Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަވާނަވައި އިން ކުރިއަށް ގެންދިޔަ މުޒާހަރާ

"ނަވާނަވައި" މުޒާހަރާ: އަސާސީ ތަމްރީން އެއްކޮށް ފުރިހަމަ ނުކޮށް ތިބި ފުލުހުން މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވި!

24 ޖޫން 2020 | ބުދަ 08:59

ޕްރޮފެޝަނަލް ފުލުހުންވެސް ބައިވެރިވި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 24 ޖޫން 2020 | ބުދަ 08:59
މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ

މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ

"ނަވާނަވައި" މޫވްމެންޓުން ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަޙައްދުގައި ކުރި މުޒާހަރާގައި އަސާސީ ތަމްރީން އެއްކޮށް ފުރިހަމަ ނުކޮށް ތިބި ފުލުހުން ހަރަކާތްތެރިވިކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހު ނަވާނަވައިން މަޖިލިސް އިދާރާ ސަރަހައްދުގައި ކުރި މުޒާހަރާ ރުޅާލުމަށް ހަރަކާތްތެރިވީ ކޯވިޑް-19އާ ގުޅިގެން ޓްރެއިނިންގް މެދުކެނޑުމަށްފަހު އެހީތެރިވުމަށް މާލެ އައި ބެޗެކެވެ. ފުލުހުންގެ ވަޒީފާއަށް ވަނުމަށްފަހު އަސާސީ ތަމްރީންގެ 1 އަހަރު ދުވަހު ހޭދަވެގެން ދާއިރު، އެ ފަރާތްތައް ތަމްރީން ކުރުމަށް ފަހުވެސް 6 މަސް ދުވަހުގެ ޕްރޮބޭޝަނެއް ފުރިހަމަ ކުރަންޖެހެއެވެ.

Advertisement - newsAdvertisement

މުޒާހަރާގައި މީހުން ހައްޔަރުކުރުމުގައި އަމަލުކުރި ގޮތަށް ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ސަބަބެއްގެ ގޮތުގައި ބައެއް ފަރާތްތަކުން މިކަން ހާމަކޮށްފައިވުމާއިއެކު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި މިކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މޯލްޑިވިސް ޕޮލިސް ސާރވިސްގެ ވަޒީފާއަށް ހުވާކުރާ ހިސާބުން އެއީ އެ އިދާރާގެ މުވައްޒަފެއް ކަމަށާއި ހުވާކުރާއިރު ފުރަތަމަ ސްޓޭޖްގައި ތަމްރީންތަކެއް ލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްޓަކައި ދ.ވާނީގައި މަސައްކަތް ކުރަމުން ދިޔަ ކުދިންވެސް އޮޕަރޭޝަން ތެރޭގައި މަސައްކަތް ކުރަމުންދާނެކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ ސަމީރު ވިދާޅުވީ، މުޒާހަރާގައި ޓްރެއިނިންގް ހަދަމުންދާ (އަސާސީ ތަމްރީން) އެއްކޮށް ފުރިހަމަ ނުކޮށް ތިބި ފަރާތްތައް ހަރަކާތްތެރިވަމުން ދިޔަކަަމަށެވެ. އަދި ޕްރޮފެޝަނަލް އޮފިސަރުންވެސް ހަރަކާތްތެރިވިކަމަށް އޭނާ ވިދާޅުވިއެވެ.

މުޒާހަރާގައި ފުލުހުން ކަންތައް ކުރީ ރަނގަޅަށް ނޫންކަން ހޯމް މިނިސްޓަރ އިމްރާން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން، އިންސާނީ ކަރާމާތަށް އިސްކަންދީގެން ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެން ބޭނުންވާ ކަމަށާއި ފުލުހުންނަށް ދެވޭ ތަޢުލީމާއި ތަމްރީންތަކުގެ ތެރެއިން ކުރިއަށް އޮތްތާންގައި އެކަން ކަށަވަރު ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް