Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގުގެ އަހަރީ ޖަލްސާ ވާޗުއަލްކޮށް ބޭއްވުން

ދިރާގުގެ އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބާއްވައިފި

11 ޖޫން 2020 | ބުރާސްފަތި 14:24

ޖަލްސާ ގައި ބައިވެރިވުމަށް 68 ހިއްސާދާރުން ބައިވެރިވި

| 11 ޖޫން 2020 | ބުރާސްފަތި 14:24
ދިރާގުން ވާޗުއަލްކޮށް ބޭއްވި އަހަރީ ޖަލްސާގައި އެކުންފުނީގެ ޗެއަރމަން އިސްމާއިލް ވަހީދު ބައިވެރިވެ ވަޑައިގަންނަވަނީ

ދިރާގުން ވާޗުއަލްކޮށް ބޭއްވި އަހަރީ ޖަލްސާގައި އެކުންފުނީގެ ޗެއަރމަން އިސްމާއިލް ވަހީދު ބައިވެރިވެ ވަޑައިގަންނަވަނީ

ދިރާގުގެ 31 ވަނަ އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބާއްވައިފިއެވެ.

ހޯމަ ދުވަހު ހެނދުނު ވާޗުއަލްކޮށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ 'ފަހިވޯޓް' މެދުވެރިކޮށް ބޭއްވި ޖަލްސާ ގައި ބައިވެރިވުމަށް 68 ހިއްސާދާރުން ރަޖިސްޓަރީކުރިއެވެ.

ދިރާގުގެ އެންމެ ފުރަތަމަ ވަރޗުއަލް އަހަރީ އާންމު ޖަލްސާ ބޭއްވުމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން އަލަށް އަހަރީ އާންމު ޖަލްސާ ވަރޗުއަލްކޮށް ބޭއްވުން ވެގެން ދިޔައީ ކުރެވުނު ވަރަށް ތަފާތު، އަދި ރަނގަޅު ތަޖުރިބާއެއްގެ ކަމަށެވެ.

ޖަލްސާގައި ވަރޗުއަލްކޮށް ބައިވެރިވި ހިއްސާދާރުންގެ އަގުލަބިއްޔަތުން ވަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާ ފައިސާ ފާސްކޮށްފައެވެ. ދިރާގުން ހިއްސާގެ ފައިދާ ބަހަނީ އަހަރަކު ދެ ފަހަރެވެ.

އެގޮތުން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 2019 ވަނަ އަހަރު ހިއްސާއަކަށް 4.14 ރުފިޔާ ވަނީ ހިއްސާދާރުންނަށް ބަހާފައެވެ. އަދި ހޯމަ ދުވަހުގެ ނިންމުމާއެކު، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.86 ރުފިޔާ ހިއްސާދާރުންނަށް ބަހާނެ އެވެ. އެހެންކަމުން ފައިދާއަށް ޖުމްލަ 12 ރުފިޔާ ހިއްސާދާރުންނަށް ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ފާއިތުވި އަހަރަކީ އެކި ގޮތްގޮތުން ދިރާގު ކާމިޔާބީ ހޯދާފައިވާ އަހަރެއް ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، މިދިޔަ އަހަރުގެ އޭޕްރިލް މަހު ތަޢާރަފުކުރި "ޑިޖިޓަލް ރާއްޖެ" ޕްރޮގުރާމް ވެގެންދިޔައީ ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން ފްރޮގުރާމަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ވަނީ ހައި ސްޕީޑް ފައިބަރ ޓުދަ ހޯމްގެ ހިދުމަތް ރާއްޖޭގެ 45 އިންސައްތަ ގޭބިސީ އަށް މިހާރު ފޯރުކޮށްދީފައެވެ. ދިރާގުގެ ފައިބަރ ނެޓްވޯކް ދިވެހިރާއްޖޭގެ 58 ރަށަކަށް ފުޅާ ކުރުމުގެ މަޝްރޫއުގެ މެ އަވަސް، އެންމެ ބޮޑު ފައިބަރ ނެޓްވާރކްއެވެ.

ދިރާގަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރު މިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެއް ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދިރާގު ދެމިއޮންނާނެ ކުންފުނިން ބުންޏެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
24 ޖުލައި 2017

ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ

24 ޖުލައި 2017
ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް