޭމްތަކެއް ކަމުގައިވާ ފޯޓް ނައިޓް އަދި ޕަބްޖީ ފަދަ ގޭމްތައް ދަރިން ކުޅޭނަމަ ބެލެނިވެރިން އެކަމަށް ސަމާލުވާން ޖެހޭކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފުރަބަންދުގައި ގޭގައި މަޑުކުރަން ޖެހުމާއެކު، އިންޓަނެޓާއި އަދި އިންޓަނެޓާއި ގުޅާލެވިފައިވާ އާލާތްތަކާއި އެޕްލިކޭޝަންތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިވަގުތަކީ އިންޓަނެޓް ކަނެކްޓަޑް ޑިވައިސްތައް ތުއްތު ކުދިންނަށް ދިނުމުގައި ބެލެނިވެރިން ސަމާލުވާން ޖެހޭ ވަގުތެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އިންޓަނެޓްގެ ޒަރިއްޔާއިންވެސް ދަރީންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެކުދިން ބަލާ ކޮންޓެންޓަކީ އުމުރާ ގުޅޭ ތަކެތިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ޔޫޓިއުބުގައި މިހާރު ހުންނަ ވީޑިއޯ ޗެނަލްތަކަށް ބަލާއިރު، ކުޑަކުދިން ގަޔާވާ ކާޓޫން ކަރެކްޓަރ ބޭނުންކޮށްގެން، އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ޗެނަލްތައް އިތުރުވަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މިފަދަ ޗެނަލްތަކުގައި އިސްލާމްދީނުގެ އިޖްތިމާއީ މިންގަނޑާއި ހިލާފު، ކުޑަކުދިންގެ އުމުރުފުރައާއި ނުގުޅޭ ކަންކަން ހިމަނާފައި ހުންނަ ކަމަށެވެ.

އާންމުންގެ މެދުގައި މަޤުބޫލުވަމުން އަންނަ މަލްޓިޕްލެޔަރ އޮންލައިން ގޭމްތަކަށް އަލިއަޅުވާލައި މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގައި މަޝްހޫރު މޯބައިލް ގޭމްތަކެއް ކަމުގައިވާ ފޯޓް ނައިޓް އަދި ޕަބްޖީ ފަދަ ގޭމްތައް ކުޑަކުދިންގެ މެދުގައިވެސް މަޤްބޫލުވަމުންދާ ކަމަށެވެ. އެގޮތުން އެފަދަ ގޭމްތަކުގައި ލައިވް ޗެޓް ފީޗަރ ބޭނުންކޮށްގެން ހަޑި ހުތުރު ބަހުރުވައިން ކުޅުންތެރިންނާ މުއާމަލާތު ކުރާކަން ފާހަގަކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު އަސަރެއް ބައެއް ކުދިންނަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، އެކަންކަމަށް ޙައްލެއް ގެނައުމަށްޓަކައި ގޭމް ކުޅުމަށް ވަކި ވަގުތެއް ކަނޑައަޅައި ސްކްރީން ޓައިމް ލިމިޓް ކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ކުދިން ކުޅެނީ އުމުރު ފުރައާއި އެކަށީގެންވާ ގޭމެއްތޯ ބެލުމާއި، ފައިނޭންޝަލް ސްޓޭޓްމަންޓްތައް ރިވިއުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

03 އެޕްރީލު 2017
ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް