Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޅ ނައިފަރުގައި ކުރިއަށްދިޔަ މުޒާހަރާ

ނައިފަރުގައި ޕީޕީއެމް ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާ ފުލުހުން ހުއްޓުވައިފި

ބުދަ ދުވަހުގެ ހަވީރު 4:45ށް ރަށުގައި އިހުތިޖާޖެއް ކުރުމަށް ނުކުތުމަށް ގޮވާލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2020 | ބުދަ 14:03
ޅ ނައިފަރު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން- އެއްވި މީހުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށްވެސް ގޮވާލާފައި

ޅ ނައިފަރު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން- އެއްވި މީހުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށްވެސް ގޮވާލާފައި

ޅ އަތޮޅު ނައިފަރުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލުގެ ރައީސް މުޙައްމަދު ކާރިމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ބުދަ ދުވަހުގެ ހަވީރު 4:45ށް ރަށުގައި އިހުތިޖާޖެއް ކުރުމަށް ނުކުތުމަށް ގޮވާލާފައި ވާއިރު، އިހުތިޖާޖަށް ގާތްގަނޑަކަށް 100އެއްހާ މީހުން ނުކުމެފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ގިނަ މީހުން އެއްވެ އުޅުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިންނާއި، ކަމާބެހޭ ޞިއްޙީ މާހިރުންވެސް މަނާ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި އިހުތިޖާޖު ކުރަން ނުކުތުމުން އެކަމުގެ ކަންބޮޑުވުން ރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ވަނީ ހިއްސާކޮށްފަ އެވެ.

ކައުންސިލުން ބުނީ، ގަޑިއެއްހާއިރު ފަހުން ފުލުހުން އެ އެއްވުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެއްވުމުގެ ތެރެއިން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިފަރު ރައްޔިތުން މުޒާހަރާ ކޮށްފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއަށް މަޖިލިސް ޖަލްސާގައި އަނިޔާ ލިބިފައިވާކަމަށް ބުނެ، އެކަމަށް އިންސާފު ހޯދައިދިނުމަށް އެދިއެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާގެ ކުށް ސާބިތުވެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދޫކޮށްލެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު