Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ބްރެޒިލްގެ ހާލަތު

އޮގަސްޓް މަސް އަންނަންވާ އިރަށް ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން 125،000 މީހުން މަރުވާނެ: ދިރާސާ

ބްރެޒިލްގައި ހޯމަ ދުވަހު ވަނީ އެމެރިކާއަށް ވުރެ ގިނަ މީހުން މަރުވެފަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މެއި 2020 | ބުދަ 04:52
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއް ވަޅުލުމުގެ މަސައްކަތް ކުރިޔަށްދަނީ

ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއް ވަޅުލުމުގެ މަސައްކަތް ކުރިޔަށްދަނީ

އޮގަސްޓް މަހުގެ ކުރީކޮޅާ ހަމައަށް ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން 125،000 މީހުން މަރުވާނެ ކަމަށް ޔުނިވަރސިޓީ އޮފް ވޮޝިންގޓަން އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ބްރެޒިލްއަކީ މިވަގުތު ދުނިޔޭގައި އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާ ގައުމެވެ. ބްރެޒިލްގައި ހޯމަ ދުވަހު ވަނީ އެމެރިކާއަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އެދުވަހު ބްރެޒިލް އިން މަރުވެފައި ވަނީ 807 މީހުންނެވެ. އެމެރިކާ އިން މަރުވެފައިވަނީ 620 މީހުންނެވެ. އެއާއެކު ބްރެޒިލް އެއްކޮށް 'ލޮކްޑައުން' ކުރުމަށް އެ ގައުމުގެ ރައީސަށް އަންނަނީ ގޮވާލަމުންނެވެ.

އެއާއެކު ހޯމަ ދުވަހުގެ ރޭ އެމެރިކާއިން ވަނީ ފާއިތުވި ދުވަސްތަކުގައި ބްރެޒިލް އަށް ގޮސްފައިވާ މީހުން އެމެރިކާއަށް ނޭރުވުމަށް ނިންމާފަ އެވެ. އޭގެ ދެ ދުވަސްކުރިން ބްރެޒިލް ވަނީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަ ގައުމަށް ވެފަ އެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންގޓަން ގެ އިންސްޓިޓިއުޓް ފޮރ ހެލްތު މެޓްރިކްސް އެންޑް އެވަލުޔޭޝަންގެ ޑިރެކްޓަރ ޑރ ކްރިސްޓޮފަރ މުއްރޭ ވިދާޅުވާ ގޮތުން ބްރެޒިލް އިން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވުހާން އާއި، ޗައިނާ، އިޓަލީ އަދި ސްޕެއިން އާއި ނިއުޔޯރކުން ގެންގުޅުނު ފަދަ ސިޔާސަތުތައް ގެންގުޅެން ޖެހެއެވެ. އެހެންނޫން ކަމަށްވާނަމަ ބްރެޒިލްގައި ހަލުވި މިނުގައި ފެތުރެމުންދާ ކޮވިޑް-19 ނުހުއްޓުވޭނެ ކަމަށް މުއްރޭ ވިދާޅުވި އެވެ.

މުއްރޭ ވިދާޅުވީ މި ދިރާސާ ހެދުމުގައި ބަލާފައި ވަނީ ސޯޝަލް ޑިސްޓެންސް ޕްރެކްޓިސް ކުރަމުންދާ މިންވަރާއި، ކޮވިޑް-19ށް މީހުން ޓެސްޓް ކުރެވޭ މިންވަރާއި، މީހުން ހަރަކާތްތެރިވަމުންދާ މިންވަރަށް ކަމަށެވެ. މިހާރު ބްރެޒިލްގައި މި ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ގޮތުގެ މައްޗަށް މި ދިރާސާ ހެދިއިރު ކުރިޔަށް އޮތްތަނުގައި އެ އަދަދުތަކަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް މުއްރޭ ވިދާޅުވި އެވެ.

އަދި މި ދިރާސާ ހެދި މޮޑެލް އަށް ޑާޓާ ތައް ލިބެމުންދާ ވަރަކުން ނަންބަރުތަކަށް ބަދަލު އަންނަމުންދާނެ އެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
18 ޖުލައި 2017

ވެނެޒުވޭލާގައި 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިިފި

18 ޖުލައި 2017
ވެނެޒުވޭލާގައި 24 ގަނޑިއިރަށް ދެމިގެންދާ މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިިފި
18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
24 ޖޫން 2017

އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!

24 ޖޫން 2017
އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު