Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯޅަ ކޯޓުތައް އެޅުން

ސްކޫލް އަޅަން ނެގި ވޮލީބޯޅަ ކޯޓުގެ ބަދަލުގައި އިތުރު ތިން ކޯޓު އަޅަނީ

ވަގުތީ ވޮލީބޯޅަ ކޯޓުތައް އަޅަނީ ކުރިން ރުމާލު ދޭއް ޖަގަހަ ހުރި ބިމުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 ޖޫން 2020 | ބުދަ 17:41
ވަގުތީ ގޮތުން ގާއިމުކުރާ ވޮލީބޯޅަ ކޯޓުތައް އަޅާ ސަރަހައްދުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް

ވަގުތީ ގޮތުން ގާއިމުކުރާ ވޮލީބޯޅަ ކޯޓުތައް އަޅާ ސަރަހައްދުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް

ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމަށް ވިލާ ކޮލެޖު ކުރިމަތީގައި އޮތް ބިމުގައި އަޅާފައިވާ ދެ ވޮލީބޯޅަ ކޯޓު އެޑިއުކޭޝަން މިނިސްޓްރީން ނެގުމާ ގުޅިގެން، އޭގެ ބަދަލުގައި އިތުރު ތިން ކޯޓު އެޅުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

މާލެ ވިލާ ކޮލެޖު ކުރިމަތީ އޮންނަ 369 ނަމްބަރު ކޮށީގައި އަޅާފައިވާ ފުޓްސަލް ދަނޑާއި ދެ ވޮލީބޯޅަ ކޯޓު ހުރިތަން ރޫޅާ ސާފު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކޮންސްޓްރަކްޝަން ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެއާއެކު ވޮލީބޯޅަ ކޯޗުންނާއި ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން ވޮލީބޯޅަ ކޯޗު ޚާލިދު މުހައްމަދު ބުނީ މާލޭގެ އެލްޓީ ދަނޑުގައި އަޅާފައިވާ ވޮލީބޯޅަ ކޯޓުތައް ނެގުމުން ކުޅުންތެރިންނަށް އެކަމުގެ ގެއްލުންވާނެ ކަމަށާއި، ކުޅުންތެރިން މާލޭގައި ފަރިތަކުރަން ހަދާފައިވާ ހަމައެކަނި ކޯޓު ނެގުން ވެގެންދާނީ ކުޅުންތެރިންގެ މޯޓިވޭޝަން ދަށްވާނެ ކަމެއް ކަމަށެވެ.

އެއާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ބުދަ ދުވަހު ކުރެއްވި ޓްއީޓެއްގައި ވިދާޅުވީ ދަރުމަވަންތަ ސްކޫލް އެޅުމަށް ވޮލީބޯޅަ ކޯޓުތައް ނަގަން ޖެހުމާ ގުޅިގެން، ވަގުތީ ތިން ކޯޓު އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. މީގެ އިތުރުން މަހުލޫފް ވިދާޅުވީ ވޮލީބޯޅައަށް ހާއްސަ ކުރެވިފައިވާ ބިމުގައި ވީ އެންމެ އަވަހަކަށް ރަނގަޅު ފެންވަރެއްގެ އިންޑޯ ކޯޓުތަކެއް އެޅުމަށްވެސް ރޭވިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގުތީ ވޮލީބޯޅަ ތިން ކޯޓު އަޅަނީ ކުރިން ރުމާލު ދޭއް ޖަގަހަ ހުރި ބިމުގައެވެ.

ވަގުތީ ވޮލީބޯޅަ ތިން ކޯޓު އަޅާއިރު، މީގެ ކުރިން މި ސަރުކާރުން ވަނީ ފެންވަރު ރަނގަޅު ބީޗް ވޮލީބޯޅަ ކޯޓެއް އަޅާފައެވެ. އެގޮތުން ހުޅުމާލޭ ބީޗް ވޮލީބޯޅަ ކޯޓު މިހާރު ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. އަދި ބީޗް ވޮލީބޯޅަ ކުޅުމަށާއި ގައުމީ މުބާރާތްތައް ބޭއްވުމަށް ބޭނުންކުރަމުން އަންނަ މާލޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓު މިދިޔަ ސަރުކާރުން ބަންދުކުރި ނަމަވެސް، މި ސަރުކާރުން ވަނީ އެ ކޯޓު އަލުން ހުޅުވާފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
09 މާރިޗު 2017

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

09 މާރިޗު 2017
މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު