Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިޓަލީގެ ހާލަތު

ދެ މަސް ދުވަސް ފަހުން އިޓަލީގެ ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާލައިފި

ކޮންމެ ދެ މޭޒެއްގެ ދޭތެރޭ އެއް މީޓަރުގެ ދުރުމިން ހުންނަންޖެހޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 މެއި 2020 | ހޯމަ 16:59
އިޓަލީގެ ރެސްޓޯރެންޓަކުން ބަޔަކު ހިދުމަތް ހޯދަނީ - ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންދާއިރު، ފިހާރަތައް ވަނީ ހުޅުވާލާފައި

އިޓަލީގެ ރެސްޓޯރެންޓަކުން ބަޔަކު ހިދުމަތް ހޯދަނީ - ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންދާއިރު، ފިހާރަތައް ވަނީ ހުޅުވާލާފައި

އިޓަލީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ފިހާރަތާކައި ރެސްޓޯރެންޓްތައް ބަންދު ކުރުމަށްފަހު ދެ މަސް ދުވަސް ފަހުން ހުޅުވާލައިފި އެވެ.

ކަނޑައަޅާފައިވާގޮތަށް އިޖުތިމާޢީ ގައިދުރުކަން ގެންގުޅޭނަމަ ރެސްޓޯރަންޓްތަކާއި، ބަރތައް އަދި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ އެވެ. މިޔުޒިއަމްތަކާއި، އަންނައުނު ވިއްކާ ފިހާރަތަކާއި، ސެލޫންތައްވެސް ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް މިތަންތަނުން ޚިދުމަތް ހޯދުމަށް ކުރީގައި ބުކިންގ ހައްދަންޖެހެއެވެ.

ރެސްޓޯރެންޓްތައްވެސް ހުޅުވުމަށް ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. އެގޮތުން ކޮންމެ ދެ މޭޒެއްގެ ދޭތެރޭ އެއް މީޓަރުގެ ދުރުމިން ހުންނަންޖެހޭނެ އެވެ. އަދި ރެސްޓޯރަންޓްތަކަށް ދިޔުމުގެ ކުރިން މޭޒު ރިޒަރވް ކުރަންޖެހޭއިރު ކަސްޓަމަރުންނާއި ބެހޭ މައުލޫމާތު މަދުވެގެން 14 ދުވަހު ބަހައްޓަންޖެހޭނެ އެވެ. އެއީ ކޮންޓެކްޓް ޓްރޭސިންގ ހަދަންޖެހިއްޖެ ހާލަތެއްގައި އެކަމަށް ފަސޭހަ ކުރުމަށްޓަކަ އެވެ.

އަނެއްކޮޅުން ސެލޫންތަކުގައި މަސައްކަތްކުރާ މީހުންވެސް އެމީހުން ގެންގުޅޭ ތަކެތި ކޮންމެ ކަސްޓަމަރަކަށް ޚިދުމަތް ދިނުމަށްފަހު ޑިސްއިންފެކްޓް ކުރަންޖެހޭނެ އެވެ. އަދި އަންނައުނު ވިއްކާ ފިހާރަތަކުގައި ހުންނަ ތަކެތި ސެނިޓައިޒް ކުރަންޖެހޭނެ އެވެ.

އަޅުކަން ކުރާ ތަންތަން ހުޅުވާލާފައިވަނީ މާސްކު އަޅައިގެން އުޅުމަށާއި ކޮންމެ ދެ މީހެއްގެ ދޭތެރޭ އެއް މީޓަރުގެ ދުރު މިން ބަހައްޓަން ޖެހޭ ގޮތަށެވެ.

ޖިމް، ޕޫން އަދި ސިނަމާތަކާއި ތިއޭޓަރތައް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.

އިޓަލީގައި މިހާތަނަށް އައިއިރު 225،000 (ދެ ލައްކަ ފަންސަވީސް ހާސް) އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

އެހެންނަމަވެސް ފާއިތުވި ދުވަސްތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ވަނީ ދަށަށްދާން ފަށާފަ އެވެ. އާދިއްތަ ދުވަހު އަލަށް ވައިރަސް ޖެހިގެން ރިކޯޑް ކޮށްފައިވަނީ 675 މީހުންނަށެވެ. އޭގެކުރީ ދުވަހު ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 875 މީހުންނަށެވެ.

އިޓަލީގެ ޕްރައިމް މިނިސްޓަރގުސިއްޕެ ކޮންޓެ،އަލުން އަނބުރާ ކުރީ ދިރިއުޅުމަށް ދިޔުމަށް މަސައްކަތް ކުރުން ސިފަކުރެއްވީ އަލުން ހިނގަން ދަސްކުުރުމާ އެއްފަދަ ގޮތަކަށެވެ. އިޓަލީގެ ނޫހަކަށް ލިޔުއްވާފައިވާ ސިޓީއެއްގައި ކޮންޓެ ވިދާޅުވެފައިވަނީ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނީ ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކު ކަމަށެވެ. އަދި އިޓަލީ ކުރީގެ ހާލަތަށް އަލުން އަންނާނެކަމަށް ކޮންޓެ ވަނީ ވިދާޅުވެފަ އެވެ.

މިހަފްތާތެރޭގައި އިޓަލީގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވއިރު ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން އިޓަލީގެ ބޯޑަރ ޔޫރަޕްގެ ގައުމުތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު