Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް

ތިން ކެޓަގަރީއަކުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ވަނީ ހުށަހަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ޖޫން 2020 | ބުދަ 10:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިބިލަށް ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުން ވަނީ ބިލް ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ. ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ މިއިސްލާހަކީ ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭކަންކަން އިތުރަށް ތަފްސީލުކޮށް ޤާނޫނުގައި ބަޔާންކުރާ ވަޒީފާއާއި ގުޅޭކަންކަން އިތުރަށް ޚަރުދަނާކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

މިބިލުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ކަނޑައަޅާފައި ވަނީ، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭ، އެންމެކުޑަ އުޖޫރަ ކަނޑައަޅާފައި ވެއެވެ. އެގޮތުން، އެންމެ މަތީ ކެޓަގަރީއަށް 8.000ރ އާއި 8،500ރގެ ދެމެދުގެ ޢަދަދެއް، ދެން އޮތް ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާއި ދެމެދުގެ ޢަދަދެއް، އަދި އެންމެ ކުޑަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާއި ދެމެދުގެ ޢަދަދެއް ކަނޑައެޅުމަށް ބިލުގައި ވެއެވެ.

މި ބިލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ބަޒީފާ ދިނުމާއި އަދި ބޭނުންވެއްޖެ ހިނދެއްގައި ވަޒީފާއިން މީހުން ވަކިކުރުން ފަދަ ކަންކަން ހަރުދަނާކޮށް، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާ ކުރާ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުންފަދަ ކަންކަމެވެ. އެގޮތުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ވަޒީފާ ދޭ ފަރާތުން ޢަމަލުކުރާނަމަ، ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި ވަޒީފާއަށް މީހުން ނަގާއިރު، 'ޕްރޮބޭޝަން ޕީރިއަޑް'ގެ ގޮތުގައި މިހާރު ޤާނޫނުގައި އޮންނަނީ 3 މަސްދުވަސް ކަމަށާއި، ނަމަވެސް ގެނެވޭ އިޞްލާޙުގައި 6 މަސް ދުވަހަށްވުރެ ދިގު ނުވާގޮތަށް 'ޕްރޮބޭޝަން ޕީރިއަޑް' ހަމަޖެއްސުމަށް ވެސް އިޞްލާޙުގައި ވެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު