Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވާނާ ޗެލްސީއަށް ބަދަލުވި ވާހަކަ ދޮގުކުރުން

ޗެލްސީއަށް ބަދަލުވާން ވާނާ އެއްބަސްވި ވާހަކަ ލެއިޕްޒީގުން ދޮގުކޮށްފި

ލެއިޕްޒީގުގެ އެއްބަސްވުން އުވާލަން 54 މިލިއަން ޕައުންޑް ދައްކަން ޗެލްސީން އެއްބަސްވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ޖޫން 2020 | އާދީއްތަ 10:04
އާރުބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ: އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

އާރުބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ: އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

ޖަރުމަންގެ ހުނަރުވެރި ފޯވާޑް ޓިމޯ ވާނާގެ ސޮއި ޗެލްސީން ހޯދި ކަމަށް ދެކޭވޭ ވާހަކަތައް އާރުބީ ލެއިޕްޒީގުގެ ޗީފް އެގްޒެކުޓިވް އޮލިވާ މިންޒްލަފް ދޮގުކޮށްފި އެވެ.

ލެއިޕްޒީގާއެކު ވާނާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން މިމަހު 15 ވަނަ ދުވަހުގެ ކުރިން 54 މިލިއަން ޕައުންޑް ޓްރާންސްފާ ފީ އެއް ދައްކައިގެން އޭނާ ގަތުމުގެ އިޚުތިޔާރު ލިބެ އެވެ.

މީގެ ކުރިން ބީބީސީން ވަނީ ވާނާގެ ސޮއި ޗެލްސީން ހޯދާފައިވާ ކަމަށާއި، އޭނާ ލެއިޕްޒީގާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 54 މިލިއަން ޕައުންޑް ޗެލްސީން ދައްކަން އެއްބަސްވި ކަމަށް ވެސް ރިޕޯޓުކޮށްފައެވެ.

އެކަމަކު ލެއިޕްޒީގުގެ ޗީފް އެގްޒެކުޓިވް އޮލިވާ މިންޒްލަފް ވިދާޅުވީ ޗެލްސީން މިހާތަނަށް ވާނާ ހޯދުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވާނާ އަކީ ލެއިޕްޒީގުގެ ކުޅުންތެރިއެއް ކަމަށާއި، އޭނާގެ އެއްބަސްވުން އިތުރު ކުރުމުގެ މަސައްކަތް އެ ކްލަބުން މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ވާނާގެ ސޮއި ޗެލްސީން ހޯދި ކަމަށް މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކުރިއިރު، އޭނާ ހޯދުމަށް މީގެ ކުރިން އިންޓަ މިލާނާއި، ބާސެލޯނާ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. މީގެ ތެރެއިން ވާނާ އަށް އެންމެ ބޮޑަށް ފާރަލީ ލިވަޕޫލުންނެވެ.

އެގޮތުން މީގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ވާނާ ބުނި ނަމަވެސް، ލިވަޕޫލުން ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މި ހާލަތުގައި އެ ވަރުގެ އަގެއް އިތުރު ފޯވާޑަކަށް ޚަރަދުކުރަން ބޭނުންނުވާ ކަމަށް ބުނެ، އަގު ކުޑަކުރަން ހުށަހަޅާފަ އެވެ. އެކަމަކު ލެއިޕްޒީގުން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު