Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ހިދުމަތުގެ ބިލް

ބިލުގެ މަގްސަދަކީ ފުލުހުންގެ ހިދުމަތް ''ލާމަރުކަޒު ކުރުން'': ހަސަން ލަތީފް

19 ޖޫން 2020 | ހުކުރު 18:33

ބިލު ހުށައެޅުއްވީ އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް

އަލީ ސަމާޚް
އަލީ ސަމާޚް | 19 ޖޫން 2020 | ހުކުރު 18:33
އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް ވިދާޅުވީ، ބިލް ގާނޫނަކަށްވުމުގެ ކުރިން ރައްޔިތުންގެ މަޝްވަރާ ހޯދާނެ ކަމަށް

އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް ވިދާޅުވީ، ބިލް ގާނޫނަކަށްވުމުގެ ކުރިން ރައްޔިތުންގެ މަޝްވަރާ ހޯދާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މައިގަނޑު މަގްސަދަކީ ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް ހިންގުން ކަމަށް ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށައެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ހަސަން ލަތީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ބިލަކީ ގަދަރުވެރި، ޝަރަފުވެރި، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭނެ ފުލުހުންގެ ހިދުމަތެއް އުފެއްދުމަށް އެކުލަވާލަފައިވާ ބިލެއް ކަމަށެވެ. ޓްވީޓްގެ ތަފްސީލު ރާއްޖެ.އެމްވީއާ ހިއްސާކުރައްވަމުން އެމްޑީޕީގެ ޗެއަރޕަސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވީ، މަގްސަދަކީ ފުލުހުންގެ ހިދުމަތްތައްވެސް ''ލާމަރުކަޒީ'' ކޮށް ހިންގުން ކަމަށެވެ. އިތުރު ތަފްސީލު ހާމަކުރައްވަމުން މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މުއައްސަސާ ލާމަރުކަޒީވެގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުންގެ ރީޖަނަލް އޮފީސްތަކެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެ ބިލުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ފުލުހުންގެ ހިދުމަތް ދޭންވާނީ އެ ހިދުމަތެއް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި، ކައުންސިލްގެ މެންބަރުންނާއި، މަދަނީ ޖަމްއިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެފަދަ ގޮތަކަށެވެ. މިގޮތުން އެތަންތަނުން ދެވޭ ފުލުހުންގެ ހުދުމަތް ބައްޓަންކުރަންވާނީ ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާއި މައްޗަށް ކަމަށްވެސް ބިލުގައިވެއެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެ ބިލަކީ ''އެމްޑީޕީ ސްޓައިލު'' ގައި މަޝްވަރާ ކުރެވިގެންދާނެ ބިލެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެ ބިލް ގާނޫނަކަށްވުމުގެ ކުރިން ގިނަ ފަރާތްތަކަކާއި އެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި މައުލޫމާތު ބަދަލުކުރެވޭނެތީއެވެ. އެމްޑީޕީގެ ޗެއަރޕަސަން ވިދާޅުވީ، ބިލު ގާނޫނަކަށްވެގެންދާނީ ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ފަހު ކަމަށެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި އެ މަޝްވަރާ ބައްދަލުވުން ބާއްވާނެ ކަމަށް ވިދާޅުވިއެވެ. އެއީ އެ ޕާޓީން ދެކޭގޮތުގައި ބިލެއް ގާނޫނަކަށް ވެގެންދާނީ ރައްޔިތުންވެސް ދެކޭ ގޮތްތައް ބެލުމަށް ފަހު ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވާ ގޮތުން، މި ބިލުގެ ބޭނުމަކީ ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ގާނޫނުއާސާސީ ގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމާއެކު ގާނޫނުގެ ހުކޫމާތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދާ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު)ގެ ބަދަލުގައި އާ ގާނޫނެއް ތަޢާރަފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުން ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުން ކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް