Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓްގެ މައްސަލަ

ހިޔާ ފްލެޓްގެ ބޭރުން ފޮޓޯ ނަގަން ވަރަށް ރީތިވާނެ، ދިރިއުޅެން ކަމަކު ނުދޭ: ރައީސް ސޯލިހު

23 ޖޫން 2020 | އަންގާރަ 14:00

5000 މީހުން ދިރިއުޅޭ ޓަވަރެއްގައި އަރާ ފޭބުމަށް ހުރީ އެންމެ ތިން ލިފްޓު

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖޫން 2020 | އަންގާރަ 14:00
ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ވަރަށް އަވަހަށް ދޫކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވޭ

ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ވަރަށް އަވަހަށް ދޫކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވޭ

އިރުއޮއްސެމުންދާ ވަގުތު ހިޔާފްލެޓްގެ ބޭރުން ފޮޓޯ ނަގަން ވަރަށް ރީތިވާނެ ކަމަށާއި، އެއީ ދިރިއުޅެން އެކަށީގެންވާ ވަރުގެ ތަނެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ހިޔާ ފްލެޓަކީ މީހުން ދިރިއުޅެން ރަނގަޅު ތަނެއް ނޫން ކަމަށާއި، އެތަނަށް ވަންނަ މީހުންގެ ތެރެއިން ގިނަ މީހުން އެތަން ދޫކޮށްފައިދާނެ ކަމަށެވެ. ނަމަވެސް އެވެސް ގޮތެއް ނެތް މީހުން އެތަނުގައި ދިރިއުޅެފާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ ވިދާޅުވީ ފްލެޓަށް ވަންނަ 80 އިންސައްތަ މީހުން އެތަނުގައި ދިރިއުޅެން ކަމުދާ ތަނެއްގެ ގޮތުގައި ގަބޫލުނުކުރާނެ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓް އިރުއޮއްސޭ ވަގުތު ބޭރުން ފޮޓޯ ނެގަން ވަރަށް ރީތި ކަމަށާއި، ދިރިއުޅެން ރީތި، ރަނގަޅުތަނެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ހިޔާ ފްލެޓްގެ ޓަވަރެއްގައި ގާތްގަނޑަކަށް 5000 މީހުން ދިރިއުޅެމުންދާއިރު، އަރާ ފޭބުމަށް އެތާގައި ހުރީ އެންމެ ތިން ލިފްޓް ކަމަށެވެ. އެހެންކަމުން އޮފީހަށް ދާ ވަގުތާއި، ސްކޫލުތަކަށް ކުދިން ގެންދާ ވަގުތުގައި ލިފްޓަށް އެރުމަށް ދެގަޑިއިރު ކުރިން ކިއުގައި ޖެހެން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ ގަޑި ޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މީގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހިލާ ފްލެޓްގެ ކުލީގެ އަގަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުގެ ބޭފުޅުން އެފްލެޓްތަކުގެ އަގު 6000 ރުފިޔާ ނުވަތަ 7000 ރުފިޔާއަށް ކީ ނަމަވެސް މިހާރު އެހުރި ގޮތަށް ފްލެޓް ދޫކުރާއިރު ވެސް އެންމެ ހެޔޮ އަގުގެ ގޮތުގައި 11000 ރުފިޔާ ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ހިޔާ ފްލެޓްގެ 7000 ފްލެޓް އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، ނުނިމި ހުރީ ވަރަށް މަދު މަސައްކަތެއް ކަމަށެވެ. ނަމަވެސް ފްލެޓްތަކަށް މީހުން ވަންނައިރު ދޮރެއް ނުހުންނާނެ ކަމަށާއި، ޓައެލެސް ޖަހާފައި ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ 7000 ފްލެޓަށް 23000 އެތައް ބަޔަކު ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެންމެ ފަހު ވަގުތު އެތައް ބަޔެއް ދަފްތަރުގައި ޖައްސާ، ފޯމުގައި ހަމައެކަނި ނަން އަދި ފޯމް ނުލާ ބަޔަކަށް ފްލެޓް ލިވޭނެ ކަމުގެ ޔަގީންކަން ކުރީގެ ސަރުކާރުން ދީފައިވާ ކަމަށެވެ.

ފްލެޓް ދޫކުރުމަށް ކޮށްފައިވާ މަސައްކަތުގައި އަމަލުކޮށްފައިވަނީ ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއިންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ފްލެޓް ހައްގުވާ މީހެއްގެ ތޯ ބެލުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެމަސައްކަތް ހުއްޓުނީ ކޮވިޑް-19އާ ގުޅިގެން ކަމަށާއި، ހާލަތު ބަދަލުވުމާއެކު އެމަސައްކަތް އަލުން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް