Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ރައީސް، ރައީސް ނަޝީދު

ރައީސް ނަޝީދުގެ ދަތުރުފުޅަކަށް އޭސީސީން ދައްކަން ބުނި، 444ރ ދައްކައިފި

16 ޖޫން 2020 | އަންގާރަ 06:59

މިމައްސަލަ އޭސީސީން މަޖިލީހުގެ އިދާރާއަށް ފޮނުވުމުން، މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރައްވަފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ޖަލްސާގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ޖޫން 2020 | އަންގާރަ 06:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: އެމްޑީޕީގެ ދަތުރެއްގައި، ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރެއްވި ކަމަށްބުނެ، 444ރ ދައްކަން އޭސީސީން ވަނީ މަޖިލީހުގެ އިދާރާއަށ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައްކަން އެންގި، 444ރ (ހަތަރުސަތޭކަ ހަތަރު ރުފިޔާ) ދައްކަވައިފި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ ފުރަތަމަ ދައުރުގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެފައިސާ ދައްކަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފައިސާ އޭސީސީއަށް ދައްކާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެފައިސާ ދައްކާފައިވަނީ މަޖިލީހުގެ އިދާރާއިން ކަމަށްވެސް ވެއެވެ.

އޭސީސީން ތަހުގީގުކޮށްފައިވަނީ ރައީސް ނަޝީދު، އެމްޑީޕީގެ ދަތުރެއްގައި، ކުރައްވާ އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާ މައްސަލައެވެ. މި މައްސަލައާއި ގުޅިގެން އޭސީސީން މަޖިލީހަށް ފޮނުވި "އިސްލާހު ކުރުމަށް އަންގާ އެންގުން" މިއަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މެމްބަރުންނަށް އިއްވަވާ ދެއްވާފައެވެ.

އޭސީސީން ބުނެފައިވަނީ 31 އޮކްޓޫބަރު 2019 ގައި ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް، މީހަކަށް ޙަރަދުކޮށްފައިވަނީ 1,222.00ރ (ބާރަ ސަތޭކަ ބާވީސް ރުފިޔާ) ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން މަހާސިންތާ ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރ، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1,333,00ރ (ތޭރަ ސަތޭކަ ތިރީސް ތިން ރުފިޔާ) ޚަރަދުކޮށްފައިވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1,222.00ރ (ބާރަ ސަތޭކަ ބާވީސް ރުފިޔާ) ކަމަށާއި، މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ޚަރަދުކޮށްފައިވާ 444ރ ދައުލަތަށް އަނބުރާ ހޯދުމަށް އެ ކޮމިޝަނުން އަންގާފައި ވެއެވެ. އަދި އެފައިސާ ހޯދުމަށްފަހު އެކަން އެ ކޮމިޝަނަށް އެންގުމަށް މަޖިލީހުގެ އިދާރާއަށް އަންގާފައިވެއެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އޭސީސީގެ މި ނިންމުމަށް ދެކޮޅު ހައްދަވަން ބޭނުންފުޅު ނުވާކަމަށެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުން އެދިވަޑައިގަންނަވާ ގޮތަކަށް މިމައްސަލާގައި އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް