Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުރަބަންދުގެ މުއްދަތުގައި ކުށްކުރުން މަދު

ފުރަބަންދުގެ މުއްދަތުގައި ކުށްކުރުން މަދު: ސީޕީ ހަމީދު

8 ޖޫން 2020 | ހޯމަ 07:23

އޭޕްރީލް މަހުގެ ތެރޭގައި 6،058 މީހަކު ހުއްޓުވާ ސުވާލުކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޖޫން 2020 | ހޯމަ 07:23
މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ: މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން، އާންމުން ހޭލުންތެރިކުރުމާއި، މާލެ ސަރަހައްދު ބެލެހެއްޓުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވޭ

މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ: މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން، އާންމުން ހޭލުންތެރިކުރުމާއި، މާލެ ސަރަހައްދު ބެލެހެއްޓުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވޭ

ކޮވިޑް-19 ރޯގާ މާލެ ޞަރަޙައްދުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް، މާލެ ޞަރަޙައްދު ފުރަބަންދުކޮށްފައި މި ދަނޑިވަޅުގައި، ކުށްކުރުން މަދުކަމަށް ކޮމިޝަނަރަ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.

މާލެ ޞަރަޙައްދު ފުރަބަންދުގައި އޮތް 45 ދުވަހުގެ ތެރޭގައި، ކުށްކުރުން މަދުކަން ފާހަގަ ކުރައްވައި، ސީޕީ ހަމީދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެޅި ފިޔަވަޅުތަކާއި، އަދި ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކަންކަން މެނޭޖުކުރުމާއި، ޢަމަލުކޮށްފައިވާ ގޮތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ ފުލުހުންނަށް ސީޕީ ހަމީދު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ސީޕީ ހަމީދު، ކުރެއްވި ޓްވީޓުގައި ހާމަކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ފުރަބަންދު ކުރި މުއްދަތުގެ ތެރެއިން، އޭޕްރީލް މަހުގެ ތެރޭގައި 6،058 މީހަކު ހުއްޓުވާ ސުވާލުކޮށްފައި ވާއިރު، މެއި މަހު 45،504 މީހަކު ހުއްޓުވާ ސުވާލުކޮށްފައި ވެއެވެ.

މީގެއިތުރުން، ފުރަބަންދުގެ މުއްދަތުގައި އޭޕްރީލް މަހުގެ ތެރޭގައި، ޞަރަޙައްދުތައް ބަލާ ފާސް ކުރުމުގައި، 35،688 ފަހަރު ތަންތަން ފާސްކޮށްފައި ވާއިރު، މެއި މަހުގެ ތެރޭގައި 86،118 ފަހަރު ފާސް ކުރަންޖެހޭ ޞަރަޙައްދުތައް ފުލުހުން ޗެކް ކޮށްފައި ވެއެވެ.

ފުރަބަންދުގެ މުއްދަތުގައި އޭޕްރީލް މަހުގެ ތެރޭގައި 219 ޕަރމިޓެއް 'ޗެކް' ކުރި ކަމަށާއި، މެއި މަހުގެ ތެރޭގައި 20،508 ޕަރމިޓެއް ޗެކް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮވިޑް-19 ރޯގާ މާލެ ޞަރަޙައްދުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައާއި، ޕަރމިޓް ދޫކުރުމާއި، މާލެ ޞަރަޙައްދު ބަލާ މޮނީޓަރ ކުރުމުގަައި ވެސް ފުލުހުންގެ ދައުރު ވަރަށް ބޮޑަށް ފެނިގެން ދެއެވެ.

މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން، ފުރަބަންދުގެ ޙާލަތުގައި އެކިއެކި ބޭނުންތަކަށް ބޭރަށް ދިއުމަށާއި، ޚިދުމަތްތައް ދިނުމަށް ދޫކުރާ ހުރިހާ ހުއްދައެއް ދޫކުރަމުން ދަނީ ފުލުހުންގެ މުއައްސަސާއިން ނެވެ. އޭގެ ކުރިން ފުލުހުން ދޫކުރަމުން ދިޔައީ، ޢާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް، ފިހާރަތަކަށް ދިއުމުގެ ހުއްދަ އެކަންޏެވެ.

އޮފީސްތަކާއި ވިޔަފާރީގެ އެކި ބޭނުންތަކަށް ތަންތަން ހުޅުވުމުގެ ހުއްދައަށް މީގެކުރިން އިކޮނޮމިކް މިނިސްޓްރީގައި އެދުނު ނަމަވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން ހުއްދައަށް އެދެންޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް