Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން އަލުން ފަށައިގަތުން

ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ފަތުރުވެރިކަމުގެ ދާއިރާގެ މަސްއޫލުވެރިންވެސް ތާއީދު!

7 ޖޫން 2020 | އާދީއްތަ 22:48

އައު އާންމު ޙާލަތަކަށް ދާއިރު، ކޮވިޑް-19 އާ އެކު އުޅެން ދަސްކުރަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2020 | އާދީއްތަ 22:48
ރާއްޖެޓީވީން ގެނެސްދިން \"ބޮޑު ސުވާލު\" ޕްރޮގްރާމްގައި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ސްޓެކްހޯލްޑަރުން ވަނީ ބައިވެރިވެވަޑައިގެންފައި

ރާއްޖެޓީވީން ގެނެސްދިން \"ބޮޑު ސުވާލު\" ޕްރޮގްރާމްގައި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ސްޓެކްހޯލްޑަރުން ވަނީ ބައިވެރިވެވަޑައިގެންފައި

ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ތާއީދުކުރައްވާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ސްޓެކްހޯލްޑަރުން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން "ބޮޑު ސުވާލު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އައު އާންމު ޙާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހިނގައިގަނެދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަންތާ އެއާގެ ސީއީއޯ މުޙައްމަދު ޙަލީލް ވިދާޅުވީ، އައު އާންމު ޙާލަތަކަށް ދާއިރު، ކޮވިޑް-19 އާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފްލައިޓް ތެރޭގައިވެސް މާސްކް އެޅުމާއި، ސެނިޓައިޒަރ ބޭނުން ކުރެވޭނެ ގޮތަށް ހުރުން މުހިއްމުކަން ފާހަގަ ކުރައްވައި ޙަލީލް ވިދާޅުވީ، އެއާލައިންތަކުންވެސް އެކަންކަން ގާތުން ބަލައި މޮނިޓަރ ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްއޫލުވެރިންނާ މަޝްވަރާކޮށް، ފަތުރުވެރިކަމާ ގުޅޭ ޚާއްސަ ގައިޑްލައިންތަކެއް ހަދަމުންދާ ކަމަށެވެ. އަދި މިނިސްޓްރީގެ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން އައު އާންމު ޙާލަތުގައި ބޯޓުތައް އޮޕަރޭޓް ކުރުމާ ގުޅޭ އެސްއޯޕީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އަފްރާހް ފާހަގަ ކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ، އައު އާންމު ޙާލަތުގައި ރާއްޖެ ހުޅުވާލުމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށާއި، އެކަމަށްޓަކައި އޭޖެންސީތަކުންވެސް ދުރާލާ ތައްޔާރުވާން ޖެހޭ ކަމަށެވެ. ސުއޫދު ވިދާޅުވީ، ވައިގެ ބަނދަރުތައް އެކަމަށް ތައްޔާރަށް ތިބިތޯ ބެލުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.

އޭގެ އިތުރުން، އިކުއިޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، ދެކުނުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމުގެ ވާހަކަތައް މިހާރުވެސް ދެކެވެމުންދާ ކަމަށާއި، ގަން އެއާޕޯޓް ބޭނުންކޮށްގެން ސަރަޙައްދުގައި ފަތުރުވެރިކަން ހިންގުމަކީ އައްޑޫގެ ކުރިއެރުމަށްވެސް ލިބޭނެ ފުރުސަތެއް ކަމަށެވެ. ވަޙީދު ވިދާޅުވީ، މިއީ އައްޑޫ، ފުވައްމުލަކު، ހުވަދޫ އަދި ލ އަތޮޅުގައިވެސް ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ.

އޭގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީގެ އެސްއޯޕީތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކޮށްފިނަމަ ފަތުރުވެރިކަން އަލުން ފެށުމަކީ ކުރެވިދާނެ ކަމެއްކަން ވަޙީދު ފާހަގަ ކުރެއްވިއެވެ.

ޕްރޮގްރާމްގައި ދެއްކެވި ވާހަކައިގައި ޑައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އާދަމް އަޝްރަފް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޑައިވިންގެ މަސައްކަތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އަޝްރަފް ވިދާޅުވީ، މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑައިވިންގެ މައްސަލައެއް ދިމާވެއްޖެ ނަމަ ފަރުވާ ދިނުމަށް ދާން ޖެހެނީ ރިސޯޓުތަކުގައި ހެދިފައިވާ ޗެމްބަރތަކަކަށް ކަމަށާއި، މިވަގުތު ރިސޯޓުތައް ބަންދުކޮށްފައި އޮތުމާއެކު ޑައިވަރުންނަށް އެ ގޮންޖެހުންވެސް އޮތް ކަމަށެވެ.

އޭގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިހާރުވެސް މާޔާގެ ބައެއް އޮޕަރޭޝަންސް ކުރިއަށްދާ ކަމަށާއި، މިވަގުތު ފަތުރުވެރިކަން ހުޅުވާލިއަސް އެ ދާއިރާއިން ކުރަންޖެހޭ އޮޕަރޭޝަންތައް ހުރީ ތައްޔާރަށް ކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި ހުޅުވާލިއަސް މާޔާގެ މަސައްކަތްތައް ކުރިއަށްދާނެކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި ރިސޯޓު ލައިފްގެ މެނޭޖިންގ ޑިރެކްޓަރ ޝާޒް ވަލީދް ވިދާޅުވީ، ކޮވިޑް-19އާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށާއި، އެގޮތުން ރާއްޖެ އަލުން ހުޅުވާލާއިރު ޑޮމެސްޓިކް ޓޫރިޒަމުން ފަށައިގަތުން ރަނގަޅު ކަމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރެވޭނެ އުސޫލުތަކެއް އެކަމުގައި ޤާއިމުކޮށް، ސީޕްލޭންތައްވެސް ވަކި ޓަރމިނަލެއްގެ ތެރެއިން ސްކްރީން ކުރެވޭނެ ގޮތް ހެދިދާނެކަން ޝާޒް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންގެ ބޯޑު މެމްބަރު ނަފްޝާލް ނާސިރު ވިދާޅުވީ، އަދިވެސް ދުނިޔޭގެ ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ކަމަށާއި، ނަމަވެސް އައު އާންމު ޙާލަތެއްގައި ފަތުރުވެރިކަން އަލުން ފަށަން ޖެހޭކަން ޤަބޫލު ކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް