Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: މާލިއްޔަތު ކޮމެޓީގެ ރިޕޯޓް

އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާއެކު، ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަންނަން ޖެހޭ

20 މެއި 2020 | ބުދަ 09:33

މިއަހަރު އާމްދަނީ ލިބޭނެކަމަށް ލަފާކޮށްފައިވާ މިންވަރުގެ ދެބައިކުޅައެއްބައިވެސް އާމްދަނީގެ ގޮތުގައި ނުލިބޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 މެއި 2020 | ބުދަ 09:33
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: މާލިއްޔަތު ކޮމެޓީން ކޮވިޑް-19 އާގުޅިގެން ނިންމި ރިޕޯޓްގައި 19 ހުށަހެޅުމެއް ހުށަހަޅާފައިވޭ

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: މާލިއްޔަތު ކޮމެޓީން ކޮވިޑް-19 އާގުޅިގެން ނިންމި ރިޕޯޓްގައި 19 ހުށަހެޅުމެއް ހުށަހަޅާފައިވޭ

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަނެ، އޭގެ ތަފުސީލު ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުމަށް މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

ކޮވިޑް-19 އާގުޅިގެން މަލީގޮތުން ދިވެހިރާއްޖެއަށް ކުރާނެ އަސަރުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލާގައި މާލިއްޔަތު ކޮމެޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންތައްތައް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި 19 ހުށަހެޅުމެއް ހިމެނެ އެެވެ.

Advertisement - newsAdvertisement

އެގޮތުން، ދިވެހިރާއްޖެއަަށް މިވަގުތު ދިމާވެފައިވާ އިގްތިޞާދީ ހީނަރުކަމުން އަރައިގަތުމަށާއި، ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގާފައިވާ ދަރަންޏާއި، ފައިސާ ސާޕްލައި އިތުރުކޮށްފައިވާ މިންވަރަށް ބަލައި އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ. މި އާމްދަނީ ހޯދުމަށް ޓެކްސް ރޭޓުތައް ބަދަލުކޮށް، ޓެކްސް ބޭސް ފުޅާކޮށް، ޔޫޒަރ ފީތައް ނެގުމަށާއި، ފީތައް ބޮޑުކުރުން ފަދަ ކަންތައްތައް ކުރުމަށް ގަސްދު ކުރާނަމަ، އާމްދަނީ އިތުރުކުރުމަށް އަޅުއްވަން ގަސްދުކުރައްވާ ކަންތައްތަކުގެ ޕްލޭނެއް އެކުލަވާލައި، މީގެ ސަބަބުން ރައްޔިތުން ރައްޔިތުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަނެ، އޭގެ ތަފްސީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުން ހިމެނެއެވެ.

މީގެއިތުރުން، ދައުލަތަށް 2020 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށްވެފައި ވާއިރު، މި ކާރިޘާއިން އަރައިގަތުމަށް، ދައުލަތުގެ ހުރިހާ އޮފީސްތަކާއި، ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ދެންނެވުމަށްވެސް ކޮމެޓީން ހުށަހަޅާފައި ވެއެވެ.

ޖުމުލަ ގޮތެއްގައި، އާމްދަނީ ދަށްވާ މިންވަރު، އިމްޕޯޓު ދަށްވާ މިންވަރަށްވުރެ މަތިވާނެކަމަށް ބެލެވޭތީ، އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށް ރިޒާވުން ހޭދަ ކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. އިތުރު ބޭރު ފައިސާގެ އާމްދަނީ ނުލިބި، އިތުރަށް ޚަރަދުކުރަން ޖެހުމުން ބޭރު ފައިސާގެ ރިޒާވް ދަށްވެ، ދައުލަތުގެ ރިޒާވަށް އަންނަ ދަތިކަން އިތުރުވެ، އެކްސްޗޭންޖް ރޭޓަށް އޮންނަ ޕްރެޝަރު ބޮޑުވާނެތީ، މި ޕްރެޝަރު ކުޑަކުރުމަށް ސަރުކާރުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަޅާ ފިޔަވަޅުތަކާއި، ބޭނުންކުރާ ވަސީލަތްތަކާއި ގުޅޭ މައުލޫމާތު މާލިއްޔަތު ކޮމެޓީއަށް ހިއްސާކުރުމަށް ދެންނެވުމަށް ވެސް މާލިއްޔަތު ކޮމެޓީގެ ހުށަހެޅުމެއްގައި ވެއެވެ.

މީގެއިތުރުން. ސަރުކާރުން ހިލޭ އެހީއާއި ދަރަނީގެ ގޮތުގައި ބޭރު ފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ތަފުސީލު މާލިއްޔަތު ކޮމެޓީއަށް ހިއްސާކޮށް ދެއްވުމަށް އެ ކޮމެޓީން އެދިފައި ވެއެވެ. އަދި ބަޖެޓު ޑެފިސިޓް ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތަފުސީލު އަދި ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީގެ ތަފުސީލު އަދި ފައިނޭސިންގ ގެޕް ފޫބައްދާނެ ގޮތުގެ ތަފުސީލު ފޮނުއްވުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުމަށް ވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ވެއެވެ.

މާލިއްޔަތު ކޮމެޓީގެ މި ރިޕޯޓަށް މަޖިލީހުގެ ގިނަ މެންބަރުން ބަހުޘް ކުރައްވާފައި ވާއިރު، ރާއްޖޭގެ އިގްތިޞާދާ މެދު ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައި، އިގްތިޞާދު ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަމާމެދު ބަހުޘް ކުރައްވާފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް