Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލަކު ގޮނޑުދޮށުން ވެލި ނެގުން

ތަކުރާރުކޮށް ބުނެފިން، ދެން ފިޔަވަޅު އަޅަން ފަށާނީ: ފުވައްމުލަކު ސިޓީ ކައުންސިލް

30 މެއި 2020 | ހޮނިހިރު 23:08

އެއްވެސް މިންވަރަކަށް ވެލި ފަދަ ތަކެތި ނެގުމަކީ މަނާކަމެއް: ކައުންސިލް

| 30 މެއި 2020 | ހޮނިހިރު 23:08
ފުވައްމުލަކު ގޮނޑުދޮށުން ނެގި ބަސްތާތަކެއް އަނބުރާ ގޮނޑުދޮށަށް އަޅަނީ

ފުވައްމުލަކު ގޮނޑުދޮށުން ނެގި ބަސްތާތަކެއް އަނބުރާ ގޮނޑުދޮށަށް އަޅަނީ

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށުން ވެލި ނަގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އެ ސިޓީގެ ކައުންސިލުން ދީފި އެވެ.

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ރަށުގެ ގޮނޑުދޮށުން އެއްވެސް މިންވަރަކަށް ވެލި ނެގުން މަނާކުރެވިފައިވާ ވާހަކަ ތަކުރާރުކޮށް ހަނދާން ކޮށްދެމުން ދިޔަ ނަމަވެސް ވެލިނަގަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ކުރިޔަށް އޮތް ދުވަސް ތަކުގައި ވެލި ނަގަމުންދާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލާއި، ކަމާއިބެހޭ އިދާރާތައް ގުޅިގެން އަޅަމުން ގެންދާނެ ކަމަށް ފުވައްމުލަކު ކައުންސިލުން ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުންޏެވެ.

ފުވައްމުލަކު ގޮނޑުދޮށުން ވެލި ނަގާ މައްސަލަ ވަނީ މި ފަހަކަށް އައިސް އިތުރުވެފައި އެވެ. ފާއިތުވި ހަފްތާގައި އެކަނިވެސް ގަވާއިދާ ހިލާފަށް 87 ބަސްތާ ވެލި ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައި އެވެ. ކައުންސިލުން ވަނީ ނަގާފައިވާ ވެލިތައް އަނބުރާ ގޮނޑުދޮށަށް އަޅާފަ އެވެ.

ފުވައްމުލަކަކީ ރަށް ގިރުމުގެ މައްސަލަ ބޮޑު ރަށެކެވެ. ރަށްގިރުމުގެ ނުރައްކަލުން ރަށް ހިމާޔަތް ކުރުމަށްޓަކައި ފުވައްމުލަކުގެ ގޮޑުދޮށުން އެއްވެސް ސަރަހައްދަކުން އެއްވެސް މިންވަރަކަށް ވެލި ފަދަ ތަކެތި ނެގުމަކީ މަނާ ކަމެކެވެ. ގަވައިދާ ހިލާފަށް ވެލި ނަގާނަމަ ކައުންސިލް ހޮޓްލައިން 1618 އަށް ގުޅައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް ސިޓީ ކައުންސިލުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
01 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

01 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް