Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް އަވަހާރަވެއްޖެ

ބުޝް އަވަހާރަވީ 94 އަހަރުފުޅުގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2018 | އާދީއްތަ 04:30
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް 94 އަހަރުފުޅުގައި އަވަހާރަވެއްޖެކަމަށް އެ މަނިކުފާނުގެ ދަރިކަލުން ޖޯޖް ޑަބްލިއު ބުޝް އިއުލާނުކުރައްވައިފިއެވެ.

އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މަނިކުފާނު އަވަހާރަވީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ތެރެއިން 1964 ގައި ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެންނެވުމުގެ ކުރިން ބުޝްވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިންގެ ޕައިލެޓެއްގެ ގޮތުގައި އުޅުއްވާފައެވެ. އޭގެ އިތުރުން ބުޝްއަކީ ޓެކްސަސްގެ ތެލުގެ ވިޔަފާރީގެ މަހުޖަނެކެވެ.

އެމެރިކާގެ 41 ވަނަ ރައީސްގެ ގޮތުގައި 1989 ން 1993 އަށް ޚިދުމަތްކުރެއްވި ޖޯޖް އެޗްޑަބްލިއު ބުޝް ތުރުތުރު އަޅާ ބަލި ތަހައްމަލް ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއްވެ އެމަނިކުފާނު މި ފަހުން އުޅުއްވީ ފުރޮޅުލީ ގޮނޑީގައެވެ.

ބުޝްގެ އަނބިކަނބަލުން އަދި ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ ކެމްޕެއިން ހިންގެވި ބާބަރާ ބުޝްވަނީ އުމުރުފުޅުން 92 އަހަރުފުޅުގައި މި އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު އަވަހާރަވެފައެވެ.

އެކަމަނާ އަވަހާރަވި ފަހުން ބުޝްވަނީ އާލާސްކަންފުޅު ބޮޑުވެ ދޭތެރެ ދޭތެރެ އިން ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ.

ރައީސް ބުޝް އާއި ބާބަރާގެ ދަރިކަލުން ޖޯޖް ޑަބްލިއު ބުޝް ވަނީ އެމެރިކާގެ 43 ވަނަ ރައީސްގެ ގޮތުގައި 2000 ވަނަ އަހަރު ހޮވިވަޑައިގެން ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު