Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުތަކުގެ ކެޕޭސިޓީ

ޖަލުތަކުގެ ކެޕޭސިޓީގެ އިތުރަށް 40 އިންސައްތަ ގައިދީން އެބަތިބި: ހޯމް މިނިސްޓަރ

24 ޖޫން 2020 | ބުދަ 07:41

ކެޕޭސިޓީގެ އިތުރަށް 400 ގައިދީން އެބަތިބި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 24 ޖޫން 2020 | ބުދަ 07:41
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރު ކުރެއްވުން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރު ކުރެއްވުން | ރައްޔިތުންގެ މަޖިލިސް

ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ 40 އިންސައްތަ އިތުރަށް ގައިދީން އެބަތިބި ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތަކުގެ ކެޕޭސިޓީއާއި ޖަލުތަކުގެ ހާލަތާއި ބެހޭ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ގައިދީން ބަލަހައްޓަމުން ދަނީ ހަތަރު ޖަލެއްގައި ކަމަށާއި އެ ޖަލުތަކުގެ ޖުމްލަ ޖާގައަކީ 1300 ކަމަށެވެ. ނަމަވެސް ޖަލުތަކުގެ އާބާދީ 1800ށް އަރާކަން ފާހަގަކޮށް އެއީ ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ 40 އިންސައްތަ އިތުރު އަދަދެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

ޖަލުތަކުގެ އާބާދީ މަދުކުރުމާއި ހަދަމުންދާ ޖަލުތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ވަކި ގިންތި ތަކަށް ބަހައިލައިގެން ގައިދީން ބަންދުކުރަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ހަރުކަށި ފިކުރުގެ ފަރާތްތަކާއި މެދު އަމަލު ކުރަމުންދާ ގޮތާއި ގުޅޭ ގޮތުންވެސް މެމްބަރު ސުވާލު ކުރެއްވުމާއި ގުޅިގެން މިނިސްޓަރ ވަނީ އެކަމުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ޖަލުތަކުގެ ހާލަތު ހުރި ގޮތުން،، ހަރުކަށި ފިކުރުގެ ފަރާތްތައް ވަކި ކުރެވެން އޮތް އެންމެ ބޮޑަށް ވަކި ކޮށްފައިވާ ކަމަށެވެ. އަދި ޖަލުގައި އެފަދަ ފަރާތްތައް ބައިތިއްބަން ހާއްސަ ޔުނިޓެއް އަޅަމުންދާ ކަމަށާއި އެ މަސައްކަތް ލަސްވެގެން ދިޔައީ ކޯވިޑް-19ގެ ސަބަބުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެން ނޫންނަމަ، މީގެ މަހެއް ހާ ދުވަސް ކުރިން އެތަނަށް އެ ގައިދީން ބަދަލުކުރެވުނީސް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ދޮޅު މަހެއް ހާ ދުވަސް ތެރޭގައި އެ ޔުނިޓު އެއްކޮށް ނިންމާލެވި މީހުން ބަދަލުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖާގައިގެ ދަތިކަމުގެ ސަބަބުން، ގިންތި ކުރި ކަމުގައިވިޔަސް ކުދި ކުށްތައް ކޮށް ޖަލުގައި ތިބޭ މީހުންނާ އެއްކޮށް ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުން ބައިތިއްބަން ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.

ހަރުކަށި ފިކުރުގެ މީހުން ޖަލަށް ލެވޭ އަދަދު އިތުރުވަމުން ދާއިރު އެކަމާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކަރެކްޝަންސް އިން އަންނަނީ ކުރަމުންނެވެ. އެގޮތުން، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އަންނަނީ އެފަދަ ފަރާތްތައް ދެނެގަނެ، އެސެސްމަންޓް ހަދައި ރިހިބިލިޓޭޓް ކުރުމަށް ޖަލު ތެރޭގައި އިންތިޒާމުތައް ހަމަޖެއްސުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަދި، ޖަލުތެރޭގައި އެ ފިކުރު ފަތުރަން މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި ހާއްސަ އޮފިސަރުންތަކެއް ވެސް ކަރެކްޝަންސް އިން އަންނަނީ ތަމްރީނު ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
19 މާރިޗު 2017

ހުމުގެ ރޯގާއާ ގުޅިގެން ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ މަޑު ޖައްސާލާފައި:ކަރެކްޝަންސް

19 މާރިޗު 2017
ހުމުގެ ރޯގާއާ ގުޅިގެން ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ މަޑު ޖައްސާލާފައި:ކަރެކްޝަންސް
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް