Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަަޖެޓަށް އެއް ބިލިއަން ޑޮލަރު އުނިކަމެއް

ދައުލަތުގެ ބަޖެޓަށް އެއް ބިލިޔަން ޑޮލަރުގެ އުނިކަމެއް އަންނާނެ: ރައީސް

17 ޖޫން 2020 | ބުދަ 15:18

ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގައި މައުލޫމަތު އޮޅުންފިލުއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 17 ޖޫން 2020 | ބުދަ 15:18
ނިއުނޯމަލްގެ އުސޫލުތަކާއި އެކު ކުރިޔަށް ދިޔަ ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ ބައްދަލުވުމުގެ ތެރެއިން

ނިއުނޯމަލްގެ އުސޫލުތަކާއި އެކު ކުރިޔަށް ދިޔަ ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ ބައްދަލުވުމުގެ ތެރެއިން

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓަށް އެއް ބިލިޔަން ޑޮލަރުގެ އުނިކަމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ، "ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ފުރަތަމަ ބައްދަލުވުމުގައެވެ. ބުދަ ދުވަހު ރައީސް އޮފީހުގައި ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި، ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގައ މައުލޫމަތު ރައީސް ސޯލިހު އޮޅުންފިލުއްވިއެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ޓާސްކްފޯސް ގައި ހިމެނޭ ތިން ވަރކިންގ ގްރޫޕްކަމަށްވާ، ވަރކިންގް ގްރޫޕް އޮން ފައިނޭންސް، ވަރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓަރގެ ވަރކިންގް ގްރޫޕުން، އެ ގްރޫޕުތަކާއި ޙަވާލުވެފައިވާ ދާއިރާތަކުގެ ކަންކަން ކުރިޔަށް ގެންދަވަން ރާއްވަވާފައިވާ ގޮތްތަކާއި ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވިއެވެ.

އެގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަން ތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ކޮވިޑާ ގުޅިގެން ދިމާވި ދަތިތަކާއެކު ބަޖެޓު ރިވައިސްކޮށް މާލީ ކަންކަން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާއި، އިގްތިސާދު ނެގެހެއްޓުމާއި، އިގްތިސާދު ކަންކަން ކުރިޔަށް ގެންދިއުމުގައި އެންމެ މުހިންމުކަން ދޭނެ ދާއިރާތަކާއި އަދި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންނާއި، ސޯޝަލް ސެކްޓަރއިން ސިއްހި ދާއިރާ ވަރުގަދަކުރުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުމާއި އަދި ސްކޫލުތައް ހުޅުވުމުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތައް ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ޓާސްކްފޯސް އުފެއްދެވުމުގެ މަގުސަދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، މިހާރު ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

ބައްޔާ ގުޅިގެން އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތައް ދައުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވާކަން ފާހަގަކުރައްވައި އެގޮތުން އެއް ބިލިޔަން ޑޮލަރުގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށްވެސް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ހަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓާސްކްފޯހުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

ޓާސްކްފޯސްގައި ހިމެނޭ ތިން ވަރކިންގ ގްރޫޕުން ހިއްސާކުރެއްވި ތިން ޕްރެޒެންޓޭޝަނުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑުލައިންގެ ކަރުދާސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުށަހެޅުއްވިއެވެ.

ޓާސްކްފޯސްގެ ބައްދަލުވުމުގައި ތިން ވަރކިންގ ގުރޫޕުން ހުޅަހެޅުއްވި ހުށަހެޅުންވުންތަކާއި އަދި ބުދަ ދުވަހު ހުށަހެޅުއްވި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިންއާ މެދު ދެން ބާއްވަވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެކަން އިޢުލާނުކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް