Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި އޮތް ބަލި މީހާގެ ނަތީޖާ ޑަބަލް ނެގެޓިވް

ޓްރީޓޮޕް ގައި 11 މީހުންނަށް އަންނަނީ ފަރުވާ ދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 މެއި 2020 | އަންގާރަ 22:33
ދަރުމަވަންތަ ހޮސްޕިޓަލް - ކޮވިޑް-19 ގައި ހާލުބޮޑު ބަލި މީހުންނަށް މިތަނުން އަންނަނީ ފަރުވާދެމުން

ދަރުމަވަންތަ ހޮސްޕިޓަލް - ކޮވިޑް-19 ގައި ހާލުބޮޑު ބަލި މީހުންނަށް މިތަނުން އަންނަނީ ފަރުވާދެމުން

ކޮވިޑް-19 ޖެހިގެން ހާލުބޮޑުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދިޔަ މީހާގެ ނަތީޖާ ޑަބަލް ނެގެޓިވް ކަމަށާއި އެމީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރ، ޑރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެރޭ ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ ޑީއެޗް 11 ގައި މިހާރު ފަރުވާދެމުންދަނީ 2 މީހުންނަށް ކަމަށެވެ. އޭގެތެރެއިން ވެންޓިލޭޓަރުގައި އޮތް ބަލިމިހާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށާއި ދެން ފަރުވާދެނީ 32 އަހަރުގެ އަންހެނަކަށްކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

މީގެއިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު ފަރުވާ ދެމުންދަނީ 11 މީހުންނަށް ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އެއީ 9 ފިރިހެނުންނާއި 2 އަންހެނުންނެވެ. ޓްރީޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށްވެސް ޑރ އަފްޒަލް ވިދާޅުވި އެވެ.

ހޯމަ ދުވަހުގެރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ފިލައިގެން އުޅެނިކޮށް ހޯދަމުންދާ ބިދޭސީންގެ ތެރެއިން ބިދޭސީއެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުންނާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. ދެން ތިބި މީހުންގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދަނީ އެމީހުން ބައިތިއްބަން ހަދާފައިވާ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު