Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް 2008

ފޮނި ހަނދާންތަކަށް 12 އަހަރު، އެދެނީ 12 ވަނަ ކުޅުންތެރިޔާ ޓީމުގެ ފަހަތުގައި ތިބުމަށް

ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގްބަލް ވަރަށް އުޖާލާ: އިމްރާން މުޙައްމަދު

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 16 ޖޫން 2020 | އަންގާރަ 11:47
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތައްޓާއެކު ގައުމީ ޓީމު: އެ ހަނދާންތަކަށް 12 އަހަރު ވަނީ ވެފައި

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތައްޓާއެކު ގައުމީ ޓީމު: އެ ހަނދާންތަކަށް 12 އަހަރު ވަނީ ވެފައި

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދުނީ އެތައް ޖީލަކާއި އެތައް ބަޔަކު ފުޓްބޯޅައަށް ކޮށްދީފައިވާ ބުރަ މަސައްކަތުން ކަމަށާއި މިއަދުވެސް ދިވެހި ގައުމަށް ބުނެލަން ބޭނުން ވަނީ 12 ވަނަ ކުޅުންތެރިޔާ ޓީމުގެ ފަހަތުގައި ތިބުމަށް ކަމަށް، އޭރު ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިން ބުނެފިއެވެ.

ސަރަހައްދީ ބޮޑު ބާރު އިންޑިއާ ބަލިކޮށް ދިވެހިން އުފަލުން ރޮއްވާލި ތަށި ގެނައިތާ 12 އަހަރު ވެފައިވާއިރު، އެ ހަނދާންތަކާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ އިތުބާރު ގޯލްކީޕަރު އަދި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ގެނައިރު، ގޯލު ބެލެހެއްޓި އިމްރާން މުޙައްމަދު ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލް ވަރަށް އުޖާލާ ކަމަށާއި މިހާރުގެ ކުޅުންތެރިންނަށް ދިވެހިން ފަޚުރުވެރިވާނެ އެތައް ކާމިޔާބެއް ހޯދޭނެ ކަމަށެވެ.

ތިޔަބޭފުޅުންގެ ގައުމީ ޓީމު އަދިވެސް އެބައޮތް ކަމަށާއި، އެ ޓީމަށް އިތުރު ކާމިޔާބުތައް ހޯދޭނީ ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބެގެންކަން ފާހަގަކުރަމުން އިމްރާން ބުނީ ޓީމަށް ހިތްވަރު ދިނުމުގައި އަބަދުވެސް ސަޕޯޓަރުން ތިބުމަށް އެދޭ ކަމަށެވެ.

ގައުމީ ޓީމުގެ ގޯލު 17 އަހަރު ބެލެހެއްޓިއިރު، 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ އެންމެ ތަފާތު ތަޖުރިބާއެއް ކުރަން ޖެހުނު މުބާރާތް ކަމަށާއި ޓީމުގެ ހާލަތު ގޯސްވެ، އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާއި ވާހަކަ ނުދައްކާ ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށް އިމްރާން ވަނީ ބުނެފައެވެ. އަދި ސެމީފައިނަލް މެޗު ގަލޮޅު ދަނޑުގައި ކުޅެލަން ނުލިބުމުން އެކަމާއި ގިނަ ބަޔަކު މާޔޫސްވި ކަމަށާއި، އެހެން ނަމަވެސް އެ މެޗު ލަންކާގައި ކުޅެން ޖެހުމަކީ ވެސް ގައުމީ ޓީމަށް ކުރިމަތިވި ރަނގަޅެއް ކަމަށް އިމްރާން ބުންޏެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ގޯލްޑް ކެޕްޓަން އަސްއަދު އަބްދުލް ޣަނީ ބުނީ ގައުމީ ދިދައަށާއި ގައުމީ ޖާޒީއަށް ކުޅުންތެރިންގެ ހިތުގައި އޮންނަ ލޯބި އިތުރު ކުރުމަށާއި، ގައުމީ ޖާޒީ ލުމަކީ އެހާ ފަސޭހަ އަދި އެހާ ކުޑަކަމެއް ކަމަށް އެއްވެސް ކުޅުންތެރިއަކު ނުދެކުމަކީ އާދޭހެއް ކަމަށެވެ. މިހާރުގެ ފުޓްބޯޅަ ޖީލުގެ ކުޅުންތެރިންނަކީ ހުނަރުގެ ގޮތުން މާ މަތީ ކުޅުންތެރިންނަށް ވާއިރު، އެ ކުޅުންތެރިންނަށް ގައުމަށް އެތައް ކާމިޔާބެއް އަދި ހޯދޭނެ ކަމަށް އަސްއަދު ވަނީ ބުނެފައެވެ.

ރާއްޖެ އާއި ސްރީލަންކާގައި ބޭއްވި ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ހަނދާންތައް އާ ކުރަމުން އަސްއަދު ބުނީ 2008 ވަނަ އަހަރަކީ ކުޅިވަރު ހަޔާތުގައި އައި އެންމެ އުފާވެރި އަހަރު ނަމަވެސް، އެ އަހަރަކީ ގައުމީ ޓީމުގައި ހޭދަކުރި ދުވަސްތަކުގައި އެންމެ ގޯސްކޮށް ކަންތައްތައް ދިމާވެގެން ދިޔަ އަހަރު ކަމަށެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަމުން 2008 އަހަރުގެ ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓް ކުރުމާއި ގައުމީ ޓީމު ޕްރޮމޯޓް ކުރުމަށް އެކުލަވާލި މާކެޓިންގ ކޮމިޓީގައި އިސް މަސައްކަތްތަކެއް ކުރި މަޝްހޫރު ކޯޗު އަލީ ސުޒޭން ބުނީ މުޅި ގައުމު އުފަލުން ފޮޅުވާލި މީގެ 12 އަހަރުގެ ހަނދާންތަކީ ފުޓްބޯޅައިން މިހާތަނަށް މުޅި ގައުމަށް އައި އެއްމެ ބޮޑު ޢީދު ކަމަށާއި، އެ ހަނދާންތަކުގެ ވާހަކަ މިއަދު ދައްކާއިރު އަދިވެސް ދިވެހި ގައުމުގެ ކިބައިން އެދެނީ އެ ރޫހުގައި ނުކުތުމަށް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ގެނައިއިރު އެޓީމުގައި ތިބި އޮފިޝަލުން ކަމަށްވާ އިހުސާން އަބުލް ޣަނީ އާއި މުޙައްމަދު ޝިޔާޒް އާއި މުޙައްމަދު ހާނިމަކީ މުހިންމު ދައުރެއް އަދާކުރި ފަރާތްތަކެއް ކަމަށާއި ކޯޗާއެކު ޓީމުގައި ހުރި ހުރިހާ މައްސަލަތަކެއް އެ ބޭފުޅުން ހައްލު ކުރެއްވީ ވަރަށް ފުރިހަމައަށް ކަމަށް 12 އަހަރުގެ ހަނދާންތައް އާ ކުރަމުން ސުޒޭން ބުންޏެވެ.

ފައިނަލް މެޗުގެ ހަނދާންތައް އާ ކުރަމުން އަސްއަދު އަދި އިމްރާން ބުނީ އެ ދުވަހު ދަނޑުމަތީގައި ހުރެ، ކުރެވުނު އިހުސާސް އެއީ ފުޓްބޯޅައިގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު އެންމެ ތަފާތު އަދި އެއްމެ ދުނދަގޫ ހާލަތު ކަމަށެވެ. މުޚުތާރުގެ ލަނޑަށްފަހު އިތުރު ވަގުތާއެކު ކުޅެވުނީ ހަ މިނެޓު ކަމަށާއި، އެހެން ނަމަވެސް އެ ހަ މިނެޓަކީ 30 މިނެޓް ކަމުގެ އިހުސާސް ވެހެންދިޔަ ކަމަށް ދެ ކުޅުންތެރިން ވަނީ ބުނެފައެވެ.

ސަރަހައްދީ ރަން ތައްޓަކަށް ދިވެހިން އެދި އެދި ތިބިއިރު، ހަތަރު އަހަރު ތެރޭ ޕެނަލްޓީ ޖަހައިގެން ރާއްޖެ ދެ ފަހަރަށް ފައިނަލުގައި ބަލިވެފައިވެއެވެ. ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރިގެން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވީ ޕެނަލްޓީ ޖަހައިގެން ލަންކާ އަތުންނެވެ. 2003 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްރީލަންކާ އަތުން ބަލިވުމުން ދިވެހިން އެ ދުވަހު ވެސް ކަރުނައެޅީ ރަން މެޑެއްޔަށް ބޭނުންވެފައި ތިބި ވަރުންނެވެ.

ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު 1-1 އެއްވަރުވެ، ގޯލްޑަން ގޯލުން ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގައިވެސް ލަނޑެއް ނުޖެހުމުން، ޕެނަލްޓީއަށް ގޮސް ރާއްޖެ ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ.

ލަންކާ އާއި ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި، އިންޑިއާ ކޮޅަށް ރާއްޖެ ކުޅުނު މެޗު ބަލަން ލަންކާގެ ސުގަތަދާތަ ސްޓޭޑިއަމަށް ވަން ދިވެހިންގެ އަދަދު 10،000ށް ވުރެން ގިނައެވެ. ދިވެހިންގެ ހިތްތަކާއި ކުޅެލި ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މުޚުތާރު ނަސީރު (ޓޫކިލޯ) ބާރު އުންޑައެއްހެން ވައްދާލުމާއެކު 10،000 ދިވެހި ސަޕޯޓަރުންގެ ސަޕޯޓުގެ އަޑުން މުޅި ސްޓޭޑިއަމް ގުޑުވާލިއެވެ.

ރާއްޖެއިން 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި ސިޔާސީ ފިކުރާއެކު ބައިބައިވެފައިވީ ދުވަސްވަރެއްގައެވެ. ރިޔާސީ އިންތިޚާބު ގާތްވެ، ވަރަށް ފޯރިއާއެކު ސިޔާސީ ކަންކަން އޭރުވެސް މުޅި ރާއްޖޭގައި ކުރިޔަށްދިޔައެވެ. އެހެން ނަމަވެސް އެ ހުރިހާ ބައިބައިވުމާއެކުވެސް އެއްބައިވަންތަކަން ގެނެސްދިން ކަމަކީ ފުޓްބޯޅައެވެ. ސާފް ޗެމްޕިއަންޝިޕެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު