Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

އެމްޓީސީސީއާއި ހަވާލުވި އިރު އޮތީ "ގޮނޑެއް" ހެން: އާޒިމް

18 ޖޫން 2020 | ބުރާސްފަތި 06:47

މިހާތަނަށް ހަވާލުވި ކުންފުނިތަކުގެ ތެރެއިން އެންމެ ނާޒުކު ހާލަތެއްގައި އޮތް ކުންފުންޏަކީ އެމްޓީސީސީ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 18 ޖޫން 2020 | ބުރާސްފަތި 06:47
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ | އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުވިއިރު، ކުންފުނި އޮތީ "ގޮނޑެއް" ހެން ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު، އެއިރު އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި އާޒިމް އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ބަދަލުކޮށް، އެއިރު އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި ހަސަން ޝާހު ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރގެ މަގާމަށް ބަދަލުކޮށްފައެވެ.

Advertisement - newsAdvertisement

މިހާތަނަށް މަގާމު ބަދަލު ކުރެއްވި ވަކި ސަބަބެއް ހާމަކޮށްފައި ނުވާއިރު، ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މިހާތަނަށް ހަވާލުވި ކުންފުނިތަކުގެ ތެރެއިން އެންމެ ނާޒުކު ހާލަތެއްގައި އޮތް ކުންފުންޏަކީ އެމްޓީސީސީ ކަމަށާއި އެ ހާލަތު އަދިވެސް ބަދަލު ނުވާކަމަށެވެ.

އާޒިމް ވިދާޅުވީ މަގާމާއި ހަވާލުވި އިރު އެމްޓީސީސީ އޮތީ "ގޮނޑެއް" ހެންކަމަށާއި އެކަމާއި ހުރިހާ މުވައްޒަފުންވެސް އެއްބަސްވާނެކަމަށެވެ. އަދި ހާލަތު ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރު ތަފްސީލްދެއްވަމުން އޭނާ ވިދާޅުވީ، ކިތަންމެ އަޑުއަހަން އުނދަގޫ ވިޔަސް ވާހަކަ ދައްކަން ވާނީ ހަގީގަތާއި އެއްގޮތަށް ކަމަށެވެ. އެގޮތުން، ތިލަފުށި ސައިޓުގައިވެސް ތަރުތީބެއް ނެތްކަން ފާހަގަކޮށް އާޒިމް ވަނީ ރިކޯޑް ނުކޮށް މުދާ ގެންދިއުމާއި ކުންފުނީގެ އެކި ޑިވިޝަންތައް ވަކި ކުންފުންޏެއް ގޮތައް ހިންގާފައި ހުރި ކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން، އޭނާ ވިދާޅުވީ ހަވާލުވިއިރު، ބެލެންސް ޝީޓްގައިވެސް ގިނަ މައްސަލަތައް ހުރި ކަމަށާޢި ގިނަ މައުލޫމާތު ހުރީ އަޕްޑޭޓް ނުކޮށް ކަމަށެވެ.

އާޒިމް ވިދާޅުވީ، މިހާރު އެންމެ ބޮޑު އަމާޒަކީ ދެން އައު މެނޭޖްމެންޓެއް އަންނައިރު މިހާރަށް ވުރެން ރަނގަޅު ކުންފުންޏެއް ހަވާލުކުރުމުގެ ވިސްނުން މުވައްޒަފުންގެ މެދުގައި އަށަގެންނެވުން ކަމަށެވެ. އެމްޓީސީސީއަށް 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައ ސާފު ފައިދާގެ ގޮތުގައ 62.34 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް