Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން މިނިވަންކުރުމާޢި ގުޅޭ ގަރާރެއް

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައްވާ ޖާބިރު ހުށަހެޅުއްވި ޤަރާރު އަނބުރާ ނަންގަވައިފި

ޔާމީން ވަގުތުން ޖަލުން މިނިވަންކުރުމަށް ގަރާރުގައި ގޮވާލައްވާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 މެއި 2020 | އާދީއްތަ 15:40
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި

ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންނެވުމަށް ނިންމަވައިފިއެވެ.

ހުކުރު ދުވަހު ޖާބިރު ތައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި، ދިވެހި ރާއްޖެއަށް މި ބަލިމަޑުކަން އައިސް މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިޤްތިސާދު ހީނަރުވެ ރައްޔިތުން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން ޖަލުން މިނިވަންކުރަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ބައްދަލުކުރައްވާ ރައީސް ޔާމީނުގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ގަރާރުގައި ގޮވާލައިފައިވެއެވެ.

Advertisement - newsAdvertisement

ޖަބީރުގެ އެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ ދެ ބޭފުޅުންގެ މަޝްވަރާކުރުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްޤުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، ހާއްސަކޮށް ޗައިނާއާއި، ސައުދި އަރަބިއްޔާއާއި ވަރަށް ގާތް ގުޅުމެއް އެމަނިކުފާނުގެ ސަރުކާރުގައި ބާއްވާފައިވާތީ، މިދެޤައުމުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ދިވެހިރާއްޖެ މި ހާލަތުން އަރައިގަތުމަށް ހޯއްދަވައި ދެއްވޭނެކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެއްގަލަކަށް އަރައި ސިޔާސީ ވާދަވެރިކަން ނެތިކޮށްލާ ޤައުމީ ރޫހެއްގައި ރައްޔިތުންނާއި ޤައުމު ސަލާމަތްކުރުމުގެ މާތް މަޤްސަދުގައި މި ކަންކަން ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާގެ ދަށުން، ގަރާރު ހުށަހަޅުއްވާ ކަމަށް ޖާބިރު މަޖިލީހަށް ފޮނުއްވި ގަރާރުގައި ވިދާޅުވެފައި ވެއެވެ.

ގަރާރު އަނބުރާ ނެންގެވުމަށް ނިންމެވިކަން ހާމަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ ޤަރާރު އަނބުރާ ގެނައުމަށް ނިންމީ މިމައްސަލައަކީ މިހާރުވެސް މަތީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއްކަމުން، ރައްޔިތުންގެ މަޖިލިހުގައި އެފަދަ ބަހުސްއެއް ހިންގުމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތްކަމަށްފެންނާތީ ކަމަށެވެ.

އެހެންނަމަވެސް، ޖާބިރު ވަނީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށް އެމަނިކުފާނަށް ވީހާވެސް އަވަހަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީން 5 އަހަރު ދުުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދަވަނީ އެމަނިކުފަނުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރ ކުރެއްވުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު