ކ. މާލެ
|
29 މެއި 2020 | ހުކުރު 21:06
ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ ލިޔުމެއް އެހެން ދެ އޮންލައިން ނޫހަކުން ކޮޕީކޮށްފައި
ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ ލިޔުމެއް އެހެން ދެ އޮންލައިން ނޫހަކުން ކޮޕީކޮށްފައި
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ނޫސްބަޔާން
ރިޕޯޓް އެހެން ދެ އޮންލައިން އަކުން ނަކަލުކުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން: ރާއްޖެޓީވީ
 
ކޮންޓްރިބިއުޓަރ ސިއްރު ކުރުމަށް އެ ދެފަރާތުންވެސް މަސައްކަތް ކުރާތީ މިއީ ފުރިހަމަ ތަޙުޤީޤެއް ކަމާ ގުޅުންހުރި އިދާރާތަކުން ކުރަންޖެހޭ މައްސަލައެއް
 
މިކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތައް ހެއްކާ އެކު ރާއްޖެއެމްވީ ގައި އެބަހުރި
 
ރާއްޖެއެމްވީ ގައި އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ޓައިމްލައިން އަށްބަލާއިރު، އެ ރިޕޯޓު ލިޔަން ފަށާފައިވަނީ 19 އެޕްރީލް ގައި

ރާއްޖެ.އެމްވީ ގައި 27 މެއި 2020 ގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއް ހުއްދައެއް ނެތި އެ ރިޕޯޓް ކޮޕީކޮށް, އޮންލައިން ދެ ނޫހެއްގައި ޝާއިއުކޮށްފައިވާ މައްސަލާގައި ތަހުގީގު ހިންގަންޖެހޭ ސީރިއަސް މައްސަލަތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ، ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.

"ކޮވިޑް-19 އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ސުރުހީގެ ދަށުން ރާއްޖެ.އެމްވީ ގެ ސީނިއަރ ވީޑިއޯ ޖާނަރލިސްޓް އަމްނާ އިމާދު ލިޔެ 27 މެއި 2020 ވީ ބުދަ ދުވަހުގެ ހެދުނު 08:43 ގައި ޝާއިއު ކޮށްފައިވާ ރިޕޯޓު ރާއްޖޭގެ އެހެން ދެ އޮންލައިން ނޫހެއް ކަމަށްވާ "ފެށުން" އަދި "ޗެނަލް ނިއުސް މޯލްޑިވެސް(ސީއެންއެމް)" ގައިވަނީ ޝާއިއުކޮށްފަ އެވެ. އެއް ލިޔުމެއް ތިން ނޫހެއްގައި އެއްގޮތަށް ލިޔެފައިވާ މައްސަލަ ފެންމަތިވުމާއި ގުޅިގެން ފެށުން އަދި ސީއެންއެމްއިން ވަނީ އެލިޔުން ނަގާފަ އެވެ. އެއަށްފަހު އެ ދެ ނޫހުންވެސް ވަނީ އެއީ އެ ދެ ނޫހަށް ކޮންޓްރިބިޔުޓް ކުރާ ފަރާތަކުން ލިޔެފައިވާ ލިޔުމެއް ކަމަށް ބުނެ ނޫސް ބަޔާން ނެރެފަ އެވެ.

މިމައްސަލާގައި ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އަކީ "ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ސުރުހީގެ ދަށުން ރާއްޖެ.އެމްވީ ގެ ޝާއިކޮށްފައިވާ ރިޕޯޓު، ނޫހުގެ ހުއްދަ ނެތި ފެށުން އަދި ސީއެންއެމް އިން ހަމަ އެލިޔުން އަސްލާ އެއްގޮތަށް ޝާއިއުކުރި ކުރުމަކީ ޒިންމާދާރުކަން ކުޑަ، ކަމާބެހޭ ގޮތުން ހެދިފައިވާ ގާނޫނާއި ގަވާއިދާއި ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

މި ލިޔުން ރާއްޖެއެމްވީ ގައި ޝާއިއު ކުރި ފަހުން އަނެއް ދެ ނޫހުގައި އެ އާޓިކަލް ނަކަލުކޮށް ޕަބްލިޝް ކުރިކަންހާމަވުމާ ގުޅިގެން ބެލި ބެލުމުން، އެ ލިޔުމަކީ އެ ދެ ނޫހުގެ ނޫސްވެރިން ލިޔުނު ލިޔުމެއް ނޫން ކަމަށް އިއުތިރާފް ވެފައިވާ ކަމަށް ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ރާއްޖެއެމްވީ ގައި އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ޓައިމްލައިން އަށްބަލާއިރު، އެ ރިޕޯޓު ލިޔަން ފަށާފައިވަނީ 19 އެޕްރީލް 2020 ވަނަ ދުވަހު 11:24ގައި ކަން އެނގެން އެބައޮތެވެ. އެ ރިޕޯޓުގެ ފުރަތަމަ ޑްރާފްޓް ނިންމާފައިވަނީ 16 މެއި 2020 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދުސާލިހު 20 މެއި 2020 ވަނަ ދުވަހު ޤައުމާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅާ ގުޅިގެން ރިޕޯޓަށް ބައިތަކެއް އިތުރުކޮށް ގެނެސްފައިވާކަން ރެކޯޑުތަކުން އެނގެއެވެ. އަދި ރިޕޯޓް ފައިނަލްކޮށް ވެބްސައިޓް އެޕްރޫވް އަށް ފޮނުވާފައި ވަނީ 26 މެއި 2020 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އަދި އެލިޔުން އެޕްރޫވް ކުރުމަށްފަހު 27 މެއި 2020 ބުދަ ދުވަހުގެ ހެދުނު 08:43 ގައި ވަނީ ރާއްޖެ.އެމްވީ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.

މިކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތައް ހެއްކާ އެކު ރާއްޖެއެމްވީ ގައި ހުރި ކަމަށް ރާއްޖެޓީވީން ބުނެ އެވެ. އަދި ރާއްޖެއެމް.ވީގެ ވެބްސައިޓުގައި ޝާއިޢުކުރާ ލިޔުންތަށް ޝާއިޢުކުރާ ވަގުތާ ގަޑި ލިޔުމެއްގެ ސުރުޚީގެ ތިރިއަށް ސިސްޓަމްގެ ތެރެއިން ޖެނެރޭޓްވެ ފެންނަން ހުނާނެއެވެ. މި ރިޕޯޓު ރާއްޖެ.އެމްވީ ޝާއިޢުކޮށްފައި ވަނިކޮށް 27 މެއި 2020 ބުދަ ދުވަހުގެ ހަވީރު 16:56 ގައި ފެށުން ކިޔާ އޮންލައިން ވެބްސައިޓުގައި އެ ލިޔުން ޖެހުމަށް ފަހު ލިޔުނު މީހާގެ ގޮތުގައި އޮތީ "ފެށުން ނިއުސް ޓީމް" އެވެ. އެހެންނަމަވެސް ފަހުން އެލިޔުން ވެބްސައިޓުން ނަގާ އެފަރާތުން ނެރުނު ނޫސްބަޔާނުގައި އެލިޔުމަކީ އެ ނޫހުގެ ފަރާތުން ލިޔެފައިވާ ލިޔުމެއް ނޫންކަމަށް ވަނީ އިޢުތިރާފް ވެފައެވެ. އަދި އެލިޔުމަކީ އެނޫހަށް "ކޮންޓްރިބިއުޓްކުރާ" ލިޔުންތެރިއަކު ލިޔެ ފޮނުވި ލިޔުމެއް ކަމަށް ބަޔާން ކޮށްފައިވާއިރު އެހެން ބުނުން ފިޔަވާ، އެއީ ކާކު ކަން ވެސް ހާމަކޮށްފައެއް ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މި ރިޕޯޓު ރާއްޖެ.އެމްވީގައި ޝާއިޢު ކޮށްފައި ވަނިކޮށް "ޗެނަލް ނިއުސް މޯލްޑިވެސް" ކިޔާ އޮންލައިން ނޫހަކުންވެސް 28 މެއި 2020 ވަނަ ދުވަހުގެ 06:00 ގައި މި ރިޕޯޓުގެ ނަކަލެއް ޝާއިޢު ކޮށްފައިވެއެވެ. އެ ރިޕޯޓް ލިޔުނު ފަރާތެއްގެ ގޮތުގައި ޖަހާފައި ވަނީ މުޙައްމަދު ފައުޒާން އަޙުމަދު ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ސީއެންއެމް އިން ނެރުނު ނޫސް ބަޔާނުގައި ވަނީ އެ ލިޔުމަކީ އެ ނޫހަށް "ކޮންޓްރިބިއުޓްކުރާ" ލިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެއްކަމަށެވެ. "ފެށުން" އަދި "ޗެނަލް ނިއުސް މޯލްޑިވެސް" އިން "ކޮންޓްރިބިއުޓްކުރާ" ލިޔުންތެރިއަކު ފޮނުވި ލިޔުމެއް ކަމަށް ބުނެ އެ ލިޔުން އެ ދެފަރާތުގެ ވެބްސައިޓުގައި ޝާއިއުކުރުމުގެ ކުރިން ޒިންމާދާރު ނޫސްވެރިކަމުގެ ހަމަތަކުން ބަލަން ޖެހޭ އެއްވެސް ބެލުމެއް އަދި ވެރިފިކޭޝަންއެއް ހަދާފައި ނުވާކަން އެ ދެފަރާތުން ކަމާބެހޭ ގޮތުން ނެރެފައިވާ ބަޔާންތަކުން ސާފުވާ ކަމަށް ރާއްޖެ ޓީވީން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ އެމްވީ ގައި 27 މެއި 2020 ގައި ޝާއިކޮށްފައިވާ ރިޕޯޓް ސީއެންއެމް އަދި ފެށުން ވެބްސައިޓުގައި ޝާއިއުކުރި މައްސަލަ އާ ގުޅިގެން އެ ދެފަރާތަށް "ކޮންޓްރިބިއުޓްކުރާ" ލިޔުންތެރިއަކު މަކަރާ ހީލަތް ހަދާފައިވާކަމަށް އެފަރާތުން ތުހުމަތު ކޮށްފައިވުމާއި އަދި ރާއްޖެއެމްވީގެ ނޫސްވެރިއެއް ލިޔެ ޝާއިޢު ކޮށްފައިވާ ލިޔުމެއް ރާއްޖެއެމްވީގެ ހުއްދަނެތި "ފެށުން" އާއި "ޗެނަލް ނިއުސް މޯލްޑިވެސްއިން" އަދި އެފަރާތްތަކުން ތުހުމަތުކުރާ "ކޮންޓްރިބިއުޓްކުރާ ލިޔުންތެރިއަކު" ބޭނުން ކޮށްފައިވާކަމަށް ބެލޭތީ އަދި އެ ބުނާ ކޮންޓްރިބިއުޓަރ ސިއްރު ކުރުމަށް އެ ދެފަރާތުންވެސް މަސައްކަތް ކުރާތީ މިއީ ފުރިހަމަ ތަޙުޤީޤެއް ކަމާ ގުޅުންހުރި އިދާރާތަކުން ކުރަންޖެހޭ މައްސަލައެއް ކަމަށް ރާއްޖެޓީވީން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން މިމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
16%
26%
11%
16%
32%
0%
ކޮމެންޓް
30 މެއި 2020 | ހޮނިހިރު 18:31
ފެށުން
ހަމަހުރެފަކޮޕީކޮށްފާނެހެންހާދަހީނުވެޔޭ
30 މެއި 2020 | ހޮނިހިރު 15:25
ހސނބ
ދެން ދޯ ފޯރިއެއް އެބަހުއްޓެއްނުން