Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯޖް އެޗް. ޑަބްލިއު. ބުޝް

ޖޯޖް ބުޝް ދުވަސްކޮޅަކަށް އޮބްޒަވޭޝަނުގައި އޮންނާނެ ކަމަށް އާއިލާ އިން ބުނެފި

ޖޯޖް އެޗް. ޑަބްލިއު ބުޝްއަކީ އެމެރިކާގެ 41 ވަނަ ރައީސް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 މެއި 2018 | ހޯމަ 13:58
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އާއި އާއިލާގެ މެންބަރުން

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އާއި އާއިލާގެ މެންބަރުން

އާދީއްތަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް. ޑަބްލިއު. ބުޝް އޮބްޒަވޭޝަނުގައި ދުވަސްކޮޅަކަށް އޮޮންނަވާނެ ކަމަށް އާއިލާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 93 އަހަރުގެ ޖޯޖް ބުޝް އެޑްމިޓް ކޮށްފައި ވަނީ ލޭގެ ޕްރެޝަރ ދަށްވެ، ގައިގެ ވަރު ދެރަވެގެން ކަމަށް ޚަބަރުތައް ބުނާއިރު އާއިލާގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޯޖް ބުޝް އޮންނެވީ ސީރިޔަސް ހާލަތެއްގައި ނޫން ކަމަށާއި ބޮޑަށް ބެލެވޭ ގޮތުގައި މަދު ދުވަސްކޮޅަކަށް ހޮސްޕިޓަލުގައި، އޮބްޒަވޭޝަންގައި އޮންނަވާނެ ކަމަށެވެ.

ބުޝް އެޑްމިޓްކޮށްފައި ވަނީ އާދީއްތަ ދުވަހު ސަދާން މެއިން ހެލްތު ކެއާގައި ކަމަަށްވާ އިރު ދާދިފަހުން ވެސް ބުޝް އަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އެފަހަރު އެމަނިކުފާނަށް އައިސީޔޫގައި ފަރުވާދީފައި ވަނީ ލޭގެ އިންފެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާގެ ސްޕޯކްސްޕާސަން ވިދާޅުވެފައި ވެއެވެ. އެފަހަރު ބުޝް އެޑްމިޓްކޮށްފައި ވަނީ އަނބިކަނބަލުން ބާބަރާ ބުޝްގެ ޖަނާޒާގެ ކަންތައް ނިންމާލިތާ އެއްދުވަސް ފަހުންނެވެ. އެއީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އެފަހަރު ބުޝްއަށް ހޮސްޕިޓަލުގެ 13 ދުވަސްވަންދެން ފަރުވާދީފައި ވެއެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2018

ބާބަރާގެ ޖަނާޒާއަށް ފަހު ބުޝް އެޑްމިޓްކޮށްފި

24 އެޕްރީލު 2018
ބާބަރާގެ ޖަނާޒާއަށް ފަހު ބުޝް އެޑްމިޓްކޮށްފި
18 އެޕްރީލު 2018

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އުމުރުފުޅުން 92 އަހަރުފުޅުގައި އަވަހާރަވެއްޖެ

18 އެޕްރީލު 2018
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އުމުރުފުޅުން 92 އަހަރުފުޅުގައި އަވަހާރަވެއްޖެ
03 އެޕްރީލު 2018

ފަލަސްތީނާއިއެކު އިސްރާއީލަށް ވެސް އެމީހުންގެ އަމިއްލަ ބިމުގެ ހައްގު އޮންނާނެ: ސައުދީ ވަލީއަހުދު

03 އެޕްރީލު 2018
ފަލަސްތީނާއިއެކު އިސްރާއީލަށް ވެސް އެމީހުންގެ އަމިއްލަ ބިމުގެ ހައްގު އޮންނާނެ: ސައުދީ ވަލީއަހުދު
25 ޖެނުއަރީ 2018

ޖުލައިގެ ކުރިން ޒިމްބާބްވޭގައި އިންތިޚާބު އޮންނާނެ: ނަންގަގްވާ

25 ޖެނުއަރީ 2018
ޖުލައިގެ ކުރިން ޒިމްބާބްވޭގައި އިންތިޚާބު އޮންނާނެ: ނަންގަގްވާ
22 ޖެނުއަރީ 2018

ލައިބީރިއާގެ ރައީސްކަމުގެ ހުވާ ޖޯޖް ވިއާ ކުރައްވައިފި

22 ޖެނުއަރީ 2018
ލައިބީރިއާގެ ރައީސްކަމުގެ ހުވާ ޖޯޖް ވިއާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު