ފުވައްމުލައް ސިޓީން ޒަކާތުގެ ގޮތުގައި ބޮލަކަށް 747 ރުފިޔާ ބަހައިފި
25 މެއި 2020 | ހޯމަ 09:03ފަގީރުންގެ ގޮތުގައި ނަން ނޯޓު ކޮށްފައިވަނީ 241 މީހުން

އަމްނާ އިމާދު | 25 މެއި 2020 | ހޯމަ 09:03

ފުވައްމުލަކު ސިޓީގެ ގިނަ ބަޔަކު ޒަކާތް ދައްކާފައިވޭ
ފުވައްމުލައް ސިޓީގައި ތިބި ފަގީރުންނަށް ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 747 ރުފިޔާ ބަހައިފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ 1441 ވަނަ އަހަރު ފުވައްމުލައް ސިޓީގެ ފިތުރު ޒަކާތް ލިބެންވާ ފަރާތްތަކަށް ޒަކާތް ބަހައިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މި އަހަރު ފަގީރުންގެ ގޮތުގައި ނަން ނޯޓު ކުރީ ޖުމުލަ 241 މީހުން ކަމަށެވެ.
ޒަކާތުގެ ގޮތުގައި ޖުމުލަ 180،041.95 ދިވެހި ރުފިޔާ ލިބިފައި ވާއިރު، ބޮލަކަށް 747.06 ރުފިޔާ ޖެހޭ ކަމަށް ކައުންސިލުން ބުނެއެވެ.
އިންޓަނެޓް ބޭންކިންގ މެދިވެރިކޮށް މިއަހަރު ޒަކާތް ބަލައިގެނެފައި ވާއިރު، ގިނަ ބަޔަކު ޒަކާތް ދެއްކި ކަމަށް ކައުންސިލުން ބުނެއެވެ.
ފުވައްމުލައް ސިޓީގެ އާބާދީ އަކީ 12,790 މީހުންނެވެ.









