Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

ފުލުހުންގެ މައްސަލައެއް އެންއައިސީން މިހާތަނަށް ޕީޖީ އޮފީހަށް ފޮނުވާފައި ނުވަނީ އެކަށީގެންވާ ވަރަށް ހެކި ނުލިބޭތީ: ސުލެއިމާން

ޤާނޫނުން ބޮޑަށް ބުރަވެވެނީ ޖިނާއީ މައްސަލައެއް ނަމަ އެކަން ތަހުޤީޤު ކުރުމަށް ފުލުހުންނަށް ހުށައެޅުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2020 | އާދީއްތަ 03:12
މާލޭގައި ހިނގި މުޒާހަރާއެއްގެ ތެރެއިން - ފުލުހުންގެ އަނިޔާވެރި ވުމުގެ މައްސަލަތައް ބެލުމުގެ ބާރު އެންއައިސީއަށް ޤާނޫނުން ވަނީ ލިއްބައިދީފައި

މާލޭގައި ހިނގި މުޒާހަރާއެއްގެ ތެރެއިން - ފުލުހުންގެ އަނިޔާވެރި ވުމުގެ މައްސަލަތައް ބެލުމުގެ ބާރު އެންއައިސީއަށް ޤާނޫނުން ވަނީ ލިއްބައިދީފައި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން މިހާތަނަށް އެއްވެސް މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައި ނުވަނީ އެކަށީގެންވާ ވަރަށް ހެކި ނުލިބޭތީ ކަމަށް އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސުލައިމާނު ވިދާޅުވީ، ފުލުހުންނާ ގުޅިގެން ހުށައެޅޭ ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމަށް ބަލާއިރު، ޤާނޫނުން ބޮޑަށް ބުރަވެވެނީ ޖިނާއީ މައްސަލައެއްނަމަ އެކަން ތަހުޤީޤު ކުރުމަށް ފުލުހުންނަށް ހުށައެޅުމަށް ކަމަށެވެ.

އެންއައިސީ އުފެދިގެން މިހާތަނަށް އައިއިރުވެސް އެއްވެސް މައްސަލައެއްގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ހުށައަޅާފައި ނުވާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސުލައިމާނު ވިދާޅުވީ، ޖިނާއީ މައްސަލަތައް ސާބިތުކުރާ މިންގަނޑު ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ޖިނާއީ މައްސަލަތައް ޝައްކެއް ނެތް މިންވަރަށް ސާބިތުވާންޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ މިންވަރަށް ތަހުޤީޤަށް ސާބިތު ނުވާހާ ހިނދަކު ދައުވާ ކުރުމަށް ނުފޮނުވާ ކަމަށެވެ.

ސުލައިމާނު ވިދާޅުވީ، މައްސަލަތައް ބެލުމަށް އެންއައިސީއާ ހަމައަށް އައުމުން އިންވެސްޓިގޭޓަރުންނާ ޙަވާލު ކުރެވި އެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، ޕީޖީ އޮފީހަށް މައްސަލަ ފޮނުވާނީ އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

އޭގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށް ނުދެވުނު ސަބަބާއި ގުޅޭގޮތުން ސުލައިމާނު ވިދާޅުވީ، މަޖިލީހުގެ އެދިވަޑައިގަތުމަށް ފުރަގަސް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެގޮތުން މަޖިލީހުގެ ސިޓީތަކަށް ޖަވާބު ދެއްވާފައިވާނެކަން ފާހަގަ ކުރައްވައި ސުލައިމާން ވިދާޅުވީ، މި މައްސަލައިގައި ދިމާވެގެން އުޅޭ ކަމަކީ "ކޮމިއުނިކޭޝަން އެރަރ" އެއް ކަމަށެވެ.

އެންއައިސީގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ސުލައިމާނު އިތުރަށް ވިދާޅުވީ، މައްސަލަ ހުށައަޅާ ފަރާތްތަކާ ފަހުން ކޮންޓެކްޓް ކުރަން އުނދަގޫވުމާއި، ދަތުރުތައް ކުރުމަށްދާ ޚަރަދުގެ އިތުރުން، އެންއައިސީގެ ދައުރު އަދާ ކުރުމުގައި ދިމާވާ މުވައްޒަފުންގެ ދަތިކަންވެސް ހިމެނޭ ކަމަށެވެ. އަދި ޖިނާއީ މައްސަލައެއް ކަމަށް ބެލެވޭ މައްސަލައެއް ނަމަ އަޑުއެހުންތައް ބޭއްވުމުގެ ފުރުސަތު ޤާނޫނުން ލިއްބައިދިން ނަމަވެސް، އޮފީހުގެ ޖާގައިގެ ދަތިކަމާއި، ވަސީލަތްތަކުގެ ދަތިކަމާއެކު އެކަން ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސުލައިމާން ވިދާޅުވީ، އެކަންކަން ޙައްލު ކުރުމަށް ބަޖެޓުގައިވެސް އެތައް ފަހަރަކު ޖެއްސެވި ކަމަށާއި، ނަމަވެސް މިހާތަނަށްވެސް އެ މަސައްކަތަށް ބަޖެޓް ލިބިފައި ނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު