Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންނާ ޕީޖީ އޮފީހުގެ މަސައްކަތްތައް

ފުލުހުންނާ ޕީޖީ އޮފީހުގެ ގުޅުން އިތުރަށް ބަދަހިވެ، ދައުވާކުރަން ނަގާ މުއްދަތު ދެގުނަ ދަށްކޮށްފި

8 ޖޫން 2020 | ހޯމަ 14:41

މިދިޔަ އަހަރު ދައުވާ އުފުލުމަށް އެވްރެޖްކޮށް 87.70 ދުވަސް ނަގާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖޫން 2020 | ހޯމަ 14:41
ޕީޖީ ހުސައިން ޝަމީމް- ޕީޖީ ވިދާޅުވީ، މައްސަލަތަކުގައި ދައުވާ ކުރަން ނަގާ މުއްދަތު ކުޑަކުރެވުނީ ފުލުހުންގެވެސް ބުރަ މަސައްކަތާއެކުގައި ކަމަށް

ޕީޖީ ހުސައިން ޝަމީމް- ޕީޖީ ވިދާޅުވީ، މައްސަލަތަކުގައި ދައުވާ ކުރަން ނަގާ މުއްދަތު ކުޑަކުރެވުނީ ފުލުހުންގެވެސް ބުރަ މަސައްކަތާއެކުގައި ކަމަށް

ފުލުހުންނާ ޕީޖީ އޮފީހުގެ ގުޅުން އިތުރަށް ބަދަހިވެ، މައްސަލަތަކުގައި ދައުވާކުރަން ނަގާ މުއްދަތު ދެގުނައަށް ދަށް ކުރެވިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ތަހުޤީޤީ އޮފިސަރުންނާއި، ޕީޖީ އޮފީހުގެ މުވައްޒަފުންގެ މިންނެއް މަސައްކަތުން މައްސަލަތަކުގައި ދައުވާ ކުރަން އެވްރެޖްކޮށް ނަގާ މުއްދަތު ދަށް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު މައްސަލަތަކުގައި ތަހުޤީޤު ނިންމި ދައުވާ އުފުލުމަށް އެވްރެޖްކޮށް 87.70 ދުވަސް ނަގާކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެ އަދަދު 47.45ށް ދަށް ކުރެވިފައިވާކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އަދި މިއީ ޕީޖީ އޮފީހަށް ވަޑައިގެން ފުރަތަމަ 6 މަހުގެ ތެރޭގައި ލިބުނު މުހިއްމު ކާމިޔާބީއެއް ގޮތުގައި ޕީޖީ ޝަމީމް ވަނީ ސިފަ ކުރައްވާފައެވެ.

ޕީޖީ ވިދާޅުވީ، މިދިޔަ އަހަރުގެ ވަކިވަކި ދުވަސްތަކުގެ ނިސްބަތުން ބަލާއިރު، އެންމެ ގިނައިން ދައުވާ އުފުލާފައިވަނީ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން މުވައްޒަފުންނަށްވެސް ވަޒީފާގެ މަސައްކަތުގެ ބެލެންސް އޮންނަން ޖެހޭނެކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، މިއަހަރު އެކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ހަފްތާގެ ދުވަސްތަކަށް ބަހާލައިގެން މަސައްކަތްތައްވެސް ބެލެންސް ކުރެވިފައިވާ ކަމަށެވެ.

ޕީޖީ އެހެން ވިދާޅުވެފައިވާއިރު، 2019 ވަނަ އަހަރު ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރެއިން 47.56 އިންސައްތަ މައްސަލަތަކުގައި ދައުވާ އުފުލާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެހެން ނަމަވެސް 2020 ވަނަ އަހަރު ހަފްތާގެ ދުވަސްތަކަށް މަސައްކަތްތައް ބެލެންސް ކުރެވި، އެ އަދަދު ވަނީ 25.76 އިންސައްތައަށް ތިރިކުރެވިފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މައްސަލަތަކުގައި ދައުވާ އުފުލުމަށް ނަގާ މުއްދަތު ދަށް ކުރެވިފައި ވަނީ ފުލުހުންނާއި، ތަހުޤީޤީ އިދާރާތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެވި، މަސައްކަތްތައް އަވަސް ކުރުމަށް މަޝްވަރާތައް ކުރެވޭތީ ކަމަށެވެ. އެގޮތުން ކުރީގައި ނަމަ ޑިއުޓީ ޕްރޮސެކިއުޝަނަށް ގެނެވޭ މައްސަލަތައް ދައުވާ އުފުލައި ކޯޓަށް ހުށައެޅެނީ މުއްދަތު ހަމަވާ ދުވަހު ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިހާރު ފުލުހުންނާ ގުޅިގެން އެ މަސައްކަތްތައް އަވަސް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ލަނޑުދަނޑިތަކެއް ޤާއިމު ކުރެވި، މަސައްކަތްތައް މިހާރަށްވުރެ އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް