Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިތުރު ޒަކާތް

ފިތުރު ޒަކާތުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ: މިނިސްޓްރީ

16 މެއި 2020 | ހޮނިހިރު 07:43

މިއަަހަރު މިހާތަނަށް 2،480،200ރ ލިބިފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 މެއި 2020 | ހޮނިހިރު 07:43
މީގެ ކުރީގެ އަހަރެއްގައި ފިތުރު ޒަކާތް އިސްލާމިކް މިނިސްޓްރީގައި ބަލައިގަންނަނީ: ކޮވިޑް-19 އާ ގުޅިގެން މިއަހަރު ފިތުރު ޒަކާތް ބަލައިގަތުމަށް އޮންލައިން ޕޯޓަލް، އަދި ބައެއް ބޭންކްތަކާއި މޮބައިލް ހިދްމަ

ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސް ދޭ ކޮވިޑް-19 ކަވަރޭޖްއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 2،480،200ރ (ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ހާސް ދުއިސައްތަ ރުފިޔާ) ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ މިހާލަތުގައި މާލެސިޓީ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން، މިއަހަރުގެ ފިތުރު ޒަކާތް ދައްކާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ 1441 ވަނަ އަހަރު މާލެ ސިޓީ (މާލެ، ވިލިމާލެ، ހުޅުމާލެ) ދިރިއުޅޭ މީހުން ފިޠުރު ޒަކާތް ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން 4 އޮންލައިން ފްލެޓްފޯމެއް ބޭނުންކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށާއި، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށެވެ.

އޭގެއިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިންގ "ފައިސާ ނެޓް" އަދި މޯބައިލް ބޭންކިންގ "ފައިސާމޮބައިލް" މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ފަހަރު ފިތުރު ޒަކާތް ދައްކަންޖެހޭ ގޮވާމުގެ އަގު:

އާދައިގެ ހަނޑޫ- 15 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ- 48 ރުފިޔާ

ބާސްމަތީ ހަނޑޫ- 105 ރުފިޔާ

ރަތް ހަނޑޫ- 65 ރުފިޔާ

އާދައިގެ ފުށް- 12 ރުފިޔާ

އާޓާފުށް- 55 ރުފިޔާ

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ފިޠުރު ޒަކާތް ބެހުމަށް ނިންމާފައިވަނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށެވެ. އެގޮތަށް ބެހުމަށް ނިިންމާފައިވަނީ ކޮވިޑް-19 ގެ މިހާލަތުގެ ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައި ވާތީ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8،764 މީހުން ނެވެ. އޭގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ފަޤީރުންގެ ގޮތުގައި އެބަތިއްބެވެ.

އިސްލާމިކް މިނިސްޓްރީން 1441 ވަނަ އަހަރު (މިދިއަ އަހަރު) މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، މާލެއާއި ވިލިމާލެ އަދި ހުޅުމާލެއިން މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި، 5،644،118.00ރ (ފަސް މިލިއަން ހަ ލައްކަ ސާޅީސް ހަތަރުހާސް އެއްސަތޭކަ އަށާރަ ރުފިޔާ) ލިބުނެވެ. އަދި ފަޤީރުންގެ ދަފުރަތުގައި ރަޖިސްޓްރީވެފައިވާ 1128 މީހުންނަށް މި ފައިސާ ބެހުމުން ކޮންމެ ބޮލަކަށް 5000 ރުފިޔާ ލިބޭ ކަމަށް މިނިސްޓްރީން މިދިއަ އަހަރު ބުނެފައި ވެއެވެ.

ފިޠުރު ޒަކާތް ނެރުން ވާޖިބު ވަޤުތަކީ، ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރު އޮއްސުނީއްސުރެ، ޢީދު ނަމާދަށް ދިއުމާއި ދެމެދުގައެވެ. އަދި ފިޠުރު ޒަކާތް އަދާކުރުން ސުންނަތް ވަޤުތަކީ، ޢީދު ދުވަހުގެ ހެނދުނު، ޢީދު ނަމާދަށް ދިއުމުގެ ކުރިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް