Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ ޚިދުމަތްތައް

މާލޭގައި ކާޑު ދޫކުރަމުން ދާނީ އެޕޮއިންޓްމަންޓަށް: ބީއެމްއެލް

ހޯމަ ދުވަހު ވަނީ ކާޑު ދޫކުރަން ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖޫން 2020 | ހޯމަ 12:00
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފީސް

މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރުން ކާޑު ދޫކުރަމުން ދަނީ އެޕޮއިންޓްމަންޓް ހައްދާ މީހުންނަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލުން ބުނީ ހޯމަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރުން ކާޑު ދޫކުރަމުންދާ ކަމަށެވެ.

ބީއެމްއެލުން ބުނީ ކާޑު ދޫކުރަމުން ދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ކަނޑައަޅަފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި، ދުވާލެއްގެ މައްޗަށް 300 ކަސްޓަމަރުންނަށް ޚިދުމަތް ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން ބުނީ ކޮންމެ ދުވަހަކު ވެސް ކާޑު ދޫކުރަމުން ދާނީ އެޕޮއިންޓްމަންޓް ހަމަޖެހިގެން ޕޮލިސް ޕަރމިޓާއެކު ކަސްޓަމަރ ސަރވިސްއަށް އަންނަ ކަސްޓަމަރުންނަށް ކަމަށެވެ.

ބީއެމްއެލުން ބުނީ ކާޑު ނަގަން ބޭނުންވާ ކަސްޓަމަރުން އެޕޮއިންޓްމަންޓް ހެއްދުމަށް އިލްތިމާސްކުރާ ކަމަށެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑިއަށް ނާދެވޭ ކަސްޓަމަރުން ޖެހިގެން އަންނަ ދުވަހަށް އެޕޮއިންޓްމަންޓް ހެދުމަށް ބީއެމްއެލްއިން އެދިފައިވެ އެވެ.

ޖޫން މަހުގެ ފުރަތަމަ ދެހަފުތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.

ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން އަންގާރަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހޯމަ ވިލޭރޭ 12:00 އިން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 5:00 އާ ހަމަޔަށް ހުޅުވާލެވޭނެ އެވެ.

އެޕޮއިންޓްމަންޓް ހައްދާނެގޮތް: 455 އަށް އެސްއެމްއެސް ކޮށްގެން ކާޑު ނެގުމަށް ހުށަހަޅަން ޖެހޭ ގޮތް:-

ބީއެމްއެލުން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްގެ ޒަރީއާއިން 'ޕަރމިޓް' ފޮނުވާނެ ކަމަށެވެ.

ކާޑު ނަގަން ކަސްޓަމަރ ސަރވިސް ސެންޓަރަށް ދާއިރު މާސްކު އެޅުމާއި، ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން އަދި އަމިއްލަ ގަލަން ގެންނަން ޖެހޭ ކަމަށެވެ. އަދި ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރަން ސަމާލުކަން ދިނުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބީއެމްއެލުން ބުނީ އުމުރުން ދުވަސްވީ މީހުންނާއި، ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ކާޑު ޙަވާލުކުރާނެ ކަމަށާއި، ބަލީގެ ނުރައްކާތެރި ކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ބޭންކުން ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކާޑު ނެގުމަށް އެސްއެމްއެސް ކުރާނީ އައިޑީކާޑު ނަންބަރު ޖެއްސެވުމަށް ފަހު ހުސްތަންކޮޅެއް ދޫކުރައްވާ “Card Delivery” ޖެހުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށެވެ. މި ގޮތަށް ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތް ކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައިގައެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 ސެޕްޓެމްބަރު 2017
"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
03 ޖުލައި 2017

ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި

03 ޖުލައި 2017
ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު