Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު އަލުން ފެށުން

ދެ މަސް ދުވަހަށްފަހު ކުޅުނު ފުރަތަމަ މެޗުން ޑޯޓްމުންޑަށް ބޮޑު މޮޅެއް

16 މެއި 2020 | ހޮނިހިރު 18:17

ޝާލްކާ އަތުން ޑޯޓްމުންޑް މޮޅުވީ 4-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 މެއި 2020 | ހޮނިހިރު 18:17
ޑޯޓްމުންޑާއި ޝާލްކާ ބައްދަލުކުރި މެޗުގެ ތެރެއިން: ލަނޑު ޖެހުމަށްފަހު ޑޯޓްމުންޑުގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް

ޑޯޓްމުންޑާއި ޝާލްކާ ބައްދަލުކުރި މެޗުގެ ތެރެއިން: ލަނޑު ޖެހުމަށްފަހު ޑޯޓްމުންޑުގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް

ދެ މަސް ދުވަހަށް ފަހު ޖަރުމަން ލީގު އެނބުރި އައިރު، ޝާލްކާ އަތުން ބޮރޫޝިއާ ޑޯޓްމަންޑް 4-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޖަރުމަން ލީގު މެދުކަނޑާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. ޖަރުމަން ލީގުގެ ކުޅުން ހޮނިހިރު ދުވަހު ފެށިއިރު، މިއީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކުޅުން ފެށި ފުރަތަމަ ލީގެވެ. ޖަރުމަން ލީގުގެ މެޗުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ.

ޖަރުމަން ލީގު ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްތު ކޮށްފައިވާއިރު، އަލުން މެޗުތައް ފެށީ ޓީމުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައެޅުމަށް ފަހު އެވެ. އެ ގޮތުން މެޗު ފެށުމުގެ ކުރިން ސަލާން ކުރުން މަނާ ކޮށްފައިވާއިރު، ބެންޗުގައި ތިބޭ ކުޅުންތެރިންގެ ދެމެދުގައި ވެސް އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ވަނީ އަންގާފައެވެ. އަދި މެޗު ކުޅޭ ބޯޅަތައް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން، ލަނޑު ޖެހުމަށްފަހު ކުޅުންތެރިން ގައިގޯޅިވެ އުފާފާޅު ނުކުރަން ވަނީ ލަފާ ދީފައެވެ.

ހޮނިހިރު ދުވަހު މެޗުތައް އަލުން ފެށިއިރު، ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ ޝްލަކާ އަތުން 4-0 އިންނެވެ.

މި މެޗުގައި ޑޮޓްމުންޑަށް އެންމެ ފުރަތަމަ ލީޑު ނަގައިދިނީ މެޗުގެ 29 ވަނަ މިނެޓުގައި އާލިން ބްރައުޓް ހާލަންޑެވެ. މިއީ ޖެނުއަރީ މަހު ޑޯޓްމުންޑާ ގުޅުނު ހާލަންޑް ލީގުގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު ރަފައެލް ގަރޭރޯ އެވެ. ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ތޯގަން ހަޒާޑް ޑޯޓްމުންޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، 63 ވަނަ މިނެޓުގައި ޑޯޓްމުންޑުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ގެރޭރޯ އެވެ.

މި މޮޅާ އެކު ދެވަނައިގައި އޮތް ޑޯޓްމުންޑް ވަނީ އެއްވަނައިގައި އޮތް ބަޔާން މިއުނިކާ އެއް ޕޮއިންޓާ ގާތަށް ޖެހިލާފައެވެ. ބަޔާނަށް 25 މެޗުން 55 ޕޮއިންޓު ލިބިފައިވާއިރު، ޑޯޓްމުންޑް ވަނީ 26 މެޗުން 54 ޕޮއިންޓު ހޯދައިފަ އެވެ. ތިންވަނައިގައި އޮތީ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ފްރެއިބާގާ 1-1 އިން އެއްވަރުވި އާރްބީ ލެއިޕްޒީގް އެވެ. ލެއިޕްޒީގަށް 26 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.

ދެން ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އޯގްސްބާގް އަތުން ވުލްފްސްބާގް ވަނީ 2-1 އިން މޮޅުވެފައެވެ. ޑުސެލްޑޯފް އާއި ޕާޑެބޮން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ހޮފެންހައިމް އަތުން ހާތާ ބާލިން މޮޅުވީ 3-0 އިންނެވެ.

ޖަރުމަން ލީގު ހޮނިހިރު ދުވަހު ފެށިއިރު، ޖޫން މަހުގެ 28 ވަނަ ދުވަހު ލީގުގެ ކުޅުން އެއްކޮށް ނިންމާލަން ޖަރުމަން ފުޓްބޯލް ލީގުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް