Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މުޖްތަމައު އެއްބައިވަންތަ ކުރުމަށް ބަސްމަގު ރީތި ކުރަންޖެހޭ: ޚުތުބާ

12 ޖޫން 2020 | ހުކުރު 08:28

ހެޔޮ ބަހަކީ ރަނގަޅު ނަފްސަކުން ނުކުންނަ ރީތި މަލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖޫން 2020 | ހުކުރު 08:28
ހުކުރު ޚުތުބާ އިއްވީ \'ހެޔޮބަސް ބުނުން\'\' މިމައުޟޫއަށް

ހުކުރު ޚުތުބާ އިއްވީ \'ހެޔޮބަސް ބުނުން\'\' މިމައުޟޫއަށް

މުޖްތަމައު އެއްބައިވަންތަ ކުރުމަށް ބަސްމަގު ރީތިކޮށް ކުރަންޖެހޭ ކަމަށާއި، ހިނިތުންވުމާ ރިވެތި އަހުލާގުން މީސްތަކުންގެ ލޯބި ލިބިގަތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ހެޔޮބަސް ބުނުން'' މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނީ ރިވެތި ހެޔޮ ބަހަކީ ރަނގަޅު ނަފްސަކުން ނުކުންނަ ރީތި މަލެއް ކަމަށާއި، ހަޔާތުގެ ހިނިތުންވުން ކަމަށެވެ. އަދި އެއީ ތުންފަތުގެ ހުވަނދު ކަމަށާއި، ޒަހަމްތަކުގެ ފަރުވާ ކަމަށެވެ.

Advertisement - newsAdvertisement

ރިވެތި ހެޔޮ ބަހުން ހަށިގަނޑާއި ފުރާނައިގެ ޝިފާ ލިބޭއިރު އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑި ކަމަށް ޚުތުބާގައިވެއެވެ.

ހެޔޮ ބަހަކީ ހެޔޮކަން ބޮޑު ގަހެއް ފަދަ އެއްޗެއް ގޮތުގައި ސިފަ ކުރަމުން ޚުތުބާގައި ބުނީ އެ ގަހުގެ މަންޒަރު ރީތިވެފައި ވަސްމީރުވެ މޭވާ ފޮނިވާނެ ކަމަށެވެ. އަދި ދުވަހަކު ވެސް މޭވާ ހުސްނުވާނެ ކަމަށާއި، މި ފަދަ ގަހެއް ހެދުމަށް ރަނގަޅު ބިމަކަށް ބޭނުންވާ ކަމަށް ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނީ މި ރަނގަޅު ބިމަކީ ﷲ އަށް އަޅުކަން ކުރާ ޞާލިޙު މުއުމިނާގެ ނަފްސު ކަމަށާއި، ދަރިންނަކީ މިފަދަ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ދަރިންގެ ހިތްތަކުގައި މި ފަދަ ބިމެއް ތައްޔާރު ކުރެވޭނީ އާއިލާ އާއި މަދްރަސާ އަދި ވެށިން ރަނގަޅު ތަރުބިޔަތެއް ފޯރުކޮށްދީގެން ކަމަށް ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނީ މި ތިން ވެށި، ނުރަނގަޅު ބިމެއް ފަދަ ތަނަކަށް ވެއްޖެ ނަމަ، ދަރިންގެ ހިތްތަކުގައި، ހެޔޮ ބަސް ބުނުމުގެ ގަހެއް ނުފަޅާނެ ކަމަށާއި، އެމީހުންގެ ސަބަބުން މުޖްތަމައު އެއްބައިވަންތަ ނުކުރެވޭނެ ކަމަށެވެ. އަދި އެ މީހުންގެ ކިބައިން ގައުމަށް ރަނގަޅު ޚިދްމަތެއް ވެސް ނުލިބޭނެ ކަމަށެވެ.

ކީރިތި ގުރުއާންގައިވާ ރިވެތި މިސާލެއް ދައްކަމުން ޚުތުބާގައި ބުނެފައިވަނީ، މާތް ﷲ ގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ:

ޚުތުބާގައި ބުނީ ބުނެވޭ ބަހެއްގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ކަމަށާއި، އެބަހުގެ ސަބަބުން މީހުންނަށް މަގު އޮޅޭ ކަމަށެވެ. އަދި އެކަކު އަނެކަކާ ޖެހި މޫނުކެނޑޭ ގޮތް މެދުވެރިވާ ކަމަށާއި، ހައްގުގެ މަގަށް ހުރަސް އެޅޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވެ، އިސްލާމީ ތަރްބިޔަތު އުނގެނުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. އަދި އިސްލާމީ އަދަބުތަކާއި އަހްލާގަށް އިންސާނާ ބޭނުން ވަނީ މިސަބަބުތަކާ ހުރެކެން ފާހަގަކޮށް ޚުތުބާގައި ބުނީ މުސްލިމް އަޅާ، އޭނާބުނާ ބަސްތަކާ މެދު ޒިންމާވާން ޖެހޭނެކަން ދަސްކޮށްދީ، އޭނާގެ ދުލުން ހެޔޮ ބަސްބުނުމަށް އާދަކޮށްދެނީ އިސްލާމީ ތަރުބިޔަތުން ކަމަށެވެ.

ދުލުން ބުނެ ދޫކޮށްލާ ބަހަކީ، ދުނިދަނޑީގައި ރުވައި ދޫކޮށްލާ ތީރެއް ފަދަ އެއްޗެއްކަން ސިފަކޮށް ޚުތުބާގައި ބުނީ އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫން ކަމަށެވެ. ދަށުން އަރައިގެން އަންނަ ޅަޖީލުތައް ނަކަލު ކުރާނީ މިއަދުގެ ޒުވާނުންގެ އުޅުންތަކާއި ގުޅުންތަކާއި ބަސްމަގާއި އަޅާފޭރާން ކަމުގައި ވާތީ ރިވެތި ބަހުން މުއާމަލާތް ކުރުން އާދައަކަށް ހަދަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުޖްތަމައުގެ އަފްރާދުންނާއި މުއައްސަސާތަކުގެ މެދުގައި ކުރާ ބަހުސްތަކާއި ދޭ ރައްދުތަކުގައި، ބަސްމަގު ގެންގުޅެން ޖެހޭނީ އަދަބުވެރިކޮށް ކަމަށެވެ. އަދި ކުޅިވަރުގެ މައިދާން ތަކާއި މަސައްކަތުގެ މާޙައުލާއި އިޖްތިމާއީ އެހެނިހެން އެއްވުންތަކުގައި ޒުވާނުން ޙަރަކާތްތެރިވާ އިރު، އެ މީހުންގެ ޢަމަލުތަކާއި ބަސްމަގު ރިވެތި ކުރަން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް