Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19: ކޮމެޓީތަކުގެ މަސައްކަތްތައް

މިނިސްޓްރީތަކުގެ މަސައްކަތްތަކުގެ މައުލޫމާތު އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދީފައެއް ނުވޭ: ކޮމިޓީ ރިޕޯޓު

ހަތް ހުށަހެޅުމެއްވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 09:51
ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙް

ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙް

މިނިސްޓްރީތަކުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމިޓީގެ ރިޕޯޓު ހުށަހަޅައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް މި ރިޕޯޓު ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު އަދި މާފަންނު ހުނޅަގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް އެވެ.

Advertisement - newsAdvertisement

ކޮވިޑް -19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ސަރުކާރު ގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ހަތް ކަމެއް ހުށަހަޅާފައި ވެއެވެ.

ކޮމެޓީން ކުރި ދިރާސާއިން ވަނީ މިނިސްޓްރީތަކުން "ކޮމިއުނިކޭޝަން ސްޓްރެޓެޖީ ޕްލޭން" އެއް އެކުލަވާލާފައި ނުވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އެނގި ފައެވެ. އެހެންކަމުން ކޮމެޓީން ހުށަހަޅާފައި ވަނީ "ކޮމިއުނިކޭޝަން ސްޓްރެޓެޖީ ޕްލޭން" އެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް މިނިސްޓްރީތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނާ ޙިއްޞާކުރެވޭނެ ގޮތްތަކެއް އެކަށައަޅައި، އެ މަޢުލޫމާތު މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

މީގެއިތުރުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްވަރުގައި މިނިސްޓްރީތަކުން ދެމުންދާ މަސައްކަތްތަކުގެ އެންމެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީފައި ނުވާކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ދަނޑިވަޅަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތަކެއް ފޯރުކޮށްދޭންވީ ވަގުތެއްކަމުން، ސަރުކާރުގެ ވުޒާރާތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އުޞޫލުތައް ހަމައެކަނި ގެޒެޓުގައި ޝާއިޢު ކުރުމުގެ ބަދަލުގައި މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެވޭނެ ގޮތްތަކެއް ރޭވިފައި އޮތުން މުހިންމުކަމަށް ކޮމެޓީން ދެކެއެވެ.

ކޮމެޓީން ވަނީ މިނިސްޓްރީތަކުން ދެމުންގެންދާ ޚިދުމަތްތަކާއި ހުއްޓިފައިވާ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ މިނިސްޓްރީއަކުން ފޯކަލް ޕޮއިންޓެއް ހަމަޖައްސައި އެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރުމަށް ހުށަހަޅާފައެވެ. އަދި މިދުވަސްވަރު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ޤާއިމުކުރުމަށާއި މިނިސްޓްރީތަކުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޤާއިމު ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ.

ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމެޓީން ހުށަހަޅާފައިވާ އިތުރު ކަންކަމުގެ ތެރޭގައި އެސް.އޯ.ޕީތަކުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީތަކުން ޢަމަލު ކުރަމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީތަކާ ބައްދަލުކޮށް މިނިސްޓްރީތައް ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް މެދު ނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން އެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެއެވެ. އަދި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އިސްކަންދީ، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ފާހަގަކޮށް، އެއާ އެއްގޮތަށް މިނިސްޓްރީތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބަޖެޓު އަލުން އެކުލަވާލުމަށް ވެސް ހުށަހަޅާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު