Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ސައުދީ އަރަބިއްޔާގެ ހާލަތު

ސައުދީ އަރަބިއްޔާއިން ކާފިއު އުވާލާ އިގްތިޞާދު ހުޅުވާލަނީ

ވިޔަފާރިތައް ހުޅުވާލުމަށް މީގެކުރިން އަޅާފައިވާ ފިޔަވަޅުތައްވެސް ނިމުމަކަށް ގެންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ޖޫން 2020 | ހޮނިހިރު 22:11
ސައުދީ އަރަބިއްޔާގެ ރިޔާޛުގެ ރެސްޓޯރެންޓެއް ޑިސްއިންފެކްޓް ކުރަނީ

ސައުދީ އަރަބިއްޔާގެ ރިޔާޛުގެ ރެސްޓޯރެންޓެއް ޑިސްއިންފެކްޓް ކުރަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މުޅި ސައުދީ އަރަބިއްޔާގައި ކުރިޔަށް ގެންދިޔަ ކާފިއު ތިން މަސް ދުވަސް ފަހުން ޖޫން މަހުގެ 21 ވަނަ ދުވަހު ނިމުމަކަށް ގެންނާނެކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

އިންޓީރިއާ މިނިސްޓްރީ އާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވަނީ އާދިއްތަ ދުވަހު ކާފިއު ނިމުމަކަށް ގެންނައިރު ވިޔަފާރިތައް ހުޅުވާލުމަށް މީގެކުރިން އަޅާފައިވާ ފިޔަވަޅުތައްވެސް ނިމުމަކަށް ގެންނާނެ ކަމަށެވެ.

ކާފިއު އުވާލިނަމަވެސް އަދިވެސް އަޅުކަންކުރުމާއި ބައިނަލްއަގްވާމީ ދަތުރުތައް ކުރުމާއި މީހުން އެއްވެ އުޅުމުގައި ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ފަންސާސް މީހުންނަށް ވުރެ ގިނައިން އެއްވެސް ތާކަށް އެއްވެ ނޫޅެވޭނެކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.

ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ދަރުބާރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކާފިއު އިއުލާންކުރީ މަރޗް މަހު އެވެ. ބައެއް ހިސާބުތަކުގައި 24 ގަޑިއިރުވެސް ވަނީ ކާފިއު ހިންގާފަ އެވެ.

މެއިމަހު އެގައުމުން ވަނީ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ތިން ފޭސް އެއް އެކުލަވާލާ އިއުލާންކޮށްފަ އެވެ. އޭގައިވާގޮތުން ޖޫން މަހުގެ 21 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި އިއުލާންކޮށްފައިވާ ކާފިއު ނިމުމަކަށް ގެންނާނެ އެވެ.

މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭންފެށުމާއެކު ވައިރަސްޖެހޭ މީހުންގެ ނިސްބަތް ފާއިތުވި ހަފްތާތަކުގައި ވަނީ އިތުރު ވެގެންގޮސްފަ އެވެ.

މިހާތަނަށް އައިއިރު ސައުދީ އަރަބިއްޔާގައި ވަނީ 154،223 (އެއް ލައްކަ ފަންސާސް ހަތަރު ހާސް ދުއިސައްތަ ތޭވީސް) މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. އަދި 1230 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. ސައުދީ އަރަބިއްޔާއަކީ ހަ ގައުމު ހިމެނޭ ގަލްފު ސަރަހައްދުގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީން ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެގައުމަށް އާދެވޭނެ ހައްޖާޖީންގެ އަދަދުވެސް ވަކި މިންވަރެއްގައި ހިފަހައްޓާފައެވެ. އާންމު ގޮތެއްގައި 2.5 މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުންދެ އެވެ. މަރޗް މަހު ސައުދީ އަރަބިއްޔާއިން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް އެގައުމަށް އަންނަ މީހުން އައުން މެދުކަނޑާލާފަ އެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު